
އާސިއާން ގައުމުތަކުން ހޮވާލެވުނު ކުޅުންތެރިންނާއެކު މެލޭޝިއާގައި ކުޅުނު މެޗުން މަޝްހޫރު މެންޗެސްޓާ ޔުނައިޓެޑް ބަލިވުމުން ސަޕޯޓަރުން ވަރަށް ބޮޑަށް މަލާމާތްކޮށްފިއެވެ. ހުސްވި ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގުގެ 20 ޓީމުގެ ތެރެއިން 15 ވަނާގައި ނިންމާލި ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނީ މަލާމާތް ކުރުމަކީ އޭނާ ދެކޭ ގޮތުގައި ރަނގަޅެއް ކަމަށެވެ. މެލޭޝިއާގެ ބުކިޓް ޖަލިލް ސްޓޭޑިއަމުގައި 72500 މީހުންގެ ކުރިމަތީގައި ޔުނައިޓެޑް ބަލިވީ މިޔަންމާގެ ފޯވަޑް މުއަންގް މުއަން ލިވިން ޖެހި ހަމައެކަނި ގޯލުންނެވެ. ގާތްގަނޑަށް 30 ޑިގްރީގެ ހޫނުގައި މެޗު ކުޅެން ޖެހުމުން ޔުނައިޓެޑްގެ ގިނަ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރުބަލިކަމާއި ލޮޑުކަމެވެ. ގާތްގަނޑަށް 25 ކުޅުންތެރިން ވަނީ މެޗުގައި ބޭނުންކޮށްފަ އެވެ.
ކޯޗު ރުބެމް އަމޮރިމް މެޗަށް ފަހު ބުނީ މަލާމާތް ކުރުމަކީ ޕްރެމިއާ ލީގުގައި އެ ޓީމު ކުޅެ ބަލިވި ކޮންމެ މެޗެއްގައި ވެސް އިވިގެންދިޔަ އަޑެއް ކަމަށެވެ. އަދި މި މެޗުގައި އެކަން އެގޮތަށްވުމަކީ އެއްގޮތަކުން ރަނގަޅެއް ކަމަށެވެ. ކޯޗު ބުނީ މިދިޔަ ޑިސެމްބަރު މަހު އޭނާ ޓީމާ ހަވާލުވި ފަހުން ޔުނައިޓެޑްގެ ނެރެމުންދަނީ ދަށް ނަތީޖާތަކެއް ކަމަށާއި މިއީ ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ބޮޑުވަމުން އަންނަ ސަބަބެއް ކަމަށެވެ. ނަމަވެސް އަންނަ ސީޒަން ފަށާއިރު ހުރިހާ ސަޕޯޓަރުން ވެސް ޓީމުގެ ފަހަތުގައި އެކުވެރިކަމާއެކު ތިބުމަކީ އޭނާ އެދޭ ގޮތް ކަމަށެވެ. ޔުނައިޓެޑުން ހުސްވި ސީޒަން 42 ޕޮއިންޓާއެކު 15 ވަނާގައި ނިންމާލުމަކީ 1974ގެ ފަހުން އެ ޓީމު މިހާ ދަށުގައި އޮވެ ޕްރެމިއާ ލީގު ނިންމާލި ފުރަތަމަ ފަހަރެވެ.
ޔުނައިޓެޑުން މިހާރު އޭޝިއާ އަށް ކުރަމުންދާ ދަތުރުން 10 މިލިއަން ޑޮލަރު ފައިދާވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މާލީ ގޮތުން ޔުނައިޓެޑް އަޑިއަޅާލާފައިވީ ނަމަވެސް އެ ޓީމުން މަސައްކަތް ކުރަމުންދަނީ މިހާރު ތިބި ބައެއް ކުޅުންތެރިން ވިއްކާލުމަށްފަހު ލިބޭ ފައިސާއިން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށެވެ. ނަމަވެސް ޓީމުގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ގަތުމަށް ސައޫދީ އަރަބިއާގެ ކުލަބަކުން ވަނީ 100 މިލިއަން ޔޫރޯ ހުށަހަޅައިފަ އެވެ. މިކަމާމެދު ޔުނައިޓެޑުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
