
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ)
މި ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކު، އޮންނާނީ ކޮރަޕްޝަން ތަޅުލާފައި ކަމަށާއި އެ އަމަލު ހިންގަން ފުރުސަތު ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ރޭ ވިދާޅުވެއްޖެ އެވެ. ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ޝާޑު ވިދާޅުވީ ކޮރަޕްޝަން ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އެހެންވެ، މި ސަރުކާރުގައި ކޮރަޕްޝަން ހިންގަން އޮތް ފުރުސަތު އެއްކޮށް ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެންސީ)
ސަރުކާރުން ކޮރަޕްޝަން ހިންގާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ސަރުކާރާއި ރައްޔިތުން ޖައްސައި، ފިތުނަފަސާދަ އުފެއްދުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށް ޝާޑު ވިދާޅުވި އެވެ. “މި ސަރުކާރު އައުމާ އެކު ކޮރަޕްޝަން އޮންނާނީ ތަޅުލާފައި. ތަޅުލާފައި އޮންނާނީ. ލާހިކެއް ނޫން ހިންގަން. ނުހިންގޭނެ. ނުހިންގާ އެއްޗެއްގެ ވާހަކަ ނުދެއްކޭނެ. ކިހިނެއް ހިންގާނީ ކޮރަޕްޝަން، ހިންގޭނެ ފުރުސަތެއް ރައީސް ނުދެއްވާ،” ޝާޑު ވިދާޅުވި އެވެ. “ކޮރަޕްޝަން މަނާކޮށްފައި އޮންނާނީ. މަޖިލީހުން އަޅުގަނޑުމެން އޮންނާނީ ކޮރަޕްޝަން ހުއްޓުވައިފައި، ތަޅުލާފައި. ތަޅުދަނޑި އޮންނާނީ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތްޕުޅުގައި.”
ރައީސް މުއިއްޒު އިސްނަންގަވައި، ރައްޔިތުންނަށް ލުއިވާނެ ގޮތަށް މި ސަރުކާރުން ކޮށްދެމުން އަންނަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ މެދު ނަފުތަރު އުފައްދަން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވެއްޖެ ކަމަށް ވެސް ޝާޑު ވިދާޅުވި އެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ)
ޝާޑު ވިދާޅުވިގޮތުގައި މި ސަރުކާރު ފެށުނު ދުވަސްވަރު ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށަށް ގޮސް، ރައްޔިތުން ބަނޑަށް ޖެހެން އުޅެޔޭ ބުނާ އަޑުތައް ވެސް ވަރަށް ގަދަވި އެވެ. އެކަމަކު، ރައީސްގެ ދުރު ވިސްނުންފުޅާއި ކުރެއްވި މަސައްކަތްޕުޅުން ރައްޔިތުންނަށް މިހާރު އެ ބިރުވެރިކަން ނެތް ކަމަށް ޝާޑު ވިދާޅުވި އެވެ. ރައީސް މުއިއްޒު އައްޑުއަށް ވެވަޑައިގެންނެވި ވައުދުތައް ވެސް ފުއްދަވާނެ ކަމުގެ ޔަގީންކަން އަދިވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. “މިއީ ނުކުރެވޭނެ ކަމެއް ނޫން. ބުރިޖު ވެސް އަޅާނެ. އެއާޕޯޓު ވެސް އަޅާނެ. ސްޓޭޝަންތައް ވެސް އަޅާނެ. ރަންވޭ ވެސް އަޅާނެ. ފަޔާ ލޮރީތައް ވެސް ހުންނާނެ. އައިސްޕްލާންޓު ހުންނާނެ. މަސްފެކްޓަރީ ހުންނާނެ. ގޭދޮށުގައި ވެސް ހުންނާނެ. ކޮންމެ ގެެއެއްގައި ވެސް ބެހެއްޓިދާނެ. އެ ގާބިލުކަމާއި ހުނަރު ހުރި ވަޒީރުން މި ސަރުކާރުގައި ތިބީ،” ޝާޑު ވިދާޅުވި އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
