
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިޔުމަށް. އެމެރިކާއާ ގުޅިގެން ޔަހޫދީން ކުރަމުންދާ މަސައްކަތުގެ ދަށުން އުފައްދާފައިވާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)އާ ގުޅޭގޮތުން ޤާނޫނީ ތަހުޤީޤެއް ފެށުމާމެދު ވިސްނަމުންދާ ކަމަށް ސްވިޒަލެންޑުން ބުނެފިއެވެ. ޖީއެޗްއެފްއަކީ އެމެރިކާއާ ގުޅުންހުރި، ސްވިޒަލެންޑުގައި ދަފްތަރު ކޮށްފައިވާ ފައުންޑޭޝަނެކެވެ. ސްވިޒަލެންޑުން އެހެން ބުނެފައި މި ވަނީ ޖީއެޗްއެފުން ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ރާވާފައިވާ ގޮތް ބަލައިދިނުމަށް އެ ޤައުމުގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ އެންޖީއޯއަކުން ކަމާބެހޭ އިދާރާތަކުގައި އެދިފައިވަނިކޮށެެވެ. ޖީއެޗްއެފް އަކީ ވަކިކޮޅަކަށް ނުޖެހޭ މިނިވަން ފައުންޑޭޝަނެއް ނޫން ކަމަށް ބުނެ އެ ޖަމްޢިއްޔާ މެދުވެރިކޮށް ޣައްޒާއަށް އެހީގެ ސާމާނު ބެހުމަށް އދން ވެސް ވަނީ ދެކޮޅު ހަދައިފައެވެ. އަދި އެ ފައުންޑޭޝަން މެދުވެރިކޮށް އެ މަސައްކަތް ކޮށްފި ނަމަ ޣައްޒާގެ އިތުރު ބަޔަކު ގެދޮރު ދޫކޮށް ދިޔުމަށް އަނެއްކާ ވެސް މަޖުބޫރު ވާނެ ކަމަށާއި އެތައް ހާސް ބަޔަކު ނުރައްކަލަށް ހުށަހެޅޭނެ ކަމަށް ވެސް އދން ވަނީ ފާހަގަ ކޮށްފައެވެ.
މެއި މަހުގެ ފަހު ކޮޅު ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް ތައްޔާރުވަމުންދާ ޖީއެޗްއެފުން ބުނީ އެ ޖަމްޢިއްޔާ ހިންގަނީ އިންސާނީ އުސޫލުތަކަށް ވަރަށް ހަރުކަށިކޮށް ތަބަޢުވެގެން ކަމަށެވެ. ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދު ގަދަކަމުން ބަދަލު ކުރުމަށް އެ ފައުންޑޭޝަނުން އެއްވެސް ވަރަކަށް ތާއީދު ނުކުރާ ކަމަށް ވެސް ޖީއެޗްއެފުން ބުނެފައިވެއެވެ. ސްވިޒަލެންޑުގެ އެންޖީއޯއެއް ކަމަށްވާ ޓީއާރްއައިއޭއެލް އިންޓަނޭޝަނަލުން ބުނީ ސްވިޒަލެންޑުގައި ރަޖިސްޓްރީވެފައިވާ ޖީއެޗްއެފުން ސްވިޒަލެންޑުގެ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކަށް ތަބާވޭތޯ ބެލުމަށް އެ ޤައުމުގެ ދެ އިދާރާއެއްގައި އެދިފައިވާ ކަމަށެެވެ. އެ ޖަމްޢިއްޔާއިން މަޢުލޫމާތު ހޯދުމަށް އެދިފައި ވަނީ ސްވިސް ފެޑެރަލް ސުޕަވައިސަރީ އޮތޯރިޓީ ފޮރ ފައުންޑޭޝަންސްއާއި ސްވިސް ފެޑެރަލް ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް (އެފްޑީއެފްއޭ)ގައެވެ. ޓީއާރްއައިއޭއެލް އިންޓަނޭޝަނަލުން ބުނީ އެހީ ބެހުމަށް އަމިއްލަ ސަލާމަތީ ކުންފުނިތައް ބޭނުން ކުރުމަށް އެދި ސްވިޒަލެންޑުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ،ޖީއެޗްއެފުން ޤަރާރެއް ހުށަހަޅާފައިވޭތޯއާއި އެ ކަމަށް ސްވިޒަލެންޑުގެ އިދާރާތަކުން ހުއްދަ ދީފައިވޭތޯ ސާފު ކުރުމަށް އެ އެންޖީއޯއިން އެފްޑީއެފްއޭގައި އެދިފައިވާ ކަމަށެވެ.
އެފްޑީއެފްއޭއިން ބުނީ އެ ފަދަ ޤަރާރެއް ޖީއެޗްްއެފުން ހުށަހަން ޖެހޭތޯ ބަލަމުންދާ ކަމަށެވެ. ނަމަވެސް ފައުންޑޭޝަންތަކާ ގުޅޭ ކަންކަން ބަލަހައްޓާ ފެޑެރަލް ސުޕަވައިޒަރީ ބޯޑަށް، ޖީއެޗްްއެފުން ބޯޑުގެ ޤާނޫނުތަކަށް ތަބާވޭތޯ ބެލޭނީ އެ ފައުންޑޭޝަންގެ މަސައްކަތްތައް ފަށައިގަތުމުން ކަމަށް އެފްޑީއެފްއޭއިން ބުނެއެވެ. އެމެރިކާއާއި ގުޅިގެން ޔަހޫދީން ރާވާފައި އޮތީ ޣައްޒާގައި ބޮޑު ހަ ކޭމްޕު ޤާއިމުކޮށް އެ ސަރަޙައްދުތަކުން އެހީގެ ސާމާނު ވަކި އުސޫލެއްގެ ދަށުން ބެހުމަށެވެ. އަދި، ޣައްޒާގެ ހުރިހާ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ކޭމްޕުތަކަށް ބަދަލުވުމަށް މަޖުބޫރު ކުރުވުމަށެވެ. އެއިން ކޮންމެ ކޭމްޕަކަށް 5,000އާއި 6,000އާ ދެމެދުގެ އަދަދެއްގެ ޢާއިލާތައް ބަދަލު ކުރުމަށް ޔަހޫދީން އޮތީ ރާވާފައެވެ. އެ ކޭމްޕުތަކުގެ ކޮންޓުރޯލު އޮންނާނީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންގެ ކިބައިގައެވެ. އެ ސަރަޙައްދުތަކުގައި އެހީ ބެހުމަށް ޚާއްޞަ ކޮށްފައިވާ މަރުކަޒުތަކެއް ޔަހޫދީ ފައުޖުން ޤާއިމު ކުރާނެއެވެ. އެ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތި ކުރުމަށް ނިންމާފައި އޮތީ އެމެރިކާގެ ދެ ކުންފުންޏަކާއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
