
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
މިއަަހަރުން ފެށިގެން ޙައްޖުވެރިން މައްކާއިން މަދީނާއަށް ދަތުރުކުރާނީ ހައިސްޕީޑް ރޭލުގައިކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. މިފަހަރުގެ ޙައްޖުގެ އަޅުކަމުގައި މައްކާއިން މަދީނާއާ ދެމެދު ދަތުރުކުރުމަށް ހައިސްޕީޑް ރޭލު ބޭނުން ކުރާއިރު ޙައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރުތަކުގައިވެސް މިޚިދުމަތް ބޭނުންކުރެއެވެ. މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙްކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުން ފެށިގެން ދިވެހި ޙައްޖުވެރިން ހައިސްޕީޑް ރޭލުގައި ދަތުރުކުރާގޮތަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދާ ދިވެހި ޙައްޖުވެރިން މީގެ ކުރިން މައްކާއާއި މަދީނާއާ ދެމެދު ކުރާ ދަތުރަކީ 8 ގަޑިއިރާއި 10 ގަޑިއިރާ ދެމެދު ދަތުރެއްކަމަށެވެ. އެހެންނަމަވެސް އެ ދަތުރުތައް ހައިސްޕީޑް ރޭލުގައި ކުރާގޮތަށް ރައީސް ނިންމެވުމާއެކު މިއަހަރުން ފެށިގެން ޙައްޖުވެރިން މައްކާއިން މަދީނާއަށް ދަތުރުކުރާނީ ހައިސްޕީޑް ރޭލުގައިކަމަށެވެ. މީގެ ސަބަބުން ދަތުރުގެ ވަގުތު 2 ގަޑިއިރަށް ކުރުވެގެންދާނެކަމަށާއި އަދި މިއީ ޙައްޖުގެ އަޅުކަމަށްފަހުވެސް ޙައްޖުވެރިންގެ ތަކުލީފުތަކަށް ލިބޭ ބޮޑު ލުޔަކަށްވެގެންދާނެ ކަމެއް ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ ހައިސްޕީޑް ރޭލުގައި ދަތުުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަން ރައީސް އިޢުލާންކުރެއްވި ހިސާބުން ފެށިގެން އެމަސައްކަތް ފެށްޓެވިކަމަށެވެ. ޝަކީލް ވިދާޅުވީ ޙައްޖުވެރިންގެ ނަންތައް ސިސްޓަމަށް އަޅާ ޓިކެޓް ގަތުމުގެ މަސައްކަތްވެސް ކޮށްފައިވާކަމަށެވެ. “ރައީސްގެ އެ ނިންމެވުން އަޅުގަނޑުމެން މިފަހަރު ތަންފީޒް ކުރާނަން. މިއީވެސް އަލަށް ބަދަލުވެގެން ދާކަމެއް. މީގެކުރިން ދިވެހި ޙައްޖުވެރިން އަބަދުވެސް ދަތުރުކުރަނީ ބަހުގައި، މިއީ ތަކުލީފް ކަމެއް. ނަމަވެސް ރައީސްގެ އެނިންމެވުމާއެކު ސަޢުދީ އަރައްބިއްޔާއާ ގުޅިގެން މިވަނީ އެކަން ތަންފީޒްކުުރުމަށް ތައްޔާރުވެފައި.” ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.
މިއހަރުގެ ޙައްޖުގައި ޙައްޖުވެރިންނަށް ލުއިފަސޭހަވާނެ ގޮތަށް ކަންކަން އިންތިޒާމްކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މީގެކުރިން މިނާގެ ފޭލިގެތަކުގައި ދިވެހި ޙައްޖުވެރިން ކެޓަގަރީ “ސީ”ގައި ތިބެން ޖެހުނުނަމަވެސް މިއަހަރުން ފެށިގެން ދިވެހި ޙައްޖުވެރިން ތިބޭނީ “ބީ” ކެޓަގަރީގައެވެ. އަދި ރަޖިސްްޓްރީކޮށްގެން ހިންގާ ކްލިނިކެއް މިފަހަރު ވަނީ ޙައްޖުވެރިން ތިބޭ ހޮޓެލްގައިި ޤާއިމްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
