
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބްރެޒިލް އަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށާއި އަމާޒަކީ ހަވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާ އަލުން އަނބުރާ އެއްވަނަ މަގާމަށް އައުން ކަމަށް އެ ޓީމުގެ ކޯޗު ކަމާއި އަލަށް ހަވާލުވި އިޓަލީގެ ކާލޯ އެންޗެލޮއްޓީ ބުނެފި އެވެ. އުމުރުން 65 އަހަރުގެ އެންޗެލޮއްޓީ ވަނީ އިއްޔެ ބްރެޒިލްގެ ކޯޗު ކަމާއި ހަވާލުވެފަ އެވެ. ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ފުރަތަމަ ފަހަރަށް އެންޗެލޮއްޓީ ދައްކާލާފައިވާއިރު އޭނާއަށް ބްރެޒިލްގެ ޖާޒީ ދީފައިވަނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަމަށް ދާދި ދަހުން އިންތިހާބުކުރި ސާމިރު ޒައުދު އެވެ. ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކޯޗު ކޮށްދިން އެންޗެލޮއްޓީ ބުނެފައިވަނީ އޭނާގެ ކުރިމަތީގައި ބުރަ އަދި ބޮޑު މަސައްކަތެއް އެބައޮތް ކަމަށެވެ.
“އަހަރެންގެ ކުރިމަތީގައި ބޮޑު އަދި ބުރަ މަސައްކަތެއް އެބައޮތް. އެއީ ބްރެޒިލް އަލުން ދުނިޔޭގެ އެއްވަނަ ޓީމަށް ހެދުން. މިއީ އަހަރެންގެ ހިތުގައި އަބަދުވެސް ހާއްސަ ކަމެއް ދެވިފައިވާ ޓީމެއް. އަދި ބްރެޒިލްގެ ގައުމީ ޓީމަށް ކޯޗު ކޮށްދިނުމަކީ ލިބޭ ފަހުރެއް.” އެންޗެލޮއްޓީ ބުންޏެވެ. ފަސް ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް އަށް ފަހަކަށް އައިސް ރަގަޅު ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. ބްރެޒިލް އަށް ކުރިން ކޯޗު ކޮށްދިން ޑޮރިވާލް ޖޫނިއާ އެ މަގާމުން ވަކި ކޮށްފައިވަނީ މިދިޔަ މާޗު މަހު އާޖެންޓީނާ އަތުން 4-1 ގެ ނަތީޖާއަކުން އެ ޓީމު ބަލިވި މެޗަށްފަހުގަ އެވެ. އެންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ ވޯލްޑްކަޕް ކޮލިފައިންގައި އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހު އިކުއެޑޯ އާއި ދެކޮޅަށެވެ. އަދި އޭގެ ފަސް ދުވަސް ފަހުން އަމިއްލަ ގައުމުގައި ނިކުންނާނީ ޕެރަގުއޭ އާއި ދެކޮޅަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބްރެޒިލް އަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށާއި އަމާޒަކީ ހަވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާ އަލުން އަނބުރާ އެއްވަނަ މަގާމަށް އައުން ކަމަށް އެ ޓީމުގެ ކޯޗު ކަމާއި އަލަށް ހަވާލުވި އިޓަލީގެ ކާލޯ އެންޗެލޮއްޓީ ބުނެފި އެވެ. އުމުރުން 65 އަހަރުގެ އެންޗެލޮއްޓީ ވަނީ އިއްޔެ ބްރެޒިލްގެ ކޯޗު ކަމާއި ހަވާލުވެފަ އެވެ. ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ފުރަތަމަ ފަހަރަށް އެންޗެލޮއްޓީ ދައްކާލާފައިވާއިރު އޭނާއަށް ބްރެޒިލްގެ ޖާޒީ ދީފައިވަނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަމަށް ދާދި ދަހުން އިންތިހާބުކުރި ސާމިރު ޒައުދު އެވެ.
ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކޯޗު ކޮށްދިން އެންޗެލޮއްޓީ ބުނެފައިވަނީ އޭނާގެ ކުރިމަތީގައި ބުރަ އަދި ބޮޑު މަސައްކަތެއް އެބައޮތް ކަމަށެވެ. “އަހަރެންގެ ކުރިމަތީގައި ބޮޑު އަދި ބުރަ މަސައްކަތެއް އެބައޮތް. އެއީ ބްރެޒިލް އަލުން ދުނިޔޭގެ އެއްވަނަ ޓީމަށް ހެދުން. މިއީ އަހަރެންގެ ހިތުގައި އަބަދުވެސް ހާއްސަ ކަމެއް ދެވިފައިވާ ޓީމެއް. އަދި ބްރެޒިލްގެ ގައުމީ ޓީމަށް ކޯޗު ކޮށްދިނުމަކީ ލިބޭ ފަހުރެއް.” އެންޗެލޮއްޓީ ބުންޏެވެ. ފަސް ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް އަށް ފަހަކަށް އައިސް ރަގަޅު ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. ބްރެޒިލް އަށް ކުރިން ކޯޗު ކޮށްދިން ޑޮރިވާލް ޖޫނިއާ އެ މަގާމުން ވަކި ކޮށްފައިވަނީ މިދިޔަ މާޗު މަހު އާޖެންޓީނާ އަތުން 4-1 ގެ ނަތީޖާއަކުން އެ ޓީމު ބަލިވި މެޗަށްފަހުގަ އެވެ.
އެންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ ވޯލްޑްކަޕް ކޮލިފައިންގައި އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހު އިކުއެޑޯ އާއި ދެކޮޅަށެވެ. އަދި އޭގެ ފަސް ދުވަސް ފަހުން އަމިއްލަ ގައުމުގައި ނިކުންނާނީ ޕެރަގުއޭ އާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
