
(ފޮޓޯ ކްރެޑިޓްސް: ސިލޯން އިންޑިޕެންޑެންޓް)
ސްރީ ލަންކާއަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދީފައިވާ ބެއިލްއައުޓާ ގުޅޭ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދަންޖެހޭ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމް ފަށައި އެ ގައުމުގެ ފެއިލްވެފައިވާ ހޮޓެލް ޕްރޮޖެކްޓް ވިއްކާލަން ނިންމިކަން އިއްޔެ އިއުލާނުކޮށްފި އެވެ. ސަރުކާރުގެ ތަރުޖަމާނު ނަލިންޑާ ޖަޔަތިސާ ވިދާޅުވީ 2011 ވަނަ އަހަރު އުފެއްދި، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ކަމަށްވާ “ކެންވިލް” ގެ ހިއްސާ ވިއްކަން ކުރީގެ ސަރުކާރުން ފެށި މަސައްކަތް ހުއްޓިފައި އޮތުމުން އެ މަސައްކަތް އަލުން ފަށަން ކެބިނެޓުން އެއްބަސްވެފައިވާ ކަމަށެވެ. ކެންވިލް ވިއްކާލުމަކީ މާކްސިސްޓެއްގެ ގޮތުގައި އަމިއްލަ ސިފަކުރާ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ ވެރިކަމުގައި ޕްރައިވެޓައިޒޭޝަން ފެށުމުގެ ގޮތުން ކުރާ ފުރަތަމަ މަސައްކަތެވެ.
ޖަޔަތިސާ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ކުންފުނި ވިއްކުމުގެ ކަންކަން ހަވާލުކުރަނީ ޕްރޮފެޝަނަލް ސާވިސް ފާމެއް ކަމަށްވާ ޑެލޮއިޓް އާ ކަމަށެވެ. ސަރުކާރުން ބުނީ ކެޕިޓަލް އަށް 61 މިލިއަން ޑޮލަރު ދީފައިވާ ކެންވިލް އިން ކޮލަމްބޯގައި ހަދާފައިވާ 47 ބުރީގެ، 458 ކޮޓަރީގެ ބީޗްފްރަންޓް ހޮޓަލުގެ މަސައްކަތް ނިންމުމަށް މަދުވެގެން އިތުރު 120 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. އެ މަސައްކަތް ނިންމަން ބޭނުންވާ ފައިސާ ހޯދޭނެ ފުރުސަތެއް ނެތުމުން އާ ސަރުކާރުން ނިންމީ އެސެޓް ވިއްކާލާށެވެ. ލަންކާގެ ދެކުނު ބީޗްގައި އިތުރު ޕްރޮޕަޓީއެއް ވެސް އެ ކުންފުނީގެ މިލްކިއްޔާތުގައި އެބަހުއްޓެވެ.
އައިއެމްއެފުން 2023 ވަނަ އަހަރުގެ ކުރީކޮޅު ސްރީލަންކާއަށް 2.9 ބިލިއަން ޑޮލަރުގެ ލޯނެއް ދީފައިވަނީ އެ ގައުމަށް ބޭރުގެ 46 ބިލިއަން ޑޮލަރުގެ ދަރަނި ނުދެއްކި ބަނގުރޫޓުވިކަން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އިއުލާނުކޮށްފައި ވަނިކޮށެވެ. އައިއެމްއެފުން ލޯނު ދިން އިރު ކުރި ޝަރުތުތަކުގެ ތެރޭގައި ފައިދާނުވާ، ސަރުކާރު ހިއްސާވާ ވިޔަފާރިތައް އިސްލާހުކުރުން ހިމެނެ އެވެ. ދައުލަތުގެ ބަޖެޓުން ހޭދަކުރަންޖެހޭ، ސަރުކާރު ހިއްސާވާ 52 ކުންފުންޏެއް އައިއެމްއެފްގެ ބެއިލްއައުޓް ޕްރޮގްރާމުގެ ދަށުން އިސްލާހުކުރަން ޖެހެ އެވެ. ޑިސެނަޔަކަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވާހަކަ ދެއްކެވީ ދައުލަތުގެ މުދާ ވިއްކުމާ ދެކޮޅު ކަމަށް ވިދާޅުވެ އެވެ. އޭނާ އޭރު ވިދާޅުވަމުން ގެންދެވީ ކުންފުނިތައް ވިއްކުމުގެ ބަދަލުގައި އިސްލާހުތައް ގެނެސް ފައިދާވާ ކުންފުނިތަކަށް ހަދާނީ ކަމަށެވެ. ނަމަވެސް ވެރިކަން ލިބިވަޑައިގަތުމަށް ފަހު އޭނާ ވަނީ އައިއެމްއެފްގެ ޕްރޮގްރާމް ކުރިން އޮތް ގޮތަށް ކުރިއަށް ގެންދަން ނިންމަވައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
