
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މައްކާ ރޫޓު އިނިޝިއޭޓިވްއަކީ ސަޢުދީ ޢަރަބިއްޔާއާއި ވަރަށް ގުޅުން ރަނގަޅު ޤައުމުތަކަށް އޮންނަ ނިޒާމެއްކަމަށާއި، ދިވެހި ރާއްޖެއަށް މި އިނިޝިއޭޓިވް ހަމަޖެހިގެން ދިއުމުން ދައްކުވައިދެނީ ދެޤައުމުގެ ގުޅުމުގެ ވަރުގަދަކަންކަމަށް ސަޢުދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރު އަޙްމަދު ސަރީރު ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ، މައްކާ ރޫޓު އިނިޝިއޭޓިވްގެ ދަށުން ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަރަކާތަށްފަހު ދެއްވި އިންޓަރވިއުއެއްގައެވެ. ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ވިދާޅުވީ، މައްކާ ރޫޓު އިނިޝިއޭޓިވްގެ ދަށުން ވަރަށް ބޮޑު ފަސޭހައެއް ހުރިހާ ޙާޖީންނަށްވެސް ލިބުނުކަމަށެވެ. ހުރިހާ ހާޖީންގެ ފަރާތުންވެސް ފެނުނީ ވަރަށް އުފާވެރިކަންކަމަށާއި، ހުރިހާ ޚިދުމަތްތަކާއި އިންތިޒާމުތަކުގެ ރަނގަޅުކަން ހާޖީންފާހަގަކުރިކަމަށް ސަފީރު ވިދާޅުވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި މައްކާ ރޫޓަކީ ސަޢުދީ ޢަރަބިއްޔާއާއި ވަރަށް ގުޅުން ރަނގަޅު ޤައުމުތަކަށް އޮންނަ ނިޒާމެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ، ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާގެ ވަރުގަދަ ގުޅުން މައްކާ ރޫޓު އިނިޝިއޭޓިވްއިން ފެނި ހާމަވެގެން ގޮސްފައިވާކަމަށެވެ. އަދި މައްކާ ރޫޓުގެ ކަންކަން ކުޑަ ދުވަސްކޮޅެއްގެތެރޭގައި ހަމަޖެހިގެން ދިއުމަކީވެސް ދެޤައުމުގެ ގުޅުމުގެ ބަދަހިކަމުގެ ހެއްކެއްކަމަށް ސަފީރު ވިދާޅުވިއެވެ. “ފުރަތަމަ އެވާހަކަތައް ދެކެވުނު ބައްދަލުވުމުގައިވެސް އަޅުގަނޑު އިނިން. މިއަހަރު ކުރީކޮޅުގަ ދެޤައުމުގެ އިމިގްރޭޝަންގެ ބޭފުޅުން ތިއްބަވައިގެން ވާހަކަދެއްކެވިއިރު، ދިވެހި ސަރުކާރުން ހުށައެޅި ހުށައެޅުމަށް އެފަރާތުން ފުރަތަމަވެސް ވިދާޅުވީ މި ނިޒާމް ދެއްވަނީ ވަރަށްވެސް އިންތިޒާމުތައް ރަނގަޅު ޤައުމުތަކަށޭ. އެބޭފުޅުން ފާހަގަކުރެއްވި ދިވެހިރާއްޖެއަކީ އަބަދުވެސް ހާޖީން މިކޮޅަށް އައިސް އުޅޭ އުޅުމުގައި ހުރިހާ އިންތިޒާމުތަކެއް ރަނގަޅަށް ހުންނަ ޤައުމެއްކަމަށްވެފައި ވަރަށް ޚާއްޞަކަމެއް ދެއްވާނެކަމަށް.” ސަފީރު އަޙްމަދު ސަރީރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ މައްކާރޫޓު އިނިޝިއޭޓިވް ސަޢުދީ ސަރުކާރު ހަމަޖައްސައިދިން 8 ވަނަ ޤައުމެވެ. ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ފަށާފައިވާ ވިޝަން 2030ގެ ތެރެއިން މައްކާ ރޫޓް އިނިޝިއޭޓިވްގެ ޚިދުމަތް ފޯރުކޮށްދެނީ މަދުވެގެން 20،000 ޙައްޖުވެރިން ޙައްޖުގެ އަޅުކަމަށް ދާ ޤައުމުތަކަށެވެ. ނަމަވެސް ރާއްޖެއަށް މި އިނިޝިއޭޓިވް ހަމަޖައްސާދީފައިވަނީ، އެކަން އިސްތިސްނާކުރުމަށްފަހުއެވެ. އަދި މިއީ އެއްވެސް އެގްރީމެންޓެއް ނެތި ސަޢުދީން ދެއްވި ޚާއްސަ ހަދިޔާއެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
