
މިއަހަރުގެ ހައްޖު ދުވަސް ދިމާވާނީ މިހާރުވެސް ރާއްޖޭގެ ކަލަންޑަރުގައި އޮތް ގޮތަށް ޖޫން މަހުގެ ފަސް ވަނަ ދުވަހަށް ކަމަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅާފައި ވާތީ އީދު ބަންދަށް މިހާރު އޮތް ގޮތް ބަދަލު ނުވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
“މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ، 5 ޖޫން ވާ ބުރާސްފަތި ދުވަހާ ކަމުގައި ސައޫދީ އަރަބިއްޔާއިން ކަނޑައެޅުއްވުމާ ގުޅިގެން ދަންނަވަމެވެ. ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތަކެވެ.” ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. ހައްޖު ދުވަސް އަންނަ ހަފްތާގެ ފުރަތަމަ ބުރާސްފަތި ދުވަހާ ދިމާވާތީ އީދު ދުވަހާއި އޭގެ އަނެއް ދުވަސް ދިމާވަނީ ހަފްތާ ބަންދަށެވެ. އީދު ދުވަހާއި އީދާ ގުޅިގެން އަންނަ ބަންދު ހަތަރު ދުވަހުގެ ތެރެއިން ދެ ދުވަހަކީ ހަފްތާ ބަންދެވެ. އެހެންވެ އީދު ބަންދަށް ލިބޭނީ ދެ ދުވަހެވެ. އެއީ އާދީއްތަ އަދި ހޯމަ ދުވަސް ކަމަށްވާ، ޖޫން މަހުގެ 8 އަދި 9 އެވެ.
ބޮޑު އީދަށް ބަންދަށް މިފަހަރު ދެ ދުވަސް ލިބުނަސް މިދިޔަ ކުޑަ އީދުގައި ރޯދަ މަހުގެ ފަހު 10 އާ އެކު ބަންދަށް 15 ދުވަސް ލިބުނެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
