
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިންގިލާބީ ބަދަލުތަކަކާއެކު އެކުލަވާލާފައިވާ ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ. ހުޅުމާލެ ރިވައިޒްޑް މާސްޓަރ ޕްލޭން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކާ ހުޅުމާލޭ ފޭސް 2 ގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހުޅުމާލޭގެ މާސްޓަރ ޕްލޭން، އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓުން އަލުން ރިވައިޒްކުރުމަށްފަހު އެކުލަވާލާފައި މިވަނީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް މަގުފަހިކުރުމަށްކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ހުޅުމާލޭގެ ފަޅުތެރެއިން އިތުރު ބިންތައް ހިއްކާފައިވުމާއި، ބިމުގެ ޖާގަ އިތުރުވުމާގުޅިގެން އެ ބިންތައް ބޭނުންކުރާނެގޮތްތަކާމެދު ފަންނީ ގިނަ މަޝްވަރާތަކަކާއި ލަފާތަކެއް އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓުން ވަނީ ހޯދާފައެވެ.
ހުޅުމާލޭގެ މާސްޓަރ ޕްލޭން އަލުން ރިވައިޒްކުރުމަށްފަހު އިފްތިތާޙްކޮށްފައިވާއިރު، މި ޕްލޭނުގައި ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްވަރަށް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތަކާއި އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހިމަނާފައެވެ. އަދި ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތަތައް އިތުރުކޮށް، އައު ކަންކަން ގެނައުމަކީވެސް މި ޕްލޭން ރިވައިޒްކުރުމުގެ އެންމެ ބޮޑު އެއް ބޭނުމުގެގޮތުގައި އެޗްޑީސީން ފާހަގަކުރައްވައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި ރަސްމިއްޔާތުގައި ވަނީ ހުޅުމާލޭގެ މާސްޓަރ ޕްލޭންގެ 3ޑީ މޮޑެލެއްވެސް ދައްކާލާފައެވެ. އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ އައު ވެބްސައިޓު އިފްތިތާޙްކޮށްފައެވެ. އައު ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. ހުޅުމާލެއަކީ މާސްޓަރ ޕްލޭނަކާއެކު ރާއްޖޭގައި މީހުން އާބާދުކުރަން ފެށުނު ފުރަތަމަ ޝަހަރެވެ. ހުޅުމާލޭ ފުރަތަމަ ފޭސް ހިއްކައި، އެތަނުގައި މީހުން އާބާދުވާން ފެށީ 2004 ވަނަ އަހަރުގައެވެ. އެފަހުން މިވީ 21 އަހަރުގެ ތެރޭގައި ހުޅުމާލޭގެ ލޭންޑް ސްކޭޕަށް މިވަނީ ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
އެގޮތުން ފޭސް 2 އިތުރު ކުރެވި އެތަނުގައި މީހުން އާބަދުވެ ދިރިއުޅެން ފަށާފައިވާއިރު، މިހާރު ފޭސް 3 އަކަށް ބޭނުންވާ ބިން ހިއްކުމާއި، އެނޫންވެސް ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. ހުޅުމާލޭ ފޭސް އެކެއްގައި 194 ހެކްޓަރު ހިމެނޭއިރު މިއީ އެއްލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށް ތަރައްޤީކޮށްފައިވާ ފޭހެކެވެ. ފޭސް ދޭއްގައި 251 ހެކްޓަރު ހިމެނޭއިރު މިއީ ދެލައްކަ ފަންސާސް ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށް ތަރައްޤީކުރަމުންދާ ޝަހަރެކެވެ.

(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
ރިވައިޒްޑް މާސްޓަރ ޕްލޭންގައި ހިމެނޭ މުހިންމު ކަންކަން:
ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭންގައި މިތަނުގެ ބިން އެކި ބޭނުންތަކަށް ޚާއްސަކޮށް، ޒަމާނާއި ތަރައްޤީއާއެއްކޮށް ގެންނަންޖެހޭ ބަދަލުތައް އެޗްޑީސީން ވަނީ ހިމަނާފައެވެ. އެގޮތުން މި މާސްޓަރ ޕްލޭންގައި ހުޅުމާލޭގެ ބަނދަރު ސަރަޙައްދުގެ ގޮތުގައި މިހާރު ބޭނުންކުރާ 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ސްކޫލްތަކާއި މިސްކިތްތަކާއި އޮފީސް ޖާގައާއި، އެނޫންވެސް ޒަރޫރީ ޚިދުމަތްތަކާއި ވަސީލަތްކަށް ޚާއްސަ ބިންތައް އެކި ނެއިބަރހޫޑުގައި ވަނީ ކަނޑައަޅާފައެވެ.
މިގޮތުން ބިންތައް އެލޮކޭޓްކޮށްފައިވާ ގޮތްތަކަށް ބަލާއިރު:
– ރެޒިޑެންޝަލް ބޭނުންތަކަށް: %29.84
– ސްކޫލްތަކާއި މިސްކިތްތަކާއި އިދާރާތަކަށް: %10.41
– ކޮމާޝަލް ބޭނުންތަކަށް: %5.56
– މިކްސްޑް ރެސިޑެންޝަލް ކޮމާޝަލް ޒޯން: %1.44
– ގްރީން ސްޕޭސް، ސްޕޯޓްސް އެންޑް ރެކްރިއޭޝަން: %30.62
– އޮފީސް ޖާގައާއި އެހެނިހެން ބޭނުންތަކަށް: %3.64
– އިންޑަސްޓްރިއަލް މަސައްކަތްތަކަށް: %5.76
މީގެ އިތުރުން ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ޖުމްލަ 11 ކަނެކްޝަނަކުން ގުޅާލާ ފަސޭހައިން ދަތުރުފަތުރުކުރެވޭނެ ނިޒާމްތައް ޤާއިމުކޮށް، ބިންވެރިޔާ މަޝްރޫޢުގެ ޕްލޮޓްތަކަށް ބިންތައް ވަނީ ކަނޑައަޅާފައެވެ. ހަމައެހެންމެ އާއިލާތަކަށް ތަފާތު ތަޖުރިބާތަކެއް ލިއްބައިދޭނެ ތަފާތު ވަސީލަތްތައް ޤާއިމުކުރުމަކީވެސް މި މާސްޓަރ ޕްލޭންގައި ކަނޑައަޅާފައިވާ މުހިންމު އަމާޒެކެވެ. މިގޮތުން ފައިނޭންޝަލް، ޓޫރިޒަމް، ކަލްޗަރަލް އަދި ރެކްރިއޭޝަނާއި އިވެންޓް ސްޕޭސްތައް ހިމެނޭހެން އެކި ކަންކަމަށް އަމާޒުކުރެވި އައު ކަންތައްތަކެއް ގެނައުމަށް މި ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ ބައިނަލްއަޤްވާމީ މާލީ އިދާރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރއާއި އެހެނިހެން ވަސީލަތްތައް ޤާއިމުކުރުންވެސް މި ޕްލޭންގައި ވަނީ ހިމަނާފައެވެ. މިއީ ދެމެހެއްޓެނިވި ތަރައްޤީއަށާއި ދުރު ރާސްތާއަށް ވިސްނާ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަގުފަހިވާނެހެން އެކުލަވާލާފައިވާ މާސްޓަރ ޕްލޭނެއްކަމަށް އެޗް.ޑީ.ސީން ވިދާޅުވެެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
