
ސައުދި އަރަބިއްޔާގެ ޕްރޯ ލީގުގެ ފަހު މެޗުގައި ރޭ ދަމަކް އާއި ދެކޮޅަށް ޗެމްޕިއަން އަލް އިއްތިހާދު ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އަލް އިއްތިހާދު މޮޅުވެއްޖެ އެވެ. މި މެޗަށް ނިކުތްއިރުވެސް ޗެމްޕިއަންކަން ކަށަވަރުވެފައިވާ އަލް އިއްތިހާދު އިން އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ މި ސީޒަނުގައި ލީގުގައި ކުޅުނު 34 މެޗުން 83 ޕޮއިންޓު ލިބިފަ އެވެ. މި މެޗުން ބަލިވި ދަމަކް އަށް ލިބިފައިވާ 35 ޕޮއިންޓާއެކު އެ ޓީމުން ސީޒަން ނިންމާލާފައިވަނީ ތާވަލުގެ 14 ވަނައިގަ އެވެ.
ފްރާންސްގެ ކުރީގެ ކެޕްޓަން ލައުރެން ބްލޮންކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އަލް އިއްތިހާދުއިން ލީގުގައި ބާކީ ދެ މެޗު އޮއްވާ ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާއިރު ޗެމްޕިއަން ޓްރޮފީ ދީފައިވަނީ ރޭގެ މެޗަށްފަހުގަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 72 ވަނަ މިނިޓުގައި ދަމަކްގެ ގޯލު ކީޕަރު ފްލޮރިން ނީޓާ ކައިރިން ނައްޓާލުމަށްފަހު އަލް އިއްތިހާދަށް ކާމިޔާބު ކޮށްދީފައިވަނީ ސްޓީވަން ބާރޖްވިން އެވެ. ލީގު ޗެމްޕިއަންކަން ހޯދާފައިވާއިރު އަލް އިއްތިހާދު އިން އަންނަ ހުކުރު ދުވަހު ނިކުންނާނީ ކިންގްސް ކަޕްގެ ފައިނަލުގައި އަލް ގަދްސިއާ އާއި ދެކޮޅަށެވެ.
ތާވަލުގެ ދެވަނައިގައި އޮތް އަލް ހިލާލް އިން ރޭ އަލް ގަދްސިއާ އާއި ދެކޮޅަށް ކުޅުނު މެޗު ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި އެ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ މިޓްރޮވިޗް އާއި މިލިންކޮވިޗް ސަވިޗް އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
