
(ފޮޓޯ ކްރެޑިޓްސް: މީރާ)
ޓެކްސް ނިޒާމުގެ ތެރެއިން ޤައުމުތަކުގައި މެދުގައި މައުލޫމާތު ބަދަލުކުރުމާއި، ދެފުށްފެންނަ ނިޒާމެއް ޤާއިމްކުރުމާއި ގުޅޭ އޭޝިއާ ސަރަހައްދުގެ ހާއްސަ ފޯރަމެއް ވިލާ ނޯޓީކާގައި ރިސޯޓުގައި ފަށައިފިއެވެ. އޭޝިއާ ސަރަހައްދުގެ 17 ޤައުމަކުން ބައިވެރިވާ މި ފޯރަމަކީ އޯގަނައިޒޭޝަން ފޯރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް، އޯއީސީޑީގެ ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރެންސީ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން ފޯ ޓެކްސް ޕާޕަސެސް ދަށުން ކުރިއަށް ގެންދާ ސަރަހައްދީ ބައްދަލުވުމެކެވެ. މީރާއާއި ގުޅިގެން ރާއްޖޭގައި އޭޝީއާ ސަރައްދުގެ 8 ވަނަ ބައްދަލުވުން ބާއްވާއިރު މި ބައްދަލުވުން ކޯޗެއަރ ކުރައްވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުއެވެ.
މި ބައްދަލުވުން ފެށުމުގެ ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ ޓެކްސް ޓްރާންސްޕޭރެންސީ އިން އޭޝިއާ ރިޕޯޓްގެ ތިންވަނަ އަދަދު އިފްތިތާޙްކޮށްދެއްވާފައެވެ. ރާއްޖޭގައި މި ބައްދަލުވުން ބޭއްވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ، ރާއްޖޭގެ ޓެކްސް ނިޒާމަކީ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ކުރު މުއްދަތެއް ތެރޭ ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ނިޒާމެއް ކަމަށެވެ. އެގޮތުން ރާއްޖެއަށް މި ބައްދަލުވުމުގައި ކޯޗެއަރކަން ކުރަން ލިބުމަކީ ލިބިގެން ދިޔުމަކީ ލިބިގެން ދިޔަ މުހިންމު ފުރުސަތެއްކަން ޒަރީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: މީރާ)
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޒަރީރު ވިދާޅުވީ، މިފަދަ އިނީޝިއޭޓިވްތަކާއި ރާއްޖެ ގުޅުމުން ވަކިވަކި ޤައުމުތަކާއި އެކު ޓެކްސް މައުލޫމާތު އެއްބަސްވުން ހެދުމުގެ ބަދަލުގައި މި އިނީޝިއޭޓިވްތަކުގައި ހިމެނޭ ޤައުމުތަކާއި މައުލޫމާތު ބަދަލު ކުރެވޭނެ ކަމަށެވެ. “އަޅުގަނޑުމެންގެ ޤާނޫނުތަކަށް ބަދަލު ގެނެސް، މިހާރު މިހިރީ މައުލޫމާތު ބަދަލުކުރެވޭ ލެވެލްއަށް ނިޒާމު ގެނެވިފައި. މީގެ އިތުރުން ރީޖަންގެ އިސް ރޯލެއްގައި ރާއްޖޭގައި ތިބޭތީ އެބަލިބޭ އެހެން ސަރަހައްދުގެ އިނިޝީއޭޓިވްތަކާވެސް މުޢަމަލާތް ކުރުމުގެ ފުރުސަތު. މި ކަމުގެ ސަބަބުން، މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑުމެން ޤަބޫލު ކުރަނީ” ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރު ވިދާޅުވިއެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން އޭޝިއާ އިނީޝިއޭޓިވްގެ ދެވަނަ ކޯޗެއަރ އަދި އަރުމޭނިއާގެ ޓެކްސް އިދާރާގެ ވެރިޔާ އެޑުއާޑް ހަކޮބިއަން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޓެކްސް ނިޒާމުގެ ތެރެއިން ޤައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުން އިތުރުވަމުން އަންނަ ކަމަށެވެ. އަދި ދެފުށް ފެންނަ ނިޒާމެއް ޤާއިމް ކުރުމަށް ޤައުމުތަކުގެ އެއްބާރުލުން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބައްދަލުވުމުގެ ތެރެއިން ހާމަކަން ބޮޑު ޓެކްސް ނިޒާމެއް ޤާއިމް ކުރުމާއި ގުޅޭ ސެޝަންތަކެއް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ކްރިޕްޓޯ ކަރަންސީ ޓެކްސް ނިޒާމުގައި ހިމެނުމާއި ގުޅޭ ގޮތުން ޤައުމުތަކުގައި ހިޔާލު ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
އޭޝިއާ އިނީޝިއޭޓިވް އަކީ އޭޝިއާއަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އިދާރާތަކުން ބައިވެރިވާ އަހަރީ ބައްދަލުވުމެކެވެ. މިއީ މި ބައްދަލުވުން ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަފަހަރެވެ. މި ބައްދަލުވުމުގައި 17 ޤައުމުގެ އިތުރުން އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކާއި، ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓަރސް އަދި، ސްޓަޑީ ގްރޫޕް އޮން އޭޝިއާ ޕެސިފިކް ޓެކްސް އެޑްމިނިސްޓްރޭޝަން އެން ރިސާރޗް (ސްގާރޓާ)ގެ މެންބަރުންވެސް ބައިވެރިވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
