
ދިވެހިންނަށް އިސްލާމްދީނުގެ ހިދާޔަތުގެއަލިކަން ލިބުމާއެކު ދީނީ އަޅުކަންތައް ފުރިހަމަހަޔަށް އަދާކުރުމަށް އިސްކަން ދީފައިވާ މިންވަރު ތާރީޚު ހެކިދެއެވެ. ކީރިތި ޤުރުއާން އުނގަންނައިދިނުމަށް އެދުރުން ގާތަށް ދަރިން ފޮނުވުމާއި، ނަމާދު ކުރުމަށް ދަރިންނަށް ބާރު އެޅި މިންވަރާއި، ރަމަޟާންމަހަށް ދިވެހިން މަރުހަބާ ކިޔުމުގެ އާދަކާދައިންވެސް ދިވެހިން އިސްލާމްދީނުގެ ރުކުންތައް އަދާކުރުމަށް އިސްކަންދިން މިންވަރު ސާބިތުވެއެވެ. އިސްލާމްދީނުގެ އަޅުކަންތަކުގެ ތެރެއިން އަހަރުގެ ވަކި މައްސަރެއްގައި ވަކި ތަނެއްގައި ނޫނީ އަދާނުކުރެވޭ އަޅުކަމަކީ ޙައްޖުގެ އަޅުކަމެވެ. އެވޭލާ ދިވެހި ތާރީޚު ހެކިދޭގޮތުން ޙައްޖުގެ އަޅުކަން އަދާކުރުމަށް އެންމެ އެވޭލާ ޒަމާނުގައިވެސް ދިވެހިން ޚާއްސަ އިސްކަމެއް ދީފައިވެއެވެ. އެގޮތުން 1928 ހިސާބުގައި ދިވެހިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުރި ދަތުރުގެ ދަތުރުނާމާގައިވާ ގޮތުން އެއީ ހައެއްކަ މަސް ދުވަހަށް ދެމިގެންދާ ދިގު ދަތުރުތަކެކެވެ.
އާގުބޯޓުފަހަރުގައި ރާއްޖެއިން ފުރައިގެން ކޮޅުނބަށްގޮސް ކޮޅުނބުން މިސްރަށް ގޮސް، މިސްރުން ޖިއްދާއަށް ދަތުރުކުރެއެވެ. އެއަށްފަހު ޖިއްދާއިން މަދީނާއަށް ކުރާ ދަތުރަކީވެސް ހަތަރު ފަސް ދުވަހުގެ ދަތުރެކެވެ.

ޙައްޖަށް ދާން ނިޔަތްގަންނަ ދިވެހީން ކަނޑުމަގުން ކުރާ ދަތުރު ފަށަނީ އެނބުރި އާއިލާ ގާތަށް އާދެވޭނެކަމުގެ އުންމީދެއް ނެތް ހާލެއްގައެއެވެ. އަހަރުގެ ދެބައިކުޅަ އެއްބައި ދަތުރުމަތީގައި ހޭދަކުރުމަށްފަހު މައްކާގެ ބިމަށް ނުދެވި އެތައް ދިވެހީންނެއް ނިޔާވެފައިވެސްވެއެވެ. ކަނޑުމަގުން ޙައްޖުގެ އަޅުކަން އަދާކުރަމުން އައި ދިވެހިން ވައިގެ މަގުން މިއަޅުކަން އަދާކުރަން ފެށުމުން ޙައްޖަށް ދާ މީހުންގެ އަދަދު އިތުރުވެސްވިއެވެ. ދިވެހި ތާރީޚުގެ ލިޔުންތަކުން އެނގޭގޮތުގައި ދިވެހިން އެންމެ ފުރަތަމަ ވައިގެ މަގުން ޙައްޖަށް ދިޔައީ 1960 ވަނަ އަހަރުއެވެ. އެއީ ސިލޯނުމަގުން ދިވެހިން ކުރި ދަތުރެކެވެ. ނަމަވެސް މިއީވެސް ގާތްގަނޑަކަށް މަސްދުވަހުގެ ދަތުރެކެވެ. އޭގެ ފަހުން ވޭތުވި މުއްދަތުގެ ތެރެއިން ދިވެހިންގެ އަމިއްލަ އެއަރޕޯޓެއް ހެދި ދިވެހީން ދިވެހިންގެ އަމިއްލަ ފަސްގަނޑުން ސަޢުދީއަށް އުދުހި ޙައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ.

އަލްމަރުހޫމާ އަންނަބީލާ ޙަބީބާ ޙުސެއިން ޙަބީބު ހިޖުރައިން 1402ވަނަ އަހަރު ވައިގެ މަގުން ޙައްޖަށް ކުރެއްވި ދަތުރުގެ ޔައުމިއްޔާގައި ލިޔުއްވާފައިވެއެވެ. “މާލޭ ވަގުތުންނަމަ ހަވީރު ޖިއްދާއަށް ދެވުނު ކަމުގައި ދަންނަވާނަމަވެ. މައްކާއަށް ދަތުރު ފެށިއްޖެއެވެ. މައްކާއަށް ދިޔުމަށް ބަހަށް އެރުމަށްފަހު ދެން އަޅުގަނޑުމެންނަށް ޙައްޖުގެ ދަތުރުގައި ހިމެނޭ ތަކުލީފާއި އަދި މި ދަތުރުގެ ރޫޙާނީ އުފާ އޭގެ މައުނަވީ ގޮތުގައި އިޙްސާސްކުރެވޭން ފަށައިފިއެވެ. އެރޭގެ މެންދަމުން އަލިވެ އެއްގަޑި ބައި ނުވަނީވެސް އަޅުގަނޑުމެންނަށް މައްކާގެ މުޤައްދަސް ބިމަށް އާދެވިއްޖެއެވެ.”
އޭރު ޙައްޖުގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނަނީ ތަކުލީފު ބޮޑު ގޮތްގޮތަށެވެ. މިނާގައި އަމިއްލަ ގޮތުން ޖަހާ ފޭލިގެތަކުގައި ފަތުރާލާ ކުނަލުގެ ދަށުން ފެން ދެމޭ ދުވަސްތައްވެސް އާދެއެވެ. ހިރަފުހާ ވެލީގެ ތެރޭގައި ނިދަންޖެހި ޙައްޖާޖީންގެ ހާލު ދެރަވެ އެތައް ހާސްބަޔަކަށް ޙައްޖުގެ އަޅުކަން ފުރިހަމަ ނުކުރެވި ތިބެންޖެހެއެވެ. އެތައް ބަޔަކު ޙައްޖުގެ އަޅުކަމުގެ ތެރޭގައި ނިޔާވެއެވެ.

ނަމަވެސް ދިވެހިން ޙައްޖުގެ މަތިވެރި އަޅުކަމަށް ކުރި ދަތުރު ކުރުވެފައި ފަސޭހަވެެއްޖެއެވެ. ވައިގެ މަގުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުރި ދަތުރަށްވެސް އިތުރު ލުއި އިންތިޒާމުތަކެއް މިވަނީ އައިސްފައެވެ. ދިވެހީންގެ ޙައްޖު ދަތުރަށް ލުއި ލިބެމުން ދަތުރުކުރުވަމުން އައިސް މިއަދު އެކާވީސްވަނަ ޤަރުނުގައި ޙައްޖުގެ އިންތިޒާމުތައް މިވަނީ މުޅިން ޒަމާނީވެފައެވެ.

ސަޢުދީ ސަރުކާރުން ދެމުން އަންނަ ލުއިފަސޭހަ ޚިދުމަތްތައް ދިވެހިންނަށް ހޯދައި ދިނުމުގައި ސަރުކާރުން މި ދެ އަހަރު ދުވަހުގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް މިވަނީ ކޮށްފައެވެ. އެގޮތުން އެންމެ ޒަމާނީ ވަސީލަތްތަކުގެ ލުއިފަސޭހަކަން ދިވެހިންނަށް މިހާރު ސަރުކާރުންވަނީ ހޯދައިދީފައެވެ. ދިވެހި ޙާޖީންނަށް އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ކުރުވެ، އުފުލަންޖެހޭ ދާގީނާތަކުގެ ބަރުކަން އިހުސާސްނުކުރެވި، މިނާގެ މަޑު ސޯފާ އެނދުތަކުގައި އަރާމުކޮށްލެވޭނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
