
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަން ހާމަކުރައްވައި، ރައީސް ޑޮނަލްޑް ޓްރަމްޕް އެ މަޝްވަރާތަކަށް ތާރީފު ކުރައްވައިފިއެވެ. ޓްރަމްޕްގެ އިސްނެންގެވުމަށް އެމެރިކާއިން އީރާނާ އެކު ކުރަމުންދާ މަޝްވަރާތަކުގެ މައިގަނޑު މަޤުޞަދަކީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ކޮންޓުރޯލު ކުރުމެވެ. ހުސްވި ހަފުތާ ބަންދުގެ ތެރޭގައި ދެ ޤައުމުގެ އޮފިޝަލުން ވަނީ މަޝްވަރާތަކުގެ އިތުރު ބައްދަލުވުންތަކެއް ބާއްވާފައެވެ. އެ ބައްދަލުވުންތަކަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ދެ ޤައުމުގެ އޮފިޝަލުންގެ މެދުގައި “ރަނގަޅު” މަޝްވަރާތަކެއް ކުރެވިގެން ގޮސްފައިވާ ކަމުގައެވެ.
“އީރާނާ ގުޅޭ ކަމުގައި ރަނގަޅު ޚަބަރުތަކެއް ލިބިގެން ގޮސްދާނެ ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭ،” ނިއު ޖަރޒީގެ މޮރިސްޓައުންގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމުގައެވެ. ނަމަވެސް، އިޓަލީވިލާތުގެ ވެރިރަށް ރޯމްގައި އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގެ އިތުރު ތަފުސީލު އޭނާ ހާމަކުރައްވާފައެއް ނެތެވެ. އީރާނާ އެކު ކުރަމުންދާ މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރައްވަނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފެވެ. “ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ތިޔަ ބޭފުޅުންނަށް ރަނގަޅު ނުވަތަ ނުރަނގަޅު ޚަބަރެއް ދެވޭނެއެކޭ ދަންނަވަން މި ވަގުތު ނޭނގޭ، ނަމަވެސް އަޅުގަނޑަށް ޤަބޫލު ކުރެވެނީ ރަނގަޅު ޚަބަރެއް ދެވޭނެއޭ،” ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. މެދުއިރުމަތީގެ މުސްލިމް ޤައުމުތަކާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު އެމެރިކާއިން ޔަހޫދީންނަށް ފޯރުކޮށްދެމުން ދަނީ ޓްރަމްޕްގެ އަމުރަށެވެ. މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނަކީ ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަމާއި، ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕް ދެކެވަޑައިގަންނަވައެވެ. އެމެރިކާގެ އިތުރުން ހުޅަނގާއި ޔަހޫދީން ޤަބޫލު ކުރާ ގޮތުގައި، އީރާނުން ހިންގަމުންދާ ނިއުކްލިޔަރ ޕުރޮގުރާމުގެ މައިގަނޑު މަޤުޞަދަކީ ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމެވެ. އެއީ، ޔަހޫދީންނަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕް ދެކެވަޑައިގަންނަވައެވެ. އަދި، ކޮންމެ ގޮތަކުން ވިޔަސް، ނިއުކްލިޔަރ ބާރަކަށް ވުމުގެ ފުރުޞަތުން އީރާން މަޙްރޫމު ކުރުވުމަކީ ޓްރަމްްޕްގެ މައިގަނޑު އަމާޒެވެ. ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެމެރިކާއާއި ޔަހޫދީން ތުހުމަތު ކުރި ނަމަވެސް، އީރާނުން ދަނީ އެ ތުހުމަތު ދޮގު ކުރަމުންނެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު ކޮންޓުރޯލު ކުރުމަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކާ ދެމެދު 2015ވަނަ އަހަރު ވެސް އެއްބަސްވުމެއް އެކުލަވައިލިއެވެ. އަދި، އެ އެއްބަސްވުމުގެ ދަށުން ހުޅަނގުގެ ބާރުތަކުން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީފައެވެ. 2018ވަނަ އަހަރު އެ އެއްބަސްވުން އުވައިލާފައި ވަނީ ޓްރަމްޕްގެ ރައީސް ކަމުގެ ފުރަތަމަ ދައުރުގައެވެ. ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމާ އަލުން ޙަވާލުވެ ވަޑައިގަނެންނެވުމަށް ފަހު ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅުއްވައި، ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
