
މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް، އެ ކުލަބު ދޫކޮށް ސައުދީ އަރަބިއްޔާގެ އަލް ހިލާލްއަށް ބަދަލުވާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. ޕޯޗުގަލްއަށް އުފަން އުމުރުން 30 އަހަރުގެ ފެނާންޑޭޒް އަންނަ ހަފްތާގެ ތެރޭގައި އަލް ހިލާލް އާއި ގުޅޭނެ ކަމަށާއި އަދި އެކަމާއި ގުޅޭ ގޮތުން އެންމެ ފަހުގެ މަޝްވަރާތަކަށް އަލް ހިލާލްގެ އިސް ފަރާތްތަކާއިއެކު ފެނާންޑޭޒްގެ މަންދޫބުން ވަނީ މަޝްވަރާކޮށްފަ އެވެ. އަލް ހިލާލް އިން އެ ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދަނީ އަންނަ ޖޫން މަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑްކަޕަށް އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ.
މި ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑަށް ރަގަޅު ނަތީޖާއެއް ހޯދިފައިނުވާއިރު ކުރިއަށް އޮތް ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތުވެސް އެ ޓީމަށް ވަނީ ގެއްލިފަ އެވެ. އަދި ދާދި ފަހުން މެންޗެސްޓަރ ޔުނައިޓެޑްގެ ވެރިޔާ ސަރ ޖިމް ރެޓްކްލިފް ވަނީ އެ ޓީމުގެ ބައެއް ކުޅުންތެރިންނަށް ދޭ މުސާރަ އަކީ އެ މީހުންނާއި އެކަށީގެންނުވާ މުސާރައެއް ކަމަށްބުނެފަ އެވެ. އަދި އެކަމާއި ގުޅިގެން ބްރޫނޯ ފެނާންޑޭޒް ވަނީ އެކަމާއި ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. 2027 ވަނަ އަހަރުގެ ނިޔަލަށް މެންޗެސްޓަރ ޔުނައިޓެޑްގައި މަޑު ކުރުމަށް ބްރޫނޯ ފެނާންޑޭޒް ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކޮށްފަ އެވެ. އޭޝިޔާއަށް މިހާރު ކުރަމުންދާ ދަތުރުގައި އިއްޔެ ހޮންކޮންގް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފައިވަނީ ފެނާންޑޭޒް އެ ކްލަބުގައި މަޑުކުރާނެކަމަށް ގަބޫލުކުރާ ކަމަށެވެ.
މެންޗެސްޓަރ ޔުނައިޓެޑްގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ދެނީ ބްރޫނޯ ފެނާންޑޭޒް އަށެވެ. އަދި ސައުދި އަރަބިއްޔާގެ އަލް ހިލާލް އިން އޭނާއަށް އެދަދުގެ ދެގުނައިގެ މުސާރައެއް ހުށައަޅާފައިވާކަމަށް އިނގިރޭސިވިލާތުގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. ނިމިގެންދިޔަ ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑަށް 19 ލަނޑު ޖަހައިދީފައިވާ ބްރޫނޯ ފެނާންޑޭޒް ހޯދުމަށް އަލް ހިލާލް އިން މަސައްކަތް ކުރަމުންދާއިރު, ފީފާ ކްލަބް ވޯލްޑްކަޕްގައި އަލް ހިލާލް ހިމެނޭ ގްރޫޕްގައި ދެން އޮތީ ސްޕެއިންގެ ރެއާލް މެޑްރިޑާއި ރެޑްބުލް ސާލްޒްބަރގްގެ އިތުރުން މެކްސިކޯގެ ޕަޗޫކާ އެވެ. 2020 ވަނަ އަހަރު ޕޯޗުގަލްގެ ސްޕޯޓިން އިން 47 މިލިއަން ޕައުންޑުގެ ފީއަކަށް މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނު ބްރޫނޯ ފެނާންޑޭޒް ވަނީ އެ ކްލަބަށް ކުޅެދިން 290 މެޗުގައި ޖުމްލަ 98 ލަނޑު ޖަހާފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
