
ސްޕޭނުގެ ރެއާލް މެޑްރިޑްގެ ކޯޗު ކަމަށް ހަމަޖެއްސި ޒަބީ އަލޮންސޯ އެ ކުލަބުގެ ސަޕޯޓަރުންނަށް ދައްކާލުން މިއަދު ބާއްވަން ނިންމައިފި އެވެ. ރެއާލް މެޑްރިޑުން ނެރުނު ރަސްމީ ބަޔާނުގައި ވަނީ މިއަދުން ފެށިގެން ކުރިއަށް ތިން އަހަރަށް އެކުލަބުގެ ކޯޗަކަށް ހަމަޖެއްސި އަލޮންސޯގެ ތައާރަފް ކުރުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަވާނެ ކަމަށެވެ. މި ރަސްމިއްޔާތުގައި ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއި އެ ކުލަބުގެ ކުރީގެ ބައެއް ތަރިން ވެސް ބައިވެރިވާނެ އެވެ. ރަސްމިއްޔާތު އޮންނާނީ ސަޕޯޓަރުންނާއެކު ރެއާލްގެ ދަނޑު ސެންތިއާގޯ ބާނަބައުގަ އެވެ.
އަލޮންސޯ އަކީ ރެއާލް މެޑްރިޑަށް 158 މެޗު ކުޅެދީ ހަތަރު ގޯލު ޖަހައިދީފައިވާ މިޑްފީލްޑަރެކެވެ. އޭނާ ރެއާލް އަށް ކުޅުނީ 2009 އިން 2014 ވަނަ އަހަރަށެވެ. އޭގެ ކުރިން ރެއާލް ސޮސިއެޑާޑް އާއި ލިވަޕޫލް އަދި ފަހުން ޖަރުމަނުގެ ބަޔާން މިއުނިކަށް ވެސް ކުޅުނު ކުޅުންތެރިޔާ ކޯޗިން ކެރިއަރު ފެށީ 2019 ވަނަ އަހަރު ރެއާލް ސޮސިއެޑާޑްގެ ބީ ޓީމުންނެވެ. އޭގެ ފަހުން އޭނާ ވިދާލީ ޖަރުމަނުގެ ބަޔާ ލެވަކޫސެން އަށް މިދިޔަ ދެ ސީޒަނުގައި ކޯޗުކޮށްދީގެންނެވެ. މި ގޮތުން އޭނާ ވަނީ ހުސްވި އަހަރުގެ ސީޒަނުގެ ޗެމްޕިއަންކަން ލެވަކޫސެން އަށް ހޯދައިދީފަ އެވެ.
އަލޮންސޯ އަށް ރެއާލްގެ ކޯޗުކަން ދިނީ ރޭ ނިމުނު ސީޒަނުގައި ތައްޓެއް ނުލިބުމުންނެވެ. އަލޮންސޯގެ ކުރިން ކޯޗުކަމުގައި ހުރީ ރެއާލްގެ އެންމެ ކާމިޔާބު ކޯޗު އިޓަލީގެ ކާލޯ އަންޗެލޯޓީ އެވެ. ރެއާލްގެ ކޯޗުގެ ގޮތުގައި އަލޮންސީގެ ފުރަތަމަ މުބާރާތަކަށް ވާނީ އަންނަ މަހު ފަށާ ކުލަބު ވޯލްޑްކަޕެވެ. މި މުބާރާތަށް ތައްޔާރުވުމަށް އޭނާ ބޭނުންވާ ކުޅުންތެރިން ގެނައުމުގެ މަސައްކަތް ރެއާލް މިހާރު ވެސް ވަނީ ފަށައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
