
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަމަނުގެ ވެރިރަށް، ޞަންޢާގައި އޮންނަ މައި ވައިގެ ބަނދަރަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ބޮން އަޅައި، ބޮޑެތި ގެއްލުންތައް ދީފިއެވެ. މި ޙަމަލާދީފައިވަނީ ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން އިސްރާއީލަށް އަމާޒުކޮށް ވައިގެ ޙަމަލާތަކެއް އަމާޒުކުރިތާ އެއް ދުވަސް ފަހުންނެވެ. ޙޫޘީން ހިންގާ މައި ޓީވީ ސްޓޭޝަނުން ބުނީ، ޔަހޫދީންގެ ޙަމަލާތަކުގައި އެ ވައިގެ ބަނދަރުގެ ރަންވޭ އަށާއި ޔަމަނުގެ ޤައުމީ އެއަރލައިނުގެ މަތިންދާބޯޓަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ޔަހޫދީންގެ ނިރުބަވެރި ފައުޖުން މީގެ ކުރިން ދިން ޙަމަލާތަކެއްގައި ގެއްލުން ލިބުނު ޞަންޢާ އެއަރޕޯޓަށް މަރާމާތަށްފަހު، ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެ ބަނދަރު މައިގަނޑު ގޮތެއްގައި ބޭނުންކުރަމުންދަނީ، އދ.ގެ މަތިންދާބޯޓުތަކާއި ޔެމޭނިއާ އެއަރލައިންސްގައި މިވަގުތު އޮތް ހަމައެކަނި މަތިންދާބޯޓެވެ. އެ އެއަރލައިނުން ބޭނުންކުރަމުން އައި އަނެއް ތިން މަތިންދާބޯޓު ޔަހޫދީން ވަނީ ގޮއްވާލައިފައެވެ.
ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް ޙޫޘީން އަސްކަރީ އޮޕަރޭޝަނެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފެށުމާ ގުޅިގެން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ޙޫޘީން އަމާޒަކީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކާއި ފަލަސްޠީނުގެ ރައްޔިތުންނަށް ވާގިވެރިވުމެވެ. ބޭނުމަކީ ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓުމަކަށް ގެނައުމެވެ. ޙޫޘީންގެ އަސްކަރީ އޮޕަރޭޝަންގެ ދަށުން އެ ޖަމާޢަތުން ދަނީ ނުރައްކާތެރި މިސައިލްތަކާއި އަސްކަރީ ޑްރޯންތައް ބޭނުން ކޮށްގެން ޒަޔަނިސްޓުންގެ ރަށްތަކާއި، މަސްލަޙަތު އޮތް އުޅަނދުފަހަރަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. މީގެ އިތުރުން، ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް ވެސް ޙޫޘީން ދިޔަައީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. ނަމަވެސް، އެމެރިކާއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ޖަމާޢަތުން ވަނީ ރަތް ކަނޑުގައި ހިންގަމުން ދިޔަ އަސްކަރީ އޮޕަރޭޝަން މެދުކަނޑައިލާފައެވެ. އަދި، އޭގެ ބަދަލުގައި އެމެރިކާއިން ވަނީ ޔަމަންގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮންއެޅުމަށް ހިންގަމުން ދިޔަ އަސްކަރީ ކެމްޕޭން ހުއްޓައިލާފައެވެ.
ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ 100އެއްހާ އުޅަނދަށް ޙޫޘީންގެ ޙަމަލާތައް އަމާޒުކޮށްފައިވާއިރު، އޭގެ ތެރެއިން ދެ އުޅަނދު ވަނީ ފައްތައިލާފައެވެ. ޙޫޘީންގެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޒަޔަނިސްޓު އިސްރާއީލަށް މުދާ ގެންދާ އާގުބޯޓުފަހަރަށެވެ. އަދި، ޔަހޫދީންގެ މަސްލަޙަތު އޮތް ކުންފުނިތަކުން ހިންގާ އުޅަނދުފަހަރަށެވެ. މީގެ އިތުރުން، އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގުބޯޓުފަހަރާއި އަސްކަރީ މަނަވަރުތަކަށް ވެސް ޙޫޘީން ޖަމާޢަތުން ކުރިން ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ. ޙޫޘީންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވެސް ދަނީ ޔަމަނަށް ބޮންއަޅަމުންނެވެ. މި ގޮތުން، މޭ 6ވަނަ ދުވަހު ޔަމަންގެ ވެރިރަށް ޞަންޢާގައި ހުރި މައި ވައިގެ ބަނދަރަށް ނުރައްކާތެރި ޙަމަލާތަކެއްދީ ގިޔަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލިއެވެ. އެއަށްފަހު، އަލް-ޙުދަޔިދާގައި އޮތް ދެ ބަނދަރަކަށް ޙަމަލާތަކެއްދީ، ބޮޑެތި ގެއްލުންތަކެއް ދިނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
