
ފީފާ ކުލަބު ވޯލްޑް ކަޕުގައި ކުޅެން ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް ރެއާލް މެޑްރިޑަށް ދޫކޮށްލަން ކީ އަގު ލިވަޕޫލްއިން ބޮޑުކޮށްފިއެވެ. ލިވަޕޫލްގެ ކަނާތު ފުލްބެކް އާނޯލްޑަކީ މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑަށް ސޮއިކުރަން ނިންމާފައިވާ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ ލައްވައި ކުލަބު ވޯލްޑް ކަޕުގައި ކުޅުވަން ރެއާލް މެޑްރިޑުން ފައިސާ ދޭން ޖެހެނީ އެހާތަނަށް ލިވަޕޫލްގެ އެއްބަސްވުން ނުނިމޭތީއެވެ.
އާނޯލްޑް ލިވަޕޫލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ ޖޫން މަހުގެ ނިޔަލަށެވެ. އޭގެ ކުރިން އޭނާ ރެއާލްއަށް ކުޅޭނަމަ އެކަމުގެ އަގެއްގެ ގޮތުގައި ލިވަޕޫލްއިން ހުށަހަޅާފައިވަނީ އެކެއް ނުވަތަ ދޮޅު މިލިޔަންގެ އަދަދެކެވެ. ނަމަވެސް މިހާރު ލިވަޕޫލުން ވަނީ މި އަދަދު ފަސް މިލިއަން ޔޫރޯ އަށް ބޮޑުކޮށްފަ އެވެ. ސްޕޭނުގެ މީޑިޔާތަކުން ބުނަނީ ލިވަޕޫލުން އަގު ބޮޑު ކުރީ ރެއާލް އަށް ކޮންމެ ގޮތަކުން ވެސް އާނޮލްޑް ލައްވައި ކުޅުވަން ބޭނުންނަމަ ލިވަޕޫލް ކިޔާ އަގެއް ދޭން މަޖުބޫރުވާނެތީ ކަމަށެވެ. ރެއާލް މެޑްރިޑުން ކުލަބު ވޯލްޑް ކަޕް ކަޕަށް އާނޯލްޑް ގެންދަން ބޭނުންވަނީ އެކުލަބުގެ ޑިފެންސް ލައިނުގައި ތިބި ކުޅުންތެރިންގެ ތެރެއިން ފަސް ޑިފެންޑަރަކު އަނިޔާގައި ތިބުމުންނެވެ.
ރެއާލްއިން ލަފާކުރާ ގޮތުގައި އަންނަ މަހުގެ 15 ވަނަ ދުވަހު މުބާރާތް ފަށާއިރު، ކުލަބުގައި މުޅިން ފިޓްކޮށް ތިބޭނީ ޖުމުލަ ތިން ޑިފެންޑަރުންނެވެ. އެހެންވެ އާނޯލްޑްގެ މުހިންމުކަން ވަނީ ވަރަށް ބޮޑުވެފައެވެ. މީގެ އިތުރުން އެ ޓީމުން ދަނީ ބެންފީކާގެ ކަނާތު ބެކް ކަރެރާސް ގަތުމަށް ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ލިވަޕޫލްގައި ކާމިޔާބު ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު އާނޯލްޑަކީ ޑިފެންސް ކުރުމާއި އެޓޭކުގައިވެސް މޮޅު ކުޅުންތެރިއެކެވެ. އަދި ސެޓް-ޕީސްތަކުގައި މޮޅު ކުޅުންތެރިއެކެވެ. އޭނާ އަކީ އަންނަ ސީޒަނަށް ރެއާލް ވަރުގަދަކުރުމަށް ފަށާފައިވާ ޕްލޭނުގެ މުހިންމު ކުޅުންތެރިއެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
