
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ހިއްސާއަކަށް 55 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. މިއީ ބީއެމްއެލްގެ ތާރީޚުގައިވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ފާސްކުރި އެންމެ ބޮޑު އަދަދެވެ. ބާސެލޯ ނަސަންދުރާގައި ބޭންކް އޮފް މޯލްޑިވްސް އިން ބޭއްވި އަހަރީ އާންމު ޖަލްސާގައި ބޭންކުގެ ގިނަ އަދަދެއްގެ ހިއްސާދާރުން ވަނީ ބާއިވެރިވެފައެވެ. މިޖަލްސާގައި ބޭންކުގެ މިދިޔަ އަހަރުގެ ބޭންކް އޮފް މޯލްޑިވްސް މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައިވަނީ 50 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 55 ރުފިޔާ ބެހުމަށެވެ.
މިދިޔަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރު ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ. މިގޮތުން ބޭންކުން މިދިޔަ އަހަރު 2.8 ބިލިޔަން ރުފިޔާގެ އާމްދަނީ އެއް ހޯދާފައިވެއެވެ. ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު 643 މިލިޔަން ރުފިޔާ ދައްކާފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެގޮތުގައި 2.25 ބިލިޔަން ރުފިޔާ ހޯދާފައެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 8 އިންސައްތަ އިތުރު އަދަދެކެވެ. މިޖަލްސާގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ މި ކާމިޔާބީ ދައްކުވައިދެނީ ބޭންކުގެ ހިންގުމުގެ ހަރުދަނާ ކަމާއި ސްޓްބިލިޓީ ކަމަށް ސީއީއޯ ޝަރީފް ވިދާޅުވިއެެވެ. އަދި މިއީ ބޭންކުގެ މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
މީގެ އިތުރުން މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މި ކާމިޔާބީ ދަމަހައްޓަމުންދާކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. “މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިޔަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 497 މިލިޔަން ރުފިޔާ ވަނީ ލިބިފަ. އަދި ފުރަތަމަ ކުއާޓަރގައި ބީއެމްއެލް އިން ފަރުދުންނާއި ވިޔަފާރިތަކަށް އަލަށް 1.7 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރ އާއި އަޅާބަލާއިރު %72 ގެ ކުރިއެރުމެއް. މި ނަތީޖާތަކަކީ އަޅުގަނޑުމެންގެ ސްޓްރެޓެޖީ ތަންފީޒުކުރުމުގައި ގެންގުޅޭ ހަރުދަނާ އުސޫލާއި ރިސްކު މެނޭޖްކުރުމާއި އަދި ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ހެއްކެއް.” ޝަރީފް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ހިއްސާދާރުންނަށް ހިއްސާއަކަށް ބަހާނެ މިންވަރު ފާސްކޮށްފައިވާއިރު، ހިއްސާދާރުންނަށް މިފައިސާ ބުރާސްފަތި ދުވަހު ޖަމާކުރާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
