
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ޒިންމާއާ ހަވާލުކޮށްފައިވާ ބިލިއަނަރު އީލޮން މަސްކު ދައުރު ހަމަވުމާ އެކު ސަރުކާރުން ވަކިވެއްޖެ އިއުލާނުކޮށްފި އެވެ. މަސްކް މިކަން އިއުލާނުކޮށްފައި މި ވަނީ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިކަސީ (ޑޯޖް) ގެ ހިންގުމާ ހަވާލުވެ އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމާއި ގިނަ އިދާރާތަކެއް އުވާލައި އަދި އެ ތަންތަން ކުޑަކުރުމުގެ ގޮތުން އެތައް ފިޔަވަޅެއް އެޅުމަށް ފަހުގަ އެވެ. “ސަރުކާރުގެ ހާއްސަ މުވައްޒަފެއްގެ” ގޮތުގައި އޭނާ ގިންތިކޮށްފައިވާއިރު، އަހަރަކު 130 ދުވަހު ސަރުކާރުގެ މުވައްޒަފެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެވޭނެ ގޮތް އޮތީ ހަމަޖައްސައިފަ އެވެ. ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ޓްރަމްޕް ވެރިކަމުގެ ހުވާ ކުރެއްވުމުން ފެށިގެން މެއި މަސް ނިމުމުގެ ކުރިން އެ އަދަދު ހަމަވާނެ އެވެ.
މަސްކް ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޓްރަމްޕް ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ހަރަދު ކުޑަކުރުމުގެ މަސައްކަތްކުރި އެޖެންސީގެ އުސޫލުތަކަކީ ސަރުކާރުގެ އާންމު އުސޫލަށް ވެގެން ދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބުންޏެވެ. “ސަރުކާރުގެ ހާއްސަ މުވައްޒަފެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ކަނޑައެޅިފައިވާ ވަގުތު ހަމަވާއިރު، ބޭކާރު ހަރަދުތައް ކުޑަކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޓްރަމްޕަށް ޝުކުރު ދަންނަވަން،” މަސްކް އެކްސްގައި ލިޔެފައިވެ އެވެ. ވައިޓް ހައުސްގެ އޮފިޝަލަކު ނިއުސް އައުޓްލެޓް ސެމާފޯއަށް ވިދާޅުވީ ސަރުކާރުގެ ހާއްސަ މުވައްޒަފެއްގެ ހައިސިއްޔަތުން މަސްކް ވަކިވުމުގެ މަރުހަލާ އަންނަ ބުދަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
މަސްކް ސަރުކާރާ ވަކިވުމުގެ ކުރިން އޭނާ ވަނީ ޑޯގް އިން ކުރި މަސައްކަތުގެ ބޭނުން ކެނޑޭ ގޮތަށް ސަރުކާރުގެ ހަރަދާއި ދަރަނި ވެސް ބޮޑުވާ ގޮތަށް ސަރުކާރުން ގާނޫނެއް ފާސްކުރާތީ އެކަމާ ނުރުހުންވެ އާންމުކޮށް ވާހަކަ ދައްކައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
