
18 ރަށެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަން އިމާރާތް ކުރުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ،އެމްޓީސީސީއާއި، ފެނަކަ ކޯޕަރޭޝަންގެ އިތުރަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއެވެ. ސިއްހީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ފެނަކަ ކޯޕަރޭޝަންއާ 9 ރަށެއްގައި ހެލްތު ފެސިލިޓީ ތަރައްޤީކުރުމަށް ހަވާލުކޮފައެވެ. އަދި އެމްޓީސީސީއާ 5 ހެލްތު ފެސިލިޓީ ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާއިރު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 4ހެލްތު ފެސިލިޓީއެއް ތަރައްޤީކުރުމަށެވެ. މި މަޝްރޫޢޫތަކުގެ ތެރޭގައި ހިމެނެނީ 2 ހޮސްޕިޓަލާއި 4 ސިއްޙީ މަރުކަޒު ތަރައްޤީކުރުމަށާއި 12 ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށެވެ.
މި މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ސިއްޙީ ނިޒާމް ހަރުދަނާކޮށް ކުރިއަށްގެންދިޔުމަށް ޚާއްސަކޮށް އަތޮޅުތަކުގައި އެންމެ ބޮޑު ގޮންޖެހުމަކީ ސިއްޙީ ޚިދުމަތް ދޭ ތަންތަން ބާވެ މަރާމާތައް ނުވަތަ ޖާގައިތުރުކުރުމަށް ބޭނުންވެފައި އޮތް އޮތުންކަމަށެވެ. ” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ރައްޔިތުން އެދޭ އެދުމަކީ ސިއްހީމަރުކަޒުގެ ޖާގަ ނެތުމާ އެ މަރުކަޒުތައް ބާވެފައި ހުންނަ ވާހަކަތައް. ނުވަތަ ހޮސްޕިޓަލްތަކަށް ބަދަލުކޮށްދެއްވާށޭ. އެވާހަކަތައް ރައީސް އަޑުއައްސަވާ. މިކަންބޮޑުވުމަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި ސިޔާސަތުތައް ބައްޓަން ކޮށްފައިވަނީ.” ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވަޒީރު ވިދާޅުވީ ރަށްރަށުގެ ސިއްޙީ ޚިދުމަތް ދޭ ތަންތަނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން މިހާރުވެސް 3 މަރުހަލާއެއްގައި 21 ހޮސްޕިޓަލްއެއްގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި 19 ސިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާކަމަށާއި 33 ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށްވެސް ހަވާލުކޮށްފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް އިތުރު 21 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްގެންދާނެ ބަޔަކު ހޯދުމަށް އިޢުލާންކުރާނެކަން ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
