
މިދިޔަ ދޮޅު އަހަރުދުވަހުގެ ތެރޭގައި އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލްއަށް 194 އެނދު އިތުރުކޮށްފައިވާކަމަށާއި މިކަމުގެ ސަބަބަުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ. އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް މިހެން ވިދާޅުވީ އައިޖީއެމްއެޗްގައި ޤާއިމްކޮށްފައިވާ މަލްޓި- ސްޕެޝަލިޓީ ސަރޖިކަލްް ވިންގް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަމުންނެވެ.
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލުން ގިނަ ކަންކަން ހާސިލްކޮށްފައިވާކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ޚާއްސަ އީއާރުއެއް ޤާއިމްކޮށްފައިވާކަމަށާއި ދަރުމަވަންތައް ހޮސޕްިޓަލްގައި ފާޓިލިޓީ ސެންޓަރެއް ޤާއިމްކޮށް އައިވީއެފް ހެދުމުގެ ޚިދުމަތް ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައިޖީއެމްއެޗްގައި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް ޚިދުމަތައް ގެނެސްފައިވާކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ކެތްލެބްވެސް ޚިދުމަތަށް ގެނެސްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބައެއް ތަފާސްހިސާބުތަކަށް އަލި އަޅުވާލައްވާ ސީއީއޯ އިބްރާހިމް އަބްދުއްރައްޒަޤު ޙަލީމް ވިދާޅުވީ 1995 ވަނަ އަހަރު އައިޖީއެމްއެޗް ހުޅުވުމާއެކު އޭރު 62000 މީހުންނަށް ފަރުވާ ދިނުމަށް ހުރީ 186 އެނދުކަމަށެވެ. އަދި 2023 ވަނަ އަހަރާ ހަމައަށް އައިރު އެ ހޮސްޕިޓަލުން 2،12000 މީހުންނަށް ފަރުވާ ދިނުމަށް ބޭނުން ކުރަމުން ދިޔައީ 310 އެނދުކަމަށާއި އަދި މިވީ 30 ވަރަކަށް އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލަށް އިތުރުކުރެވުނީ 130 އެނދުކަމަށްވެސް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ. އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްއަށް 119 އެނދު އިތުރު ކުރެވުނުކަމަށެވެ. އަދި މިއަދު އިތުރުކުރި 75 އެނދާއެކު އެ ހޮސްޕިޓަލުގައި ބޭނުންކުރާ އެނދުގެ އަދަދު 510 އަށް އިތުރުވެފައިވާކަމަށް ސީއީއޯ އިބްރާހިމް އަބްދުއްރައްޒަޤު ޙަލީމް ވިދާޅުވިއެވެ.
“ސިއްޙީ ދާއިރާއަށް އަހަައްމިއްޔަތުކަމެއް ދޭން ވިސްނާއިރު، ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރަން ވިސްނާއިރު، ފާއިތުވެ ދިޔަ 30 އަށް އަހަރު ދުވަހުގެ ތެރޭގައި 130 އެނދު އިތުރުކުރެވުނު އިރު މިވީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި 194 އެނދު އިތުރުކރެވިގެން ގޮސް މިވަނީ. މީގެ ސަބަބުން ޚިދުމަތްތައް އިތުރަށް ފުޅާވެ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްމިން އިތުރަށް ފަހިވެގެންދާނެ.” މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ. އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ އައިޖީއެމްއެޗްއިން މިހާރުވެސް 32 މަލްޓި ސްޕެޝަލީޓީ ޚިދުމަތް ފޯރުކޮށްދެމުންދާކަމަށެވެ. އަދި މިއަހަރު ބައިޕާސް ސާޖަރީއާއި އިންޓަވެންޝަނަލް ރޭޑިއޯގެ ޚިދުމަތްވެސް މިއަހަރު ފަށަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ހޮސްޕިޓަލްތަކަށް ގެންނަ އުމްރާނީ ތަރައްޤީގެ އިތުރުން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށްވެސް މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މިވީ ދޮޅު އަހަރުދުވަހުގެ ތެރޭގައި 411 މުވައްޒަފުން ރެކްރޫޓް ކުރަން ހުއްދަ ލިބިފައިވާކަމަށާއި މީގެ ތެރެއިން ބޮޑުބައެއް މިހާރު ރެކްރޫޓްކޮށްފައިވަކަމަށްވެސް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
