
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާއާއި އިސްރާއީލާ ދެމެދު ސީދާ ވާހަކަތައް ދެކެވެމުންދާ ކަމަށާއި ދެ ފަރާތުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކޮށް ސަރަޙައްދީ ހަމަނުޖެހުން އިތުރަށް ގޯސްވިޔަ ނުދިނުމަށް ފާއިތުވި ހަފުތާތަކުގައި ދެ ޤައުމުގެ ދެމެދުގައި ސީދާ ބައްދަލުވުންތައް ވެސް ބާއްވާފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ. މިއީ އެތައް އަހަރެއް ވަންދެން ހަތުރުންގެ ގޮތުގައި އޮތް ސޫރިޔާއާއި އިސްރާއީލުގެ ގުޅުން ރަނގަޅުވަމުންދާ ކަމުގެ ހެއްކެކެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް ގެނެސް، ސޫރިޔާގެ ހިންގުމާ އެ ޤައުމުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ން ވަނީ ޙަވާލުވެފައެވެ. މި ޙާލަތުގައި އެމެރިކާއިން ދަނީ ޔަހޫދީންނާއެކު ގުޅުން ބަދަހި ކުރުމަށް ސޫރިޔާއަށް ބާރުއަޅަމުންނެވެ. ސޫރިޔާއަށް ޙަމަލާތައް އަމާޒު ކުރަމުންދިޔަ ޔަހޫދީން ވެސް ވަނީ އެ ޤައުމަށް ޙަމަލާދިނުން މަދުކޮށްލައިފައެވެ. އެޗްޓީއެސުން އިސްރާއީލާއެކު ރަސްމީ މަޝްވަރާތައް ކުރަމުން ދަނީ މީގެ ކުރިން ސިއްރު މަޝްވަރާތައް ވެސް ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ. މި މަހުގެ ކުރީކޮޅު ސޫރިޔާގެ އިންތިޤާލީ ރައީސް އަޙްމަދު އަލް-ޝަރާޢު ވަނީ ޔަހޫދީންނާއެކު ނުސީދާ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަން ކަށަވަރު ކޮށްދީފައެވެ.
ސޫރިޔާގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވަނީ އެ ޤައުމުގެ ސަލާމަތީ ކަންކަމާބެހޭ އިސް ވެރިއެއް ކަމަށްވާ އަޙްމަދު އަލް-ދަލާތީއެވެ. އަސަދުގެ ވެރިކަން ވެއްޓުނު ފަހުން ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ސޫރިޔާގެ ޖައުލާން އުސްބިންތަކާ އިންވެގެން އޮންނަ އަލް-ޤުނައިޠިރާގެ ގަވަރުނަރުގެ މަޤާމަށް އިސްކޮށްފައި ވަނީ އަޙްމަދު އަލް-ދަލާތީއެވެ. މި ހަފްތާގެ ކުރީކޮޅު އިންތިޤާލީ ސަރުކާރުން ވަނީ ސޫރިޔާގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ އައްސުވައިދާގެ ސަލާމަތީ ކަންކަމާބެހޭ އިސްވެރިޔާގެ ގޮތުގައި ވެސް އޭނާ ކަނޑައަޅައިފައެވެ. އައްސުވައިދާއަކީ ސޫރިޔާގެ މީސްމަދު ދުރޫޒީން ދިރިއުޅޭ ސަރަޙައްދެވެ. ޔަހޫދީންގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ޙަރަކާތްތެރި ވަނީ ކާކުކަން ސާފު ނުވާއިރު، ޔަހޫދީން ތަމްސީލު ކުރަނީ އެ ޤައުމުގެ ސަލާމަތީ އޮފިޝަލުން ކަމަށްވެއެވެ. މަސްދަރުތަކުން ބުނީ ދެ ޤައުމު ހިމެނޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ސަރަޙައްދުތަކުގައި މަޝްވަރާތަކުގެ ގިނަ ބުރުތަކެއް ބާއްވާފައިވާ ކަމަށެވެ. ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ބައެއް ސަރަޙައްދުތަކުގައި ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.
1967ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައި ޔަހޫދީން ވަނީ ޖައުލާން އުސްބިންތައް އިސްތިޢުމާރު ކޮށްފައެވެ. އަސަދުގެ ވެރިކަން ވެއްޓުނު ފަހުން ޔަހޫދީން ވަނީ ސޫރިޔާގެ އިތުރު ސަރަޙައްދުތަކަށް ވެރިވެގައިންފައެވެ. އޭގެ އިތުރުން، ޔަހޫދީން ސޫރިޔާއަށް ދެމުންދިޔަ ވައިގެ ޙަމަލާތަކުގައި އެ ޤައުމުގެ ގިނަ އަސްކަރީ ބިނާރަށް ވަނީ ގެއްލުން ދީފައެވެ. އެއާއެކުއެކީ ޔަހޫދީން ދިޔައީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ޤައުަމަށް ލިބިފައިވާ ބަލިކަށިކަން މަތީގައި އެ ޤައުމު ބޭއްވުމަށް އެމެރިކާ ގާތުގައި އެދެމުންނެވެ. ނަމަވެސް ފާއިތުވި ހަފްތާތަކުގައި ޔަހޫދީން ސޫރިޔާއަށް ދެމުންދިޔަ ޙަމަލާތައް ވަނީ މަދު ކޮށްފައެވެ. އަދި އެ ޤައުމަށް އަމާޒު ކުރަމުންދިޔަ ފާޑު ކިޔުންތައް ވެސް ވަނީ މަދުވެފައެވެ. ސޫރިޔާގެ އައު ސަރުކާރުން ވެސް ދަނީ އެ ޤައުމަކީ އިސްރާއީލަށް އޮތް ނުރައްކަލެއް ނޫން ކަމަށް ދެއްކުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.
މިދިޔަ މެއި މަހުގެ 14ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ, އެމެރިކާއިން ސޫރިޔާއާމެދު ޢަމަލު ކުރަމުންދިޔަ ސިޔާސަތުތަކާ ޚިލާފަށް، ސޫރިޔާގެ ޝަރާޢުއާ ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ބައްދަަލު ކުރައްވައިފައެވެ. އެއާއެކު އެމެރިކާއިން ސޫރިޔާގެ އައު ސަރުކާރު ބަލައިގަތުމަށް ތައްޔާރަށް އޮތްކަން ދޭހަވެގެން ދިޔައެވެ. އެމެރިކާއިން މި ފަދަ ގޮތަކަށް ޢަމަލު ކުރުމުން ޔަހޫދީންނަށް ވެސް ވަނީ އެ ޤައުމުން ސޫރިޔާއާމެދު ޢަމަލު ކުރަމުންދިޔަ ގޮތް މުރާޖަޢާ ކުރުމަށް މަޖުބޫރުވެފައެވެ. ސޫރިޔާގެ ހަމަނުޖެހުންތަކުގެ ސަބަބުން އިސްރާއީލަށް ފައިދާތަކެއް ކުރަމުން ދިޔަ ނަމަވެސް އައު ސަރުކާރާއެކު ޞުލްޙަ ޤާއިމު ކުރުމަށް ޔަހޫދީންނަށް ދަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ. ޝަރާޢުއާ ބައްދަލުކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ އިސްރާއީލާއެކު ވަކި ހިސާބަކުން ގުޅުން ބަދަހި ކުރުމަށް ޝަރާޢު ތައްޔާރަށް ހުރި ކަމަށެވެ. ނަމަވެސް އެ ކަމަށް ވަގުތު ނަގާނެ ކަމަށް ޓްރަމްޕް ވަނީ ފާހަގަ ކުރައްވައިފައެވެ.
މިހާރު ކުރަމުންދާ ސީދާ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވެނީ ސަލާމަތީ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމާގުޅޭ ގޮތުންނެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެއަށްވުރެ ފުޅާ ސިޔާސީ އެއްބަސްވުމަކާ ހަމައަށް އައުމަށް މިހާރު ހިނގަމުންދާ މަޝްވަރާތައް އެހީތެރިވެދޭނެ ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ މަޢުލޫމާތު އެނގޭ މަސްދަރުތަކުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
