
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިޔުމަށް، އެމެރިކާއާ ގުޅިގެން ޔަހޫދީން ކުރަމުންދާ މަސައްކަތުގެ ދަށުން އުފައްދާފައިވާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ އިސްވެރިޔާ, ޖާރެޑް ވުޑް، ކުއްލި ގޮތަކަށް މަޤާމުން އިސްތިޢުފާ ދީފިއެވެ. ޖީއެޗްއެފްގެ އިސްވެރިޔާ އިސްތިޢުފާ ދީފައި ވަނީ ޔަހޫދީން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދު ކޮށްލާފައިވަނިކޮށެވެ. ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ގެދޮރު ގެއްލިފައިވާ ގިނަ ޢަދަދެއްގެ ޣައްޒާގެ ރައްޔިތުން ހިޔާވަހިކަން ހޯދަމުންދިޔަ މަދަރުސާއަކަށެވެ. އިސްތިޢުފާ ދެމުން ވުޑް ބުނީ ޙަމަލާތައް ދެމުންދާހާ ހިނދަކު ޖީއެޗްއެފަށް އިންސާނީ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.
ފާއިތުވި ދެ މަސް ދުވަހު ޖީއެޗްއެފްގެ އެކްޒެކެޓިވް ޑިރެކްޓަރުގެ މަޤާމުގައި ހުރި ވުޑް ބުނީ އޭނާ އިސްތިޢުފާ ދިނީ އިންސާނީ އުޞޫލުތައް ކަމަށްވާ އިންސާނިއްޔަތުކަމާއި ވަކި ފަރާތަކަށް ނުޖެހުމާއި މިނިވަންކަމާއެކު ޖީއެޗްއެފަށް މަސައްކަތް ނުކުރެވޭތީ ކަމަށެވެ. ޖީއެޗްއެފުން ވުޑް ވަކުވުމުން ޖީއެޗްއެފާމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ހާމަވެގެންދެއެވެ. އދއާއި އެހީގެ ސާމާނު ބެހުމުގައި ޙަރަކާތްތެެެރިވާ އެހެން ޖަމްޢިއްޔާތަކުން ވެސް ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ޖީއެޗްއެފް މެދުވެރިކޮށް ކުރުމަށް ދެކޮޅު ހަދައިފައެވެ. އެ ޖަމްޢިއްޔާތަކުން ޤަބޫލު ކުރާ ގޮތުގައި އެ މަސައްކަތް ޖީއެޗްއެފް މެދުވެރިކޮށް ކޮށްފި ނަމަ ވަކި ފަރާތަކަށް ނުޖެހޭ ބަޔަކު އެ ފަދަ މަސައްކަތް ކުރުމަށް އޮންނަ އުޞޫލާ ފުށުއަރާނެއެވެ.ބއެމެރިކާއާއި ގުޅިގެން ޔަހޫދީން ރާވާފައި އޮތީ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި މައިގަނޑު ހަތަރު މަރުކަޒެއް ޤާއިމު ކޮޮށް ހަމައެކަނި އެ މަރުކަޒުތައް މެދުވެރިކޮށް އެހީ ބެހުމަށެވެ. އަދި، ޣައްޒާގެ ހުރިހާ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ސަރަޙައްދުތަކަށް ބަދަލުވުމަށް މަޖުބޫރު ކުރުވުމަށެވެ. އެ މަރުކަޒުތަކުން ޣައްޒާގެ ރައްޔިތުން ސްކޭނު ކޮށް އެ މީހުންނާ ޙަމާސްއާ ގުޅުމެއް ވޭތޯ ބަލާނެއެވެ. އެ މަސަައްކަތަށް މީހުންގެ މޫނު ދެނެގަންނަ ނިޒާމެއް ބޭނުން ކުރުން އެކަށީގެންވެއެވެ.
ސްވިޒަލެންޑުގައި ދަފްތަރު ކޮށްފަައިވާ ޖީއެޗްްއެފުން ޣައްޒާގެ ރައްޔިތުންނަށް އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ޔަހޫދީން ސަލާމަތީ ކަންކަން ބަލަހައްޓައިދޭ ގޮތަށެވެ. ޖީއެޗްްއެފްގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފަށާނެ ކަމަށް އެ ފައުންޑޭޝަނުން ވަނީ އިޢުލާނު ކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މާ ބޮޑު ތަފްޞީލެއް މިހާތަނަށް ދީފައެއް ނުވެއެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސުން ވަނީ އެ ނިޒާމުގެ ދަށުން އެހީގެ ސާމާނު ބެހުން ކުށްވެރި ކޮށްފައެވެ. ޙަމާސުން ބުނީ އެ ނިޒާމުގެ ބޭނުމަކީ ހިނގަހިނގާ ހުރި ނިޒާމެއް ހުއްޓުވައި ހަލަބޮލިކަން އިތުރު ކުރުން ކަމަށެެވެ. އެ ކަން ޙާޞިލް ކުރުމަށް ގަސްތުަގައި ބަޔަކު ބަނޑަށް ޖައްސަމުންދާ ކަމަށާއި ޔަހޫދީން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ކާބޯތަކެތި ބޭނުން ކުރަމުންދާ ކަމަށް ވެސް ޙަމާސުން ވަނީ ބުނެފައެވެ.
ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން، މާރިޗު މަހުގެ 2ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ. އޭގެ ފަހުން ދެ މަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލަމުންނެވެ. ނަމަވެސް ޔަހޫދީން މިހާރު ވަނީ ޣައްޒާއަށް މަދު ޢަދަދަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ. އެ ފުރުޞަތުގެ ދަށުން ޣައްޒާއަށް މިހާތަނަށް ފޯރު ކޮށްދީފައި ވަނީ އެ ސަހަރުގެ ރައްޔިތުންނަށް ބޭނުންވާ ހަޤީޤީ ޢަދަދާ ގާތް ވެސް ނުކުރާވަރުގެ މަދު އެތިކޮޅެކެވެ.
ޣައްޒާގެ ރައްޔިތުން ފާޅުގައި ބަނޑަށް ޖައްސަމުންދާތީ ޔަހޫދީންނަށް ބައިނަލްއަޤްވާމީ ދުނިޔެއިން ފާޑުކިޔާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި މަހުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތައް އެތައް ގުނައެއް ވަރުގަދަ ކޮށްފައިވާތީ ވެސް ބައިނަލްއަޤްވާމީ ދުނިޔެއިން ޔަހޫދީންނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ވަނީ އިތުރުވެފައެވެ. ޔަހޫދީންނާ ގާތް ގުޅުމެއް ބާއްވާ ޖަރުމަނުވިލާތުން ވެސް ވަނީ ޔަހޫދީން މިހާރު ދެމުންދާ ޙަމަލާތަކަކީ ޙަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައެކޭ ނުބުނެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ޔަހޫދީން ދެމުންދާ ޙަމަލާތައް އަދިވެސް އެއްވެސް ވަަރަކަށް މަދު ކޮށްފައެއް ނުވެއެވެ. ޣައްޒާއަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް 45 މީހުން ޝަހީދު ކޮށްލާފައިވެއެވެ. ޣައްޒާގެ ޣައްޒާ ސިޓީއަށް ދިން ޙަމަލާ އަމާޒު ކޮށްފައި ވަނީ ގިނަ ޢަދަދެއްގެ މީހުން ހިޔާވަހިކަން ހޯދަމުންދިޔަ މަދަރުސާއަކަށް ކަމަށް ވީއިރު އެ ޙަމަލާގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 30 މީހުން ޝަހީދުވެފައިވެއެވެ. ޣައްޒާގެ ޖަބާލިޔާއަށް ދިން ޙަމަލާގައި ވެސް 15 މީހުން ޝަހީދު ކޮށްލާފައިވެއެވެ. 2023ވަނަ އަހަރު ޢުދުވާން ފެށި ފަހުން ޔަހޫދީން ޝަހީދު ކޮށްލާފައިވާ މީހުންގެ ޖުމްލަ ޢަދަދު 53،000އަށް މިހާރު ވަނީ އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
