
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ލީގު ކަޕް 2025 ގެ ސެމީ ފައިނަލްގައި 1-0 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް، ފައިނަލްގެ ޖާގައެއް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކަށަވަރުކޮށްފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ހާފުގެ ކުޅުން ފެށުމާއެކު މާޒިޔާއަށް ރަނގަޅު ފުރުސަތެއް ފަހިވިއެވެ. އެހެންނަމަވެސް ހަސަން ރާއިފް (ހަންނަ) އަށް ލިބުނު ފުރުސަތަށް ހުރަސްއެޅީ ޓީސީގެ ޑިފެންޑަރު ހަމްދޫންއެވެ. އޭގެ ކުޑައިރުކޮށްފަހުން މާޒިޔާގެ މިޑްފިލްޑަރު އަޙްމަދު އައިހަމް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. މެޗުގެ 17 ވަނަ މިނިޓުގައި ހަމްޒާ މުޙައްމަދު (ހަމްޕު) މާޒިޔާގެ ތިންވަނަ ހަމަލާ އުފެއްދިނަމަވެސް ޓީސީގެ ކީޕަރު ސުޖަންވަނީ ހުށިޔާރުކަމާއެކު މިހަމަލާ ދިފާއުކޮށްފައެވެ. މިހަމަލާއަށްފަހު އޭގެ 11 މިނިޓު ފަހުން އަނެއްކާވެސް ހަމްޒާވަނީ ނުރައްކާތެރި އިތުރު ހަމަލާއެއް ފޮނުވާލާފައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށްވަދެ ފޮނުވާލި ބާރު ބޯޅަ ޓީސީގެ ކީޕަރުވަނީ ފުންމައިގެން އަރާ ދިފާއުކޮށްފައެވެ.
މާޒިޔާގެ ފަރާތުން ގިނަ ހަމަލާތަކެއް މެޗުން ފެނިގެންގޮސްފައިވާއިރު، 34 ވަނަ މިނިޓުގައި މާޒިޔާއަށް ލިބުނު ކޯނަރުން ޕޯޗުގަލްގެ ޑިފެންޑަރު ލުއިސް ވެއްޓިގަނެ ބޮލުން ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް އެބޯޅަވެސްވަނީ ގޯލު ދަނޑިކައިރިން ބޭރުވެފައެވެ. ލަނޑެއް ޖެހުމަށް މާޒިޔާއިން ކުރަމުން އައި މަސައްކަތަށް ނިމުމެއް އައީ މެޗުގެ 38 ވަނަ މިނިޓުގައެވެ. އަލީ ފާސިރުގެ އެހީތެރިކަމާއެކު، އޭރިއާ ބޭރުން ހުސައިން ޝިފާއު ފޮނުވާލި ހަމަލާ ކީޕަރު ބޯމަތިންގޮސް އަމާޒުވީ ގޯލުގެ ކަނަށެވެ. މިއީ މާޒިޔާގެ ފުރަތަމަ އެގާރައިގެ ހިމެނިގެން މިމުބާރާތުގަ ޝިފާއު ކުޅޭ ދެވަނަ މެޗެވެ. ފައިނަލުގެ ޖާގައަށް ވާދަކުރަމުންދާ މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0ގެ ނަތީޖާއަކުން މާޒިޔާ ކުރީގަ އޮވެގެންނެވެ. މިހާފުގަ މާޒިޔާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަނަމަވެސް ޓީސީގެ ފަރާތުން ފެނިގެންގޮސްފައިވަނީ ދިފާއީ ކުޅުމެކެވެ. މިހާފުގެ ތެރެއިން ޓީސީއަށް މާ އެދެވޭ ހަމަލާތަކެއްވެސް އުފެއްދިފައެއް ނުވެއެވެ.
ދެވަނަ ހާފު ފެށިގެންވެސް ފެނިގެންދިޔައީ މާޒިޔާގިނަ ވަގުތު ބޯޅަ ހިފަހައްޓާ ކުޅެމުންދިޔަ މަންޒަރެވެ. ފުރަތަމަ ހާފުގަވެސް ގިނަ ހަމަލާތަކެއް އުފެއްދި ހަމްޒާވަނީ މިހާފުގެ ފުރަތަމަ މިނިޓުގައި އަނެއްކާވެސް ޓީސީގެ ގޯލަށް ހަމަލާއެއް އަމާޒުކޮށްފައެވެ. 53ވަނަ މިނިޓުގައި މާޒިޔާގެ ހަސަން ރާއިފް އަހުމަދު ނަގައިދިން ހުރަސް ޓީސީގެ ކީޕަރު ސުޖަން ޕެރޭރާ ދިފާއުކުރިއެވެ. 57 ވަނަ މިނިޓުގައި އަހުމަދު އައިހަމް ތިން ކުޅުންތެރިން ކައިރިން ނައްޓާލުމައްފަހު އަލީ ފާސިރުއަށް ޖައްސާލި ބޯޅަ އަލުން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިންނަމަވެސް މިފަހަރުވެސް އެބޯޅައިގެ ހުރަހަކަށްވީ ޓީސީގެ ގޯލްކީޕަރު ސުޖަންއެވެ. ޓީސީންވަނީ މެޗުގެ ފަހުކޮޅު ބޮޑަށް ކުރިއަށްޖެހެންފަށާފައެވެ. އަދި އެޓީމަށް މެޗުގައި ގޯލް ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 59ވަނަ މިނިޓުގައިއެވެ. މާޒިޔާގެ ޕެނަލްޓީ އޭރިއާތެރެއަށް ފެނުޖެހުނުބޯޅަ ހުސްކޮށް ލިބުނީ މާއިޒްއަށެވެ. އެހެންނަމަވެސް މާއިޒް ފޮނުވާލި ބާރު ހަމަލާ ބޭރަށް ދިޔައީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
މެޗުގެ 78ވަނަ މިނިޓުގައި ޓީސީގެ މާއިޝް އޭރިއާ ބޭރުން ކީޕަރު ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ހުސްކުރި ބޯޅަ އަހްޝަމް ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ނަމަވެސް މިއީ އޮފްސައިޑް ގޯލެއްކަމަށް ރެފްރީން ނިންމުމުން ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން އެކަމަށް ވަރަށް ބޮޑަށް އެޕީލްކުރިއެވެ. ޓީސީގެ އޮފިޝަލުން ރެފްރީގެ ނިންމުމާ ދޭތެރޭ ނުރުހުންފާޅުކުރުމުން ރެފްރީވަނީ ޓީސީގެ އޮފިޝަލަކަށް ރަތްކާޑުވެސް ދައްކާފައެވެ. މީގެއިތުރުން މެޗުގެ 85 ވަނަ މިނެޓުގައި ޓީސީގެ ކުޅުންތެރިއަކަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުން ޓީސީ މެޗުން ނަތީޖާއެއް ނެރެން ކުރަމުންދިޔަ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވިއެވެ. މެޗުގެ 80 ވަނަ މިނެޓުގައި ކުޅެން ނިކުތް އަހުނާފް މުހައްމަދަށް ރަތްކާޑު ދެއްކީ މާޒިޔާގެ އައިސަމް އާއި އެކު ބަހުގެ ހަމަލާތަކެއް ރައްދުކުރުމަށްފަހު ދެ ކުޅުންތެރިންނަށް ރީނދޫކާޑު ދެއްކުމުން އިތުރު އެއްޗެއް ބުނުމުންނެވެ. މެޗުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި 5 މިނިޓު ކުޅެފަވާއިރު، މިވަގުތުކޮޅުވެސް މާޒިޔާއިންވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި މުބާރާތުގެ ފައިނަލުގައި މާޒިޔާ ބައްދަލުކުރަންޖެހޭ ޓީމެއް އެނގިގެންދާނީ މިރޭ އޮޑި ސްޕޯޓްސް ކުލަބާ ނިއުރޭޑިއަންޓު ބައްދަުކުރާ މެޗުގެ ނަތީޖާއިންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
