
(ފޮޓޯ ކްރެޑިޓްސް: މީރާ)
ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ކުރެވުނު މަސައްކަތުން ރާއްޖޭގެ ޓެކްސް ނިޒާމަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މީރާއިން އިންތިޒާމުކޮށްގެން ބާއްވާ ހާމަކަން ބޮޑު ޓެކްސް ނިޒާމެއް ޤާއިމް ކުރުމާއި ގުޅޭ 8 ވަނަ އޭޝިއާ އިނީޝިއޭޓިވް ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ވަނީ ގްލޯބަލް ފޯރަމްގެ މެންބަރެއްގެ ހައިސިއްޔަތުން، ޤާބިލުކަން އިތުރުކުރުމާއި، އެކުގައި މަސައްކަތްކުރުމާއި، އެންމެންގެ ބައިވެރިވުން އޮންނަ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް ހުރި ގޮންޖެހުންތަކާ ކުރިމަތިލުމުގައި، އެކުގައި މަސައްކަތްކުރުމުގެ ބާރާއި، ލީޑަރޝިޕްގެ ހަރުދަނާކަމާއެކު، ދެމެހެއްޓެނިވި ކުރިއެރުން ހޯދޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް މާލީ ވަޒީރު ޒަމީރު ވިދާޅުވިއެވެ.
“މިވަގުތު ނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށް އަޅުގަނޑުމެންނަށް ހަރުދަނާ ހިންގުމުގެ ނިޒާމެއް ޤާއިމްކުރެވޭނެ. ނިޒާމުގެ ހަރުދަނާ ކަމުގެ އިތުރަށް ހަމަހަމަވެސް ވާނެ. ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ޓެކްސް ދާއިރާގައި ގުޅިގެން ކުރެވޭ މަސައްކަތަކީ އިންޤިލާބީ މަސައްކަތްތަކެއް. މިކަމުގެ ސަބަބުން ޓެކްސް ނިޒާމުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރެވޭ ” މާލީ ވަޒީރު ވިދާޅުވިއެވެ. ދުނިޔޭގެ އިޤްތިޞާދީ ހާލަތު ހުރި ގޮތުން، ގައުމުތަކުން އިޤްތިޞާދީ ސިޔާސަތުތައް އަލުން ބައްޓަން ކުރަމުންދާ މިދަނޑިވަޅުގައި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށްވެސް ވަޒީރު ޒަމީރު އަލިއަޅުއްވާލެއްވިއެވެ.
ވަޒީރު ޒަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށާއި، ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ވޭތުވެދިޔަ އަހަރު ޖީޑީޕީގެ 13.8 އިންސައްތަ ފަތުރުވެރިކަމުގެ ސިނާއަތުން ހިއްސާކުރި އިރު، ރިކޯޑު އަދަދެއްގެ ގޮތުގައި 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

(ފޮޓޯ ކްރެޑިޓްސް: މީރާ)
ވަޒީރު ޒަމީރު ވިދާޅުވި ގޮތުގައި، މާލީ ވުޒާރާއިން ވަނީ ރެވެނިއު އެޑްމިނިސްޓްރޭޝަން އެޖެންސީތަކާއި ގުޅިގެން މެދު ރާސްތާގެ ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލާފައެވެ. މިސްޓްރެޓެޖީގެ މަގްސަދަކީ މިހާރުގެ ރެވެނިއު ޕޮލިސީތައް ހަރުދަނާކޮށް، އެތެރޭގެ އާމްދަނީ އިތުރުކޮށް، ބޭރުގެ ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. “ހާމަކަން ބޮޑު އަދި ހަރުދަނާ ޓެކްސް ނިޒާމެއް އޮތުމަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކަށީގެންވާ ގޮތަށް ތައްޔާރުވުމާއި، ތައުލީމު، ޞިއްޙަތު އަދި އުމްރާނީ ތަރައްޤީ ފަދަ މުހިންމު ދާއިރާތަކަށް ފައިނޭންސް ކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް،” ވަޒީރު ޒަމީރު ވިދާޅުވިއެވެ.
ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމާއި، ދުނިޔޭގައި ފައިސާގެ ދައުރުވުން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، ބައިނަލްއަޤްވާމީ އެއްބާރުލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ. އަދި ޓެކްސް ނުދެއްކުމާއި، ޤާނޫނީ ގޮތުން ހުއްދަނޫން ގޮތްގޮތުން ފައިސާ ބޭރުކުރުން ހުއްޓުވުމަށް މައުލޫމާތު ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވަޒީރު ވަނީ “ޓެކްސް ޓްރާންސްޕޭރެންސީ އިން އޭޝިއާ” ރިޕޯޓްގެ ތިންވަނަ އަދަދު އިފްތިތާޙްކޮށްދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
