
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯގައި ފަލަސްޠީނުގެ ދިދަ ނެގުމުގެ ޙައްޤު އެ ޤައުމު ތަމްޞީލް ކުރާ ވަފުދަށް ލިބިއްޖެއެވެ. ފަލަސްޠީނުން ދަނީ 1967ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައި ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ އެ ޤައުމުގެ ބިންތަކަކީ އެ ޤައުމުގެ ބައެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ދުނިޔެެއިން ބަލައިގަތުމަށް މަސަައްކަތް ކުރަމުންނެވެ. ޑަބްލިޔުއެޗްއޯގައި އެ ޤައުމަށް ލިބިފައި ވަނީ އޮބްޒާވަރެއްގެ ޙައިޞިއްޔަތެވެ. އެއީ އެ ޤައުމަކީ އދގެ ފުރިހަމަ މެންބަރެއް ކަމުގައި ނުވާތީއެވެ. އޮބްޒާވަރެއްގެ ޙައިޞިއްޔަތުން ބަހުޘްތަކާއި ބައްދަލުވުންތަކުގައި ފަލަސްޠީނަށް ބައިވެރިވެވޭ ނަމަވެސް ވޯޓުލުމުގެ ފުރިހަމަ ބާރު ލިބިގެނެއް ނުވެއެވެ. ޑަބްލިޔުއެޗްއޯގެ ބައްދަލުވުންތަކުގައި ދިދަ ނެގުމުގެ ހައްޤު ލިބެނީ ހަމައެކަނި އެ ޖަމްއިއްޔާގެ ފުރިހަމަ މެންބަރުންނަށެވެ.
ޑަބްލިޔުއެޗްއޯގެ ފުރިހަމަ މެންބަރަކަށް ފަލަސްޠީނު ނުވި ނަމަވެސް އެ ޤައުމުގެ ދިދަ ޑަބްލިޔުއެޗްއޯގައި ނެގުމުގެ ޙުއްދަ އެ ޤައުމަށް ލިބުނީ މެއި މަހުގެ 26ވަނަ ދުވަހު އެ ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކުގެ މެދުގައި ނެގި ވޯޓަކުންނެވެ. މި ރަމްޒީ ކުރިއެރުން ލިބުމަކީ އދއާއި ބައިނަލްއަޤްވާމީ އެހެން އިދާރާތަކުން ފަލަސްޠީން ބަލައިގަތުމަށް ލިބޭ ހިތްވަރަކަށް ވެގެންދާނެ ކަމަށް އެ ޤައުމުގެ މަންދޫބުން އުންމީދު ކުރެއެވެ. ސްވިޒަލެންޑުގެ ޖެނީވާގައި ކުރިއަށްދާ ޑަބްލިޔުއެޗްއޯގެ އަހަރީ ޖަލްސާގައި ފަލަސްޠީނުގެ ވަފުދަށް އެ ޤައުމުގެ ދިދަ ނެގުމުގެ ހައްޤު ދިނުމަށް ހުށަހެޅީ ޗައިނާއާއި ޕާކިސްތާނާއި ސަޢުދީ ޢަރައްބިއްޔާ ހިމެނޭ ގޮތަށް އެކި ޤައުމުތަކުންނެވެ. އެ ހުށަހެޅުން ފާސްވީ 95 ޤައުމުގެ ވޯޓާ އެކުގައެވެ. އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފައި ވަނީ ހަތަރު ޤައުމަކުންނެވެ. އެއީ ފަލަސްޠީނާ ދެކޮޅަށް ވަރުގަދަ ޢުދުވާނީ ޙާމަލާތައް ދެމުންދާ އިސްރާއީލުގެ އިތުރުން ހަންގޭރީއާއި ޗެކް ރިޕަބްލިކާއި ޖަރުމަނުވިލާތުންނެވެ. 27 ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.
ފަލަސްޠީނަށް މި ކާމިޔާބީ ލިބިފައި މި ވަނީ މިދިިޔަ އަހަރުގެ ތެރޭގައި އދގައި ފަލަސްޠީނަށް ލިބިފައިވާ ޙައިޞިއްޔަތު މަތި ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ވަނިކޮށެވެ. އަދި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ފަރަންސޭސިވިލާތުން ބަލައިގަތުމުގެ ނިޝާންތަކެއް ފެންނަމުންދާ ދަނޑިވަޅެއްގައެވެ. ޑަބްލިޔުއެޗްއޯގެ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ލުބުނާނުގެ މަންދޫބު ރަނާ އަލް ޚައުރީ ވަނީ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވައިފައެވެ. އޭނާ ވިދާޅުވީ ވޯޓުގެ ނަތީޖާއިން ފަލަސްޠީނުގެ ރައްޔިތުންނަށް އުންމީދުގެ ކުޑަ ނަމަވެސް ހުޅުކޮޅެއް ރޯވެފައިވާ ކަމަށެވެ. ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ ވޭންތަކަކީ އިންސާނަކަށް ކެތްކުރެވޭވަރުގެ ވޭންތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޑަބްލިޔުއެޗްއޯގެ ޤަރާރާ ދެކޮޅުހަދައި އިސްރާއީލުން ވަނީ ވޯޓެއް ނެގުމަށް ގޮވާލައިފައެވެ. ޔަހޫދީންގެ މައި މަދަދުގާރު ކަމުގައިވާ އެމެރިކާއިން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ގާތްގަނޑަކަށް 150 ޤައުމުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ނަމަވެސް ހުޅަނގުގެ ބޮޑެތި ގިނަ ބާރުތަކުން އެ ޤައުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައެއް ނުގަނެއެވެ. އޭގެ ތެރޭގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި ޖަޕާން ހިމެނެއެވެ. ނަމަވެސް ޑަބްލިޔުއެޗްއޯގެ ޖަލްސާގައި ނެގި ވޯޓުގައި ފަރަންސޭސިވިލާތާއި ޖަޕާނުން ވަނީ ފަލަސްޠީނާ އެއްކޮޅަށް ވޯޓު ދީފައެވެ. އިނގިރޭސިވިލާތުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.
އދއަށް ކަނޑައަޅާފައި ހުންނަވާ ފަލަސްޠީނުގެ މަންދޫބު، އިބްރާހިމް ޚުރައިޝީ ވިދާޅުވީ އެ ޤައުމަށް ލިބުނު ކާމިޔާބީއަކީ ރަމްޒީ ކާމިޔާބީއެއް ކަމަށެވެ. ނަމަވެސް އެއީ ޞިއްޙީ ބޭނުންތަކަށް އެހީވުމަށް ޤާއިމު ކޮށްފައިވާ ބައިނަލްއަޤްވާމީ މުތުތަމަޢުއެއްގެ ބައިވެރިއެއްގެ ގޮތުގައި ފަލަސްޠީނު އޮތް ކަމުގެ ނިޝާނެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި ޑަބްލިޔުއެޗްއޯއާއި އދގެ އެހެން އިދާރާތަކުގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި އެ ޤައުމު އޮންނާނެ ކަމަށް އުންމީދު ކުރައްވައި ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެ ޤައުމަށް ވަނީ ޑަބްލިޔުއެޗްއޯގެ ބައިނަލްއަޤްވާމީ ޞިއްހަތާބެހޭ ޤަވާއިދުތަކުގެ ދަށުން މައުލޫމާތު ލިބުމުގެ ހައްޤު ހޯދައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
