
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދިޔަ ލީގު ކަޕް 2025 ގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި 4-0 ގެ ނަތީޖާއަކުން އޮޑި ސްޕޯޓްސް ބަލިކުރުމަށްފަހުއެވެ. މި މެޗު ފަށައިގެން ވަރަށް ކުރީކޮޅު މާޒިޔާއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އިބްރާހީމް އައިސަމްއެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ފުޅާކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަޙްމަދު (ހަންނަ) އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އަޙްމަދު އައިހަމް ދިން ބޯޅައަކުންނެވެ.
އޭގެ ފަހުންވެސް މި މެޗުގައި މާޒިޔާއަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު، އެ ޓީމުން އަނެއް ދެ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. މި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން އެރި ޒުވާން ފޯވާޑް މުޙައްމަދު އިލާން އިމްރާނެވެ. އެގޮތުން މާޒިޔާގެ ތިންވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އިލާން ކާމިޔާބުކުރިއިރު، އޭގެ ފަސް މިނެޓު ފަހުން ހަމްޒާ މުޙައްމަދު (ހަމްޕު) ތަނަވަސްކޮށްދިން ފުރުސަތަކުން އިލާން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. މިއީ، މި މުބާރާތުގައި އިލާން ޖެހި ހަތަރު ވަނަ ގޯލުކަމަށްވާއިރު، އޭނާ އަކީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. މި މޮޅާއެކު މާޒިޔާއިން ލީގު ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުން މި މުބާރާތް ކާމިޔާބުކުރީ މެޗަކުން ބަލިނުވެއެވެ. މި މުބާރާތުގައި މާޒިޔާ ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުނުވެވުނީ ލީގު ބުރުގައި އޮޑި ސްޕޯޓްސްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައެވެ.
ކުޅިވަރާ ބެހޭ ވުޒާރާގެ ވަރަށް ބޮޑު އެއްބާރުލުމާއެކު ކުރިއަށްގެންދިޔަ އެފްއޭއެމް ލީގު ކަޕުގައި ވާދަކޮށްފައިވަނީ ފުރަތަމަ ޑިވިޝަނުގެ tިން ކުލަބު ކަމަށްވާ މަޒިޔާ އާއި، އޮޑި ސްޕޯޓްސްގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބާއި ދެވަނަ ޑިވިޝަނުގައި ހިމެނޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އދ. މަހިބަދޫ ސްޕޯޓްސް ކުލަބެވެ. މި މުބާރާތަކީ ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށް އެކަށީގެންވާ ގައުމީ ސްކޮޑެއް ނެގުމަށް ލިބޭނެ ވަރަށް މުހިންމު ފުރުސަތަކަށް ވާނެ ކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
