
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ގިނަ ޢަދަދެއްގެ ރެފިއުޖީން ގޮވައިގެން ސްޕެއިންގެ ކެނޭރީ އައިލެންޑްސްއަށް ދަތުރުކުރި ޑިންގީއެއް ބަނޑުންޖަހާލައި ބަޔަކު ގެނބިގެން މަރުވެއްޖެއެވެ. ސްޕެއިންގެ މެރިޓައިމް ރެސްކިއު ސާވިސުން ބުނީ އެ ޤައުމުގެ ކެނޭރީ އައިލެެންޑްސްގެ ރަށެއް ކަމަށްވާ އެލް ހިއެރޯއަށް ލެފުމަށް ގިނަ ޢަދަދެއްގެ މީހުން ގޮވައިގެން ކުޑަ ޑިންގީއެއް އައި ކަމަށެވެ. އެ ޑިންގީއަކީ ވަރަށް ކުޑަ އުޅަނދެއް ނަމަވެސް އެ އުޅަނދުގައި ގިނަ ޢަދަދެއްގެ މީހުން ފިތިބާރުވެގެން ތިބި ކަމަށް އެ ޚިދުމަތުން ބުނެއެވެ. ލަފާ ކުރެވޭ ގޮތުގައި އެ އުޅަނދުގައި 100އަށްވުރެ ގިނަ މީހުން ތިއްބެވެ. ކަމާބެހޭ އިދާރާތަކަށް އެ ބޯޓުގެ ހިލަމެއް އެންމެ ފުރަތަމަ ވެފައި ވަނީ އެ ބޯޓު އެއްގަމާ ހަ މޭލު ބޭރުގައި އޮއްވާ ކަމަށް މެރިޓައިމް ރެސްކިއު ސާވިސުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި އެ ޑިންގީ އަރިއަޅާލައި ބަނޑުން ޖަހައިލީ އުޅަނދު ރަށާ ކައިރި ކުރި ވަގުތު އެ އުޅަނދުގައި ތިބި 18 އަހަރުން ދަށުގެ ކުދިން ބޯޓުން ބޭލުމަށް މެރިޓައިމް ރެސްކިއު ސާވިސުން މަސައްކަތް ކުރަމުން ދަނިކޮށެވެ. ޑިންގީގައި ތިބި މީހުން ކުއްލިއަކަށް ގުޑެން ފެށުމުން އެ އުޅަނދު އަރިއަޅައިލީ ކަމަށް އެ ޚިދުމަތުން ބުނެއެވެ. ބޯޓު އަރިއަޅައިލުމާއެކު އެ އުޅަނދުގައި ތިބި މީހުން މޫދަށް ވެއްޓިފައިވާ ކަމަށާއި، އެ ހާދިޘާގައި ހަތަރު އަންހެނުންނާއި ފުރާވަރުގެ އަންހެން ކުއްޖެއްގެ އިތުރުން އެއަށްވުރެ ހަގު އިތުރު ދެ އަންހެން ކުދިން ގެނބިގެން މަރުވެފައިވާ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ. އިތުރު ދެ ކުޑަކުދިން ހެލިކޮޕްޓަރު މެދުވެރިކޮށް އެލް ހިއެރޯގެ ހަސްފަތާލަކަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. ގެނބުމުގެ ސަބަބުން އެ ކުދިންގެ ޙާލަތު ގޯސް ކަމަށް މަޢުލޫމާތު ލިބެއެވެ. ރެޑް ކުރޮހުގެ ތަރުޖަމާނު އެލެކްސިސް ރާމޯސް ވިދާޅުވީ އެ އުޅަނދުގައި 100އަށްވުރެ ގިނަ މީހުން ތިބި ކަމަށް ބެލެވޭއިރު މިހާތަނަށް ގެއްލިފައި ވަނީ ކިތައް މީހުން ކަން ނޭނގޭ ކަމަށެވެ.
އެފްރިކާގެ ހުޅަނގު އައްސޭރީގައި އޮންނަ ސްޕެއިންގެ ޖަޒީރާ ރަށްތަކަކީ ރެފިއުޖީންނާއި ހިޖުރަވެރިން ދަތުރުކުރާ މައިގަނޑު މަގެކެވެ. އެ ފަދަ ރެފިއުޖީންނާއި ހިޖުރަވެރިން ވިލާތަށް ދިޔުމުގެ އުންމީދުގައި، ކަނޑު ހުރަސްކޮށް ދިގު ދަތުރުތަައް ކުރުމަށް އެކަށީގެންނުވާހާ ކުދި ޑިންގީތަކާއި ރަބަރު ބޯޓުތަކުގައި، ގިނަ ޢަދަދެއްގެ މީހުންނާއެކު ފުރާނަ ނުރައްކަލަށް ހުށަހަޅައި ދިގު ދަތުރުތައް ކުރެއެވެ. އެފްރިކާއިން ވިލާތުގެ ސަރަޙައްދަށް ދިޔުމަށް އެޓްލާންޓިކް ކަނޑު ހުރަސް ކޮށް ކުރާ އެ ނުރައްކާތެރި ދަތުރުތަކުގައި އެތައް ހާސް މީހުން މަރުވެފައިވެއެވެ. މިދިޔަ އަހަރު އެކަނި ވެސް 47،000އެއްހާ މީހުން ވަނީ އެޓްލާންޓިކް ކަނޑު ހުރަސްކޮށް ކެނޭރީ އައިލެންޑްސްއަށް ގޮސްފައެވެ. އޭގެ ތެރޭގައި ގިނައީ މާލީއާއި ސެނެގަލްގެ އިތުރުން މައުރިބަށް ނިޞްބަތްވާ މީހުންނެވެ. ވިލާތަށް ދަތުރު ކުރުމަށް ގިނަ މީހުން ޑިންގީތަކަށް އަރަނީ މައުރިޓޭނިއާއިންނެވެ. މި ގޮތަށް ވިލާތަށް އަންނަ މީހުންގެ ތެރޭގައި ބެލެނިވެރިއަކާ ނުލައި ދަތުރު ކުރާ އެތައް ހާސް ކުޑަކުދިންނެއް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
