
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުން ޔަހޫދީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މަނުއެލް އަލްބަރޭސް ގޮވައިލައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ ސްޕެއިންގެ ވެރިރަށް މަދްރިދްގައި ބޭއްވި ‘ދި މަދްރިދް ގްރޫޕު’ގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ވިލާތުގެ އިއްތިޙާދު (އީޔޫ)އާއި ޢަރަބި ޤައުމުތަކުގެ މަތީ-ފަންތީގެ މަންދޫބުން ބައިވެރިވިއެވެ. އެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން އަލްބަރޭސް ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ޔަހޫދީންނާ ދެކޮޅަށް ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ މެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން ފުންކޮށް ވިސްނަން ޖެހިފައިވާ ކަމުގައެވެ. ފަލަސްޠީނުގެ ރައްޔިތުން ޝަހީދު ކުރުމަށާއި، އެ މީހުން ބަނޑަށްޖެއްސުމަށް ހިންގަމުންދާ ޖަރީމާތައް ވަގުތުން ހުއްޓައިލުމަށް ވެސް އޭނާ ވަނީ ޒަޔަނިސްޓުންނަށް ގޮވައިލައްވާފައެވެ.
މޭ 25ވަނަ ދުވަހު ބާއްވާފައި ވަނީ މަދްރިދް ގުރޫޕުގެ ފަސްވަނަ ބައްދަލުވުމެވެ. ޔަހޫދީންގެ ޤަތުލުޢާންމު ފުޅާ ކުރަމުން ދިޔުމާ އެކު، އެ މީހުންގެ މަދަދުގާރުންގެ ގޮތުގައި ބެލެވޭ އީޔޫގެ ގިނަ މެންބަރު ޤައުމަކުން މިހާރު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ކުށްވެރި ކުރަމުންނެވެ. އަދި، ޢުދުވާންތައް ހުއްޓައިލުމަށް ގޮވައިލަމުންދާ އީޔޫގެ ޤައުުމުތަކުގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. މާރިޗު 2ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. އަދި، ޞިއްޙީ ފަރުވާއަށް ބޭނުންވާ އެހެނިހެން ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ، އަދި އެއްގަމު އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ އެތެރެ ކުރުން ވެސް ހުއްޓުވާފައެވެ. މިއީ، ޣައްޒާގެ ރައްޔިތުންގެ ހައިހޫނުގައި ޖައްސައި، ގަސްދުގައި އެތަކެއް ސަތޭކަ ހާސް ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކުރުމަށް ހިންގަމުންދާ ޖަރީމާއެއް ކަމުގައި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢު ޤަބޫލު ކުރެއެވެ.
ޣައްޒާގެ ފުރަބަންދު އުވައިލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާރުއަޅަމުންދާތީ ހުސްވި ހަފުތާގައި ޔަހޫދީން ވަނީ މަދު އަދަދެއްގެ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ. އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ސިފަ ކުރެެއްވި ގޮތުގައި، އެއީ ބަނޑަށްޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގެ “ސައިސަމުސަލެއްހާ” ކުޑަކުޑަ މިންވަރެކެވެ.
“ޢުދުވާނުުގައި އެއްވެސް އަމާޒެއް ނެތް”
މަދްރިދް ގުރޫޕުގެ މުހިންމު ބައްދަލުވުމެއް ބޭއްވުމުގެ މަޤުޞަދަކީ، ޔަހޫދީންގެ “އެއްވެސް އަމާޒެއް ނެތް ހަނގުރާމަ ނިމުމަކަށް ގެނައުން” ކަމުގައި އަލްބަރޭސް ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި އީޔޫއާއި ޢަރަބި ޤައުމުތައް ހިމެނޭ ގޮތުގައި 20 ޤައުމެއްގެ މަންދޫބުން ބައިވެރިވިއެވެ. އަދި، ގިނަ އަދަދެއްގެ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވެސް ބައިވެރިވިއެވެ. “މި ހިތާމަވެރި ވަގުތުގައި، ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނިއްޔަތު ކަމުގެ މުސީބާތުގައި، އަޅުގަނޑުންގެ އަމާޒަކީ ހަނގުރާމަ ހުއްޓުމަކަށް ގެނައުން، އަދި [ޣައްޒާގެ] ފުރަބަންދު ބާޠިލު ކުރުވައި އިންސާނީ އެހީގެ ސާމާނު އެއްވެސް ހުރަހަކާ ނުލައި އެތެރެ ކުރުމަށް ބާރުއެޅުން،” އަލްބަރޭސް ވިދާޅުވިއެވެ.
މަދްރިދްގައި ބޭއްވި ބައްދަލުވުމުގައި ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭނާ ވެސް ވަނީ ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖައްސައި، ބަނޑަށްޖައްސައި ޝަހީދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް ގޮވައިލައްވާފައެވެ. އަދި، އެ ކަމަށް ބާރު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ. މިޞްރުގެ ޚާރިޖީ ވަޒީރު ބަދުރު ޢަބްދުލްޣާޠީ ވިދާޅުވީ، ޣައްޒާ ޢުދުވާން ހުއްޓައިލުމުގެ ސިޔާސީ ހަތްވަރު ޒަޔަނިސްޓުންގެ ކިބައިގައި ނެތް ކަމުގައެވެ. “އެންމެ ބޮޑު މައްސަލައަކީ އެއީ. ނަމަވެސް، އަޅުގަނޑުމެން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ނަން، ފިއްތުންތައް ކުރިމަތި ކުރަމުންދާ ނަން، ޢުދުވާންތައް މެދުކަނޑައިލުމަށް ބާރުއަޅަމުންދާ ނަން،،” އޭނާ ވިދާޅުވިއެވެ.
މަދްރިދްގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ އަނެއް މުހިންމު މައުޟޫޢަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމުގެ މައުޟޫޢެވެ. މި ގޮތުން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޖޫން 17ވަނަ ދުވަހު އދން ބޭއްވުމަށް ހަމަޖެހިފައިވާ މަތީ-ފަންތީގެ ބައްދަލުވުމުގެ ތައްޔާރީތައް މަދްރިދް ބައްދަލުވުމުގައި ކުރިއަށް ގެންދިޔައެވެ. އެ ބައްދަލުވުން އިންތިޒާމު ކުރަނީ ފަރަންސޭސިވިލާތާއި ސަޢޫދީ ޢަރަބިއްޔާ ގުޅިގެންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
