
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
ދުނިޔޭގެ މަހުގެ ބާޒާރުގެ އަގު ކަނޑައެޅުމުގެ ބާރު ހޯދުމަށް ނުވަތަ މަހުގެ ބާޒާރުގެ ކޮންޓްރޯލް ހޯދުމަށް ރާއްޖޭގެ ނޫ އިޤްތިޞާދު ފުޅާކުރުން މުހިންމުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހިމެނޭ ނޫ އިޤްތިޞާދު ކުރިއެރުވުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކަނޑުގެ ދިރުންތަކާއި ރައްޓެހި މަސްވެރިކަމެއް ކުރަމުން ދަނީ ދިވެހިރާއްޖޭގައިކަމަށެވެ. އަދި ޒަމާނުއްސުރެ ދިވެހީން ކުރަމުން އައި ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމަށް ބަލާއިރު، މިފަދަ މަސްވެރިކަމެއް އެންމެ ފުޅާދާއިރާއެއްގައި މިއަދު އޮތީވެސް ދިވެހިރާއްޖޭގައިކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
ރާއްޖޭގައި ދޮށީގެ މަސްވެރިކަން ފުޅާ ދާއިރާއެއްގައި ކުރިނަމަވެސް ދުނިޔޭގެ ބާޒާރުގައި ދޮށީގެ މަސްވެރިކަމުން ބާނާ މަސް ވިއްކުމާއި އަގު ކަނޑައެޅުމުގެ ބާރު ދިވެހިރާއްޖެއަށް ނެތްކަމަށާއި، މިކަމުގެ ފައިދާ ނަގަމުން އަންނަނީ ވާދަވެރި އެހެން ޤައުމުތަކުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ގޮންޖެހުންތައް ކުޑަކުރުމަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ނޫ އިޤްތިޞާދު ތައާރަފްކުރުމަކީ މުހިންމުކަމެއް ކަމަށާއި މިކަމުގެ ސަބަބުން މިހާރުވެސް ދިވެހި މަސްވެރިންނަށް މަންފާތަކެއް ލިބެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
“މި މަޝްރޫއުގެ ސަބަބުން ޓޫނާ ރިންގް ތައާރަފްކޮށް، އިކެޖިމޭ މެތަޑް ތަންފީޒުކޮށްގެން ޔެލޯފިން ޓޫނާގެ އޮންބޯޑް ހެންޑްލިން އިތުރުކޮށް، ކޮލިޓީއާއި އަގު ރަނގަޅުވެފައިވޭ. މީގެ އިތުރުން މޮޑިފައިޑް ބެއިޓް ޓޭންކްތައް ތައާރަފް ކުރުމުން ބެއިޓްގެ ވަސީލަތްތައް ރަނގަޅު ކުރުމަށް އުއްމީދީ ނަތީޖާތަކެއް ލިބިފައިވޭ. އަދި ކުދި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓަށް ގެނައުމަށް އެހީތެރިވުމަށް ޖަޒީރާ ޤައުމުތަކާއި ގުޅިގެންވެސް މި މަޝްރޫއު ދަނީ ކުރިއަށް ގެންދަމުން” ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ދެމެހެއްޓެނިވިގޮތެއްގައި މަސްވެރިކަން ކުރުމަށް ތައްޔާރުކުރާ އުޅަނދުތައް ޑިޒައިންކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށެވެ. އަދި ދޯނީގައި ގިނަ ދުވަހު އެން ގެންގުޅެވޭގޮތް ހެދުމަށް ބޭނުންވާ ވަސީލަތްތައް މަސް ދޯނިތަކުގައި ހަރުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެދިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަމަށްވާ ނޫ އިޤްތިޞާދަކީ އިޤްތިޞާދީ ކުރިއެރުމާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ވަޒީފާތައް އިތުރުކުރުމަށްޓަކައި ކަނޑުފަޅުގެ ޤުދުރަތީ ވަސީލަތްތަކާއި މާހައުލީ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އިސްކަންދޭގޮތަށް އެކުލަވާލާފައިވާ ސިޔާސަތެކެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ނޫ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މިހާރުވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ މަޝްވަރާތައްކުރަމުންނެވެ. މި މަޝްވަރާ ބައްދަލުވުންތަކުގައި ސަރުކާރުގެ ވުޒާރާތަކާއި، އިދާރާތަކުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ކުންފުނިތަކުންވެސް ވަނީ ބައިވެރިވެއެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
