
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލްގައި ފަހަތުން އަރާ 4-1 ގެ ނަތީޖާއަކުން ސްޕެއިންގެ ރެއާލް ބެޓިސް ބަލިކޮށް، ޗެލްސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ޕޮލެންޑްގެ ރޮކްލޯ ގައި ކުޅުނު ފައިނަލް މެޗު ކާމިޔާބުކޮށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއެކު ޗެލްސީ ވެފައިވަނީ ޔޫއެފާއިން އިންތިޒާމުކުރާ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ޓީމަށް ވެފަ އެވެ. މީގެ ކުރިން ޗެލްސީން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ އިތުރުން ޔޫއެފާ ސުޕަރ ކަޕް އަދި ކަޕް ވިނާސް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 9 ވަނަ މިނިޓުގައި ރެއާލް ބެޓިސްގެ މިޑްފީލްޑަރ އަދި ކެޕްޓަން އިސްކޯ ދިން ޕާހަކުން އެޒަލްޒޫލީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ފުރަތަމަ ހާފުގައި ރެއާލް ބެޓިސް އަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އެގޮތުން އޭރިޔާ ބޭރުން މާކް ބާޓްރާ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ޗެލްސީގެ ކީޕަރު ގިލިޕް ޖޯގެންސެން ވަނީ ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ. މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމުގެ ކަނާތު ވިންގަށް ކުޅެމުންދިޔަ މާލޯ ގަސްޓޯ ގެ ބަދަލުގައި ރީސް ޖޭމްސް ކުޅެން އަރުވާފަ އެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ބަޑިއަޝީލް އާއި ޕެޑްރޯ ނެޓޯގެ ބަދަލުގައި ލެވިސް ކޮލްވިލް އާއި ޖޭޑާން ސަންޗޯވެސް ވަނީ ކުޅެން އަރުވާފަ އެވެ. މި ބަދަލުތަކާއިއެކު ޗެލްސީގެ ކުޅުން ވަނީ އިތުރަށް ރަގަޅުވެފަ އެވެ. ޗެލްސީ އިން މި މެޗުގައި ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 65 ވަނަ މިނިޓުގައި އެންޒޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި އޭގެ ފަސް މިނިޓު ފަހުން މި މެޗުގައި މޮޅު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކޯލް ޕާމާ ދިން އެސިސްޓަކުން ނިކޮލަސް ޖެކްސަން ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ޗެލްސީ އަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނީ ޖޭޑަން ސަންޗޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ޗެލްސީ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި މޯސެސް ކައިސޭޑޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. ރެއާލް ބެޓިސް އަތުން ޗެލްސީ މި މެޗުގައި މޮޅުވެފައިވާއިރު މިއީ 2002 ވަނަ އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ފައިނަލެއްގައި ސްޕެއިންގެ ޓީމެއް އަތުން އެހެން ގައުމެއްގެ ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ. ޔޫރަޕްގެ މުބާރާތްތަކުގެ ފައިނަލުގައި މީގެ ކުރިން ސްޕެއިންގެ ޓީމުތައް ކުޅުނު 27 މެޗުން ސްޕެއިންގެ ޓީމުތައް ވަނީ މޮޅުވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
