
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ލީގު ކަޕް 2025 ގެ ފައިނަލްގެ ފަހު ޖާގަ އޮޑި ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ސެމީ ފައިނަލް މެޗު އޮޑި ސްޕޯޓްސްއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފުރަތަމަ ހާފްގައި ނިއު ރޭޑިއަންޓުން ވަނީ މެޗުގެ 38 ވަނަ މިނިޓްގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޫސާ ޔާމީން (ޔާންބެ) އެވެ. ފުރަތަމަ ހާފްގައި އޮޑިންވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ހައިސަމް ރަޝީދު (ހައި) އަށް އޭރިއާ ބޭރުން ލިބުނު ބޯޅައެއް ގޯލަށް އަމާޒުކުރެވޭތޯ ބެލިނަމަވެސް ބޯޅަ ދިޔައީ ހުރަސްދަނޑީގައި ޖެހިފައި ބޭރަށެވެ.
ނިއުރޭޑިއަންޓް ކުރީގައި އޮވެ ދެވަނަ ހާފަށް ނިކުތްއިރު އޮޑީން ވަނީ ކުޅުމަށް ބަދަލުތަކެއް ގެނެސް އެޓީމުގެ އެޓޭކިން ވަރުގަދަ ކޮށްފައެވެ. އެގޮތުން މެޗުގެ 71 ވަނަ މިނިޓްގައި އޮޑިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިސްރުގެ އާޝޫރު އެލް ސައީދަށް ލިބުނު ބޯޅައެއް ބޮލުން ޖަހާ ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ. 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެ ފުރިހަމަ ވަގުތު ހަމަވެ ޕެނަލްޓީއާ ދިމާލަށް ދަނިކޮށް އިތުރުވަގުތުގެ ކުޅުމުގައި އޮޑިން 2 ވަނަ ލަނޑު ޖަހާ ނުއިރޭޑިއަންޓްގެ ހިއްތަށް މަރާލީ އޮޑީގެ އަހުޒަމް ރަޝީދު ނަގައިދިން ކޯނަރެއް ގޯލުކުރިމަތީގައި ހުރެ އަހުމަދު ނޫމާން ބޮލުން ޖައްސާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި މެޗުން އޮޑި މޮޅުވުމާއެކު ފައިނަލްގައި ބައްދަލުކުރާނީ އޮޑި އާއި މާޒިޔާއެވެ. ފައިނަލްމެޗު އޮންނާނީ އަންނަ ބުދަދުވަހުގެ ރޭ 21:00 ގައި ގަލޮޅު ދަނޑުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
