
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދަނީ ކާމިޔާބީގެ އަމާޒަށް ދަތުރުކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ފުޓްބޯޅަ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ދިވެހި ފުޓްބޯޅަ ވަނީ މުޅި ޤައުމު އެއްބައިވަންތަ ކޮށްދީފައިވާ ކަމަށެވެ. އަދި ފުޓްބޯޅައން ޤައުމު ފަޚުރުވެރިވާނެ އެތައް ހުނަރުވެރިއެއް އުފައްދައިދީފައިވާކަމަށެވެ. ފުޓްބޯޅައަކީ ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާޢީ ރޫޙު އާލާކޮށްދީފައިވާ ކުޅިވަރެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ވަރަށް ދަށްވެފައިވަނިކޮށް މި ސަރުކާރުން އަންނަނީ އަލުން ފުޓްބޯޅަ ކޮޅަށް ޖެހުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭގައި ފުޓްބޯޅައިގެ ހާލަތު ދަށްވެފައިވަނިކޮށް އަލުން ފުޓްބޯޅައަށް ދިރުން ގެނެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން އަންނަނީ ފުޓްބޯޅަ އާއިލާއަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި އޮތުމާއި ގުޅިގެންނާއި ކުލަބުތަކަށް ދިމާވެފައިވާ މާލީ ގެއްލުންތަކުން އަރައިގަނެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކޮންމެ ކުލަބަކަށް މިއަހަރުގެ ކުރީކޮޅު އެއް މިލިއަން ރުފިޔާވެސް ދީފައިވާކަން ފާހަގަ ކުރެވެއެވެ.
އަދި ކުޅިވަރު ޤާނޫނުގެ ތެރެއިން ފުޓްބޯޅަ އިތުރަށް ކުރިއެރުވޭނެ މަގުތައް ތަނަވަސްކޮށްދެއްވާފައިވާ އިރު އަލަށް ޤާއިމ،ު ކުރާ ކުޅިވަރު ފަންޑުން ރާއްޖޭގެ އެހެނިހެން ކުޅިވަރެކޭ އެއްގޮތަސް ފުޓްބޯޅަ ކުޅުންތެރިންނާއި ރެފްރީންނާއި ކޯޗުންނާއި ކުލަބުތަކުގެ ކުރިއެރުމަށް ތަމްރީނާއި ތަޖްރިބާގެ ގިނަ ފުރުސަތުތަކެއް މި ސަރުކާރުން ފަހިކޮށްދެއްވާނެއެވެ. އަދި ރާއްޖޭގެ ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނުގެ ދަށުން ރާއްޖޭގައި ފުޓްބޯޅަ އަލުން ދިރުވާ އާލާކުރުމާއި އިހު އޮތް ފުޓްބޯޅައިގެ ފޯރި ގެނައުމަކީވެސް މި ސަރުކާރުވެ އަމާޒެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
