
ސައުދީ އަރަބިއްޔާގެ އަލް ހިލާލްއަށް ކުޅުމާމެދު ގޮތެއް ނިންމަން މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއަށް 72 ގަޑިއިރުގެ މުހުލަތެއް ދީފިއެވެ. ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ބްރޫނޯ ގޮތެއް ނިންމަން ޖެހިފައިވާއިރު އޭނާ ހުރީ ޔުނައިޓެޑާމެދު މުޅިން ހިތްހަމަ ޖެހިގެން ނޫނެވެ. ސަބަބަކީ އެ ޓީމުގެ ފޯމު ވަރަށް ބޮޑަށް ދަށްވުމާއި އަންނަ ސީޒަނުގައި ޔޫރަޕުގެ އެއްވެސް މުބާރާތެއް ކުޅުމުގެ ފުރުސަތު ނެތުމުންނެވެ. ޔުނައިޓެޑަކީ އަންނަ ސީޒަނުގައި ޔޫރަޕުގައި ނުކުޅޭ އިނގިރޭސި ހަމައެކަނި ބޮޑު ކުލަބެވެ.
އުމުރުން 30 އަހަރުގެ ބްރޫނޯ ގަތުމަށް އަލް ހިލާލް އިން މެންޗެސްޓާ ޔުނައިޓެޑަށް ހުށަހަޅާފައިވަނީ 100 މިލިއަން ޕައުންޑެވެ. އަދި ކުޅުންތެރިޔާ އަށް ހުށަހަޅާފައިވަނީ ހަފުތާއަކު ހަތް ލައްކަ ޕައުންޑްގެ މުސާރައެކެވެ. މި ހުށަހެޅުމާ ގޮތެއް ނިންމަން ބްރޫނޯ ޔުނައިޓެޑްގެ ވެރިންނާއެކު ވަރަށް އަވަހަށް އިށީންނާނެ ކަމަށް ވެސް އިނގިރޭސި ނޫސްތަކުން ދަނީ ބުނަމުންނެވެ.
ގިނަ މީޑިއާތަކުން ލަފާ ކުރަނީ ޔުނައިޓެޑްގެ މެނޭޖްމަންޓުން މި އަގުގައި ބްރޫނޯ ވިއްކާލަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. ސަބަބަކީ މާލީ ގޮތުން ޔުނައިޓެޑަށް ދަތިވެފައި ވުމުންނެވެ. އަދި ސްކޮޑް ވަރުގަދަ ކުރެވެން އޮތީ މިހާރު ތިބި ގިނަ ކުޅުންތެރިން ވިއްކާލައިގެން ލިބޭ ފައިސާ ހަރަދުކޮށްގެން ކަމަށް ވެސް ވާތީ އެވެ. ނަމަވެސް ބުރޫނޯ ވިއްކާލުމަކީ ކޯޗު ރުބެން އަމޮރިމްގެ ޕްލޭނުގައިވާ ކަމެއްނޫނެވެ. އޭނާ މަސައްކަތް ކުރަނީ އަންނަ ސީޒަނަށް ވަރުގަދަ ޓީމެއް ބިނާކުރާއިރު ލީޑަރަކަށް ބްރޫނޯ ހެދުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
