
(ފޮޓޯ ކްރެޑިޓްސް: ޝޯޝަލް މީޑީއާ)
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަކީ ކޮންމެ މުސްލިމެއްގެވެސް ބޮޑު ހުވަފެނެކެވެ. ޙައްޖު މޫސުން ކައިރިވެގެންދާއިރު ކޮންމެ އަހަރަކުވެސް ޙައްޖަށް ދިޔުމަށް ޙާޖީން އުފުލާ ބުރައާއި ވަމުންދާ ޤުރުބާނީގެ ވާހަކަތައް ތިލަވެގެންދެއެވެ. ހަމައެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދަތުރުކުރާ ފަރާތްތަކަށް ދިމާވާ އާދަޔާ ޚިލާފު އެކި ކަންކަމުގެ ވާހަކަތައްވެސް ތިލަވެގެންދެއެވެ. މިފަހަރުވެސް މިއޮތީ އެފަދަ ވާހަކައެކެވެ. ޙައްޖު މޫސުމާއި ދިމާކޮށް އެހެން މުސްލިމުންނެކޭވެސް އެއްފަދައިން ލީބިއާއަށް އުފަން، އާމިރް އަލް މަޙްދީ މަންސޫރް އަލް ޣައްޒާފީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ނިޔަތްގަނެ އޭނާގެ ޙައްޖު ދަތުރުފެށިއެވެ. އެހެންނަމަވެސް އެހެން ޙާޖީންނާއި ޚިލާފަށް އޭނާގެ ދަތުރު ތަފާތުވެއްޖެއެވެ. ސަބަބަކަށްވީ އޭނާގެ ނަމެވެ. ލީބިޔާގެ ހަނގުރާމަ ނިމުނުފަހުން އެތައް އަހަރެއް ފާއިތުވެ ދިޔަފަހުންވެސް އެޤައުމުގެ ކުރީގެ ރައީސް މުޣައްމަރުލް ޣައްޒާފީގެ ނަންވެފައިވަނީ ސެކިއުރިޓީ ސިސްޓަމްތަކުގެ ސަމާލުކަން އަދިވެސް ހުއްޓޭ ނަމަކަށެވެ.
އާމިރް އަލް މަޙްދީ މަންސޫރް އަލް ޣައްޒާފީއަށްވެސް މިފަހަރުވީ އެހެންނެވެ. އޭނާއާއެކު ފުރަން ގޮސް ތިބި ޙައްޖު ގުރޫޕް މީހުން ބޯޓަށް އެރިއިރުވެސް އާމިރަށް ސެކިއުރިޓީ ކްލިއަރެންސް ލިބޭގޮތެއް ނުވިއެވެ. އެތައް އާދޭހަކާއެކުވެސް އޭނާއާއި ނުލައި ފްލައިޓު ފުރީ ޕައިލެޓް ގޭޓު ހުޅުވަން ދެކޮޅު ހެދުމުންނެވެ.

މިހެން ކަންތައްވުމުން އާމިރަށް ހިތްވަރު ދެމުން ސެކިއުރިޓީން އޭނާ އެތަނުން ދިޔުމަށް އެދުނުނަމަވެސް ދެން ފެނިގެން ދިޔައީ އޭނާގެ އީމާންތެރިކަމުގެ ތަފާތު ސިފައެކެވެ. ޙައްޖަށް ދިޔުމަށް ގަސްތުކޮށް ފެށި ދަތުރު ބަދަލުނުކުރާނެކަމަށާއި އެތަނުން އޭނާ ދާނީ ޙައްޖަށްކަމަށް ވަރަށް ޔަގީންކަމާއެކު އާމިރް ބުންޏެވެ. އާމިރައި ނުލާ އެފްލައިޓު ދަތުރު ފެށިއެވެ. އެހެންނަމަވެސް މާގިނަ އިރުތަކެއް ނުވެ ފްލައިޓްގެ ޓެކްނިކަލް މައްސަލައެއް ދިމާވެ ފްލައިޓް އަނބުރާ ޖައްސަން މަޖުބޫރުވިއެވެ. ދެވަނަ ފަހަރަށްވެސް ޕައިލެޓް ގޭޓު ހުޅުވަން އިންކާރުކޮށް، މައްސަލަ ޙައްލުކޮށްގެން އަނބުރާ ޙައްޖާޖީންނާއެކު ދަތުރު ފެށިއެވެ. މާގިނަ އިރުތަކެއްނުވެ އަނެއްކާވެސް ފްލައިޓަށް މައްސަލައެއް ދިމާވެ އަނބުރާ ފްލައިޓު ޖައްސައިފިއެވެ.
ދެވަނަ ފަހަރަށް ފްލައިޓު ޖައްސަން ޖެހުމާއެކު ފްލައިޓްގެ ކެޕްޓަނަށް އެއްޗެއް އިޙްސާސްކުރެވުނު ފަދައެވެ. އާމިރާއި ނުލައި ދެން އޭނާ ނުފުރާނެކަމަށް ކެޕްޓަން ހުވާކޮށްފައި ބުނިކަމަށް ފްލައިޓުގެ ކްރޫން ބުނެއެވެ. އެހެންކަމުން އާމިރްގެ ސެކިއުރިޓީ ކްލިއަރކޮށް އޭނާއަށް ފުރޭގޮތް ވަގުތުން ހަދައިދެވުނެވެ. އަދި ޙައްޖުވެރިންނާއެކު މިފްލައިޓު ތިންވަނަ ފަހަރަށް ދަތުރުފެށީ އާމިރާއި އެކުގައެވެ. މިޚަބަރުތައް ސޯޝަލް މީޑިއާގައި ފެތުރެން ފެށީ، އޭނާއަށް ދިމާވި ހާލަތު ބަޔާންކޮށް އާމިރް ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓާއެކުގައެވެ. ގިނަ ބަޔަކު ބުނަމުންދިޔައީ މިއީ، އޭނާ ޙައްޖަށް ދިޔުމަށް އޮތް ޝައުގުވެރިކަމާއި، މާތްﷲއާއި މެދު އޮތް ޔަގީންކަމުގެ ސަބަބުން އޭނާއަށް ފަހިވިކަމެއްގެ ގޮތުގައެވެ. ބަރަކާތްތެރި ޙައްޖުގެ ދަތުރު އޭނާ ފެށީ ހިތްދަތިކަމުން ނަމަވެސް، އޭނާގެ ދަތުރުގެ ތެރެއިން އީމާންތެރިކަމުގެ ފޮނިކަން މާތްﷲ އޭނާއަށް ދެއްކެވިކަން މިޚަބަރު ފެނުނު އެތައް ސަތޭކަ މުސްލިމުންނެއްގެ ދުލުންދަނީ ބުނަމުންނެވެ. އަދި މާތްﷲ ގެންދަވަން ހުރި އެއިލާހުގެ މެހްމާނަކު ދުނިޔޭގެ ކޮންމެ ތަނެއްގައި ކޮންމެ ފަދަ ދަތިކަމަކުން ސަލާމަތްކުރެއްވުމަށްފަހު ގެންދެވުމަށް އެއިލާހު ކުޅަދުންވަންތަކަން އެތައް ބަޔަކުދަނީ ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
