
ޕީއެސްޖީގެ ތާރީޚު ބަދަލުކޮށްދިނުމަށް ކޯޗު ލުއިސް އެންރީކޭ ކުޅުންތެރިންގެ ކިބައިން އެދިއްޖެއެވެ. އޭނާ މިހެން އެދުނީ ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި މިރޭ އިޓަލީގެ އިންޓަރ މިލާނާ ދެކޮޅަށް ކުޅެން ޖެހިފައިވަނިކޮށެވެ. ޕީއެސްޖީ އަކީ މި މުބާރާތް ދުވަހަކު ވެސް ކާމިޔާބުކުރެވުނު ޓީމެއް ނޫނެވެ. ނަމަވެސް އެ ޓީމުން ވަނީ ފައިނަލެއް ކުޅެފަ އެވެ. މިއާ ހިލާފަށް އިންޓަ މިލާނަކީ މި ތަށި ތިން ފަހަރު ހޯދާފައިވާ ކުލަބެކެވެ. ކޯޗު ލުއިސް އެންރީކޭ ވަނީ 2015 ވަނަ އަހަރު އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އަށް މި ތަށި ހޯދައިދީފަ އެވެ.
“އެއީ މީގެ 10 އަހަރު ކުރި. އަހަރެން މިހާރު 10 އަހަރު ދޮށި ވެއްޖެ. އަދި ކޯޗެއްގެ ގޮތުން ވެސް ކުރި އަރައިފި. އޭރަށްވުރެ މިހާރު އަހަރެން މިހާރު މާބޮޑަށް ފޯރާ ކޯޗަކަށް ވެއްޖެ. މިހާރު މި ތަށި ހޯދުމަކީ ލިބޭނެ ބޮޑު އުފަލެއް،” އެންރީކޭ ބުންޏެވެ. އޭނާ ބުނީ މީގެ ކުރިން އެހެން ބަޔަކަށް ނުކުރެވޭ ކަމެއް ކުލަބެއްގެ ތާރީހުގައި ކުރަން ކުޅުންތެރިންނަށް ފުރުސަތު ލިބުމުން އެކަމަށް ހިތްވަރު ކުރަންޖެހޭނެ ކަމަށެވެ. “ކުލަބެއްގެ ތާރީހު ބަދަލު ކުރުމަކީ އަބަދު ވާނެ ކަމެއް ނޫން. މީގެ ކުރިން ކުޅުނު ކުޅުންތެރިންނަށް ނުވެ އޮތް ކަމެއް ކުރަން ފުރުސަތު ލިބުމުން އެކަން ކޮށްލަންވާނެ. އަހަރެން އެދެނީ ކުޅުންތެރިން މިކަން ފުރިހަމަ ކޮށްދިނުމަށް،” އެންރީކޭ ބުންޏެވެ.
އޭނާ ބުނީ ޕީއެސްޖީގެ މިހާރުގެ ޓީމަކީ ހުރިހާ ގޮތަކުން ވާދަވެރި މޮޅު ކުޅުންތެރިންގެ ޓީމެއް ކަމަށާއި ތަށި ނުލިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިންގެ ވެސް ވިސްނުން ހުރީ ތަށި ހޯދަން ކަމަށްވުމުން އޭނާ އެކަމާ އުފާ ކުރާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
