
ޔޫރަޕުގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ލަމީން ޔަމާލް އާއި ތަޖުރިބާކާރު ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ، ބާސެލޯނާ އާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ. މި އެއްބަސްވުމާއެކު 2031 ވަނަ އަހަރުގެ ނިޔަލަށް އުމުރުން 17 އަހަރުގެ ކުޅުންތެރިޔާ ކުޅޭނީ ބާސެލޯނާ އަށެވެ. ހުސްވި އަހަރުގެ ޔޫރޯ ސްޕޭނަށް ހޯދައިދޭން މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި ޔަމާލް ވަނީ މި ހަފުތާގައި ނިމުނު ސީޒަނުގައި ބާސެލޯނާގައި އޭނާގެ ވިދުން ގަދަކޮށްފަ އެވެ.
ބާސެލޯނާއިން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށް، ސްޕެނިޝް ލީގާއި ސުޕަކަޕް އަދި ކޮޕާ ޑެލްރޭ ހޯދިއިރު މި ކާމިޔާބީތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއަކީ ވެސް ޔަމާލެވެ. މިހެންވެ މި ސީޒަނުގެ ޔޫރަޕުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބްލޮންޑީއޯ އެވޯޑް ލިބުން އެންމެ ގާތީ އޭނާ އަށް ކަމަށް ބުނާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ޕޮލެންޑްގެ ކީޕަރު ޝެޒްނީ ކޮންޓްރެކްޓް އައުކުރީ ދެ އަހަރު ދުވަހަށެވެ. ރިޓަޔާ ކޮށްގެން ހުރުމަށްފަހު މި ސީޒަނުގައި ބާސެލޯނާ އަށް ކުޅެން ފެށި ކީޕަރު ވަނީ ބާސެލޯނާ އަށް ތިން ތަށި ހޯދައިދިނުމުގައި މޮޅަށް ކުޅެފަ އެވެ. އުމުރުން 32 އަހަރުގެ ކީޕަރަކަށް ބާސެލޯނާއިން އައު ކޮންޓްރެކްޓެއް ދިނީ ކުޅުން ރަނގަޅުވެފައި ތަޖުރިބާކާރު ކީޕަރަކު ބެހެއްޓުން މުހިންމު ކަމަށް ދެކިގެންނެވެ.
ޝެޒްނީ ކޮންޓްރެކްޓް އާ ކުރި ނަމަވެސް އަންނަ ސީޒަނުގައި އޭނާ އަށް ފުރަތަމަ 11އިން ޖާގަ ލިބުން ދުރެވެ. އެއީ މި ސީޒަނުގެ ބޮޑުބައެއްގައި އަނިޔާގައި ހުރި އެއްވަނަ ކީޕަރު އަދި ކެޕްޓަން މާކް އަންދްރޭ ޓާސްޓެގަން ފިޓްވުމުން އޭނާ އަށް ކީޕަރުކަން ދޭން ހަމަޖައްސާފައިވާތީ އެވެ. ޝެޒްނީ ބުނީ ކެޕްޓަން އެނބުރި އައިސް އޭނާގެ އަންގި އަތުލައި ކީޕަރަކަށް ކުޅުމަކީ މައްސަލައެއް ނޫން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
