
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކުރީ ސަރުކާރުތަކަށް ގޭންގުތަކާ ދެކޮޅަށް ފިޔަވަޅު އެޅިފައިނުވަނީ ސިޔާސީ މަސްލަހަތު އިސްކޮށް، މައްސަލަ ހައްލުކުރުމުގެ ނިޔަތް ނެތުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ” ބިލު ތަޞްދީޤުކުރެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ގޭންގުތަކާ ބެހޭ ބިލު ތަޞްދީޤުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ބިލާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުޞަތު ނޫސްވެރިންނަށްވަނީ ދެއްވާފައެވެ.
މިފުރުސަތުގައި ނޫސްވެރިއަކުވަނީ މީގެ ކުރީ ސަރުކާރުތަކުގައި ގޭންގުތަކާއި ސިޔާސީ އިސްވެރިން ގުޅުން އޮންނަކަމަށް ތުހުމަތުކޮށް، އެ ހާލަތުގައި ޙަޤީޤީ މާނައިގައި ޤާނޫނު ރަނގަޅަށް ތަންފީޒުކުރެވިދާނެތޯ ސުވާލުދަންނަވާފައެވެ. މިސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގޭންގުތަކާ ގުޅޭގޮތުން ހަރުކަށި ފިޔަވަޅު މީގެ ކުރިން އެޅިފައިނުވަނީ ސިޔާސީ ވެރިންގެ ކިބައިގައި އެކަން ހުއްޓުވުމުގެ ނިޔަތް ނެތުމުންކަމަށެވެ. އަދި މިދިޔަ ސަރުކާރުތަކުން ގޭންގުތައް ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވަނީ ސިޔާސީ މަސްލަހަތު އިސްކުރުމުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިސަރުކާރުގެ އެއްވެސް ވެރިއެއްގެ ފަރާތުން ނޫފުޒުގެ ބޭނުން ހިފައި، ގޭންގެއްގެ ބޭނުން ހިފާކަން ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ޙަޤީޤީ މާނައިގައި އިޚުލާސްތެރިކަމާއެކު ރާއްޖޭގައި ކުށްކުރުން މަދުކުރުން ކަމަށް ވިދާޅުވިއެވެ.
“ރާއްޖޭގެ މާޙައުލުގައި ހިނގާ ނުރަނގަޅު ކަންކަމަށް މަގުފަހިކޮށްދޭ އެއް ކަމަކީ ގޭންގު ހަދައިގެން ކުށްކުރުން. އަޅުގަނޑުމެންގެ މުޖުތަމަޢަކީ އެކުވެރި އަމާން މާޙައުލެއްގައި އުޅެން އަޅުގަނޑު އެދެނީ. އެންމެން ގުޅިގެން މަސައްކަތްކޮށްފިއްޔާ މައްސަލަތައް ހައްލު ކުރެވޭނެ.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބަޔަކު ކުށްވެރި ކުރުމަށްވުރެ ބޮޑަށް އެމަނިކުފާނު އިސްކަންދެއްވަނީ ކުށުގެ މާޙައުލުން ހުރިހާ ފަރާތްތަކެއްވެސް ދުރުކުރުން ކަމަށެވެ. އަދި އެއްބައިވަންތަ އެކުވެރި މުޖުތަމަޢެއް ޤާއިމުކޮށް، ކުށުގެ މާޙައުލުން އެއްކިބާވެފައިވާ މުޖުތަމަޢަކަށް ދިވެހި މުޖުތަމަޢު ހެދުމަށް ހުރިހާ ފަރާތްތަކެއްވެސް ގުޅިގެން މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގައި ގޭންގު ކުށްތައް ހުއްޓުވުމުގެ ގޮތުން ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ. އަދި ނުހައްޤުން މުއްސަނދިކަން ހޯދާ ފަރާތްތައް އަތުލައިގަތުމަށްވެސް މާއްދާތަކެއް ހިމަނާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
