
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނާއެކު ޤާނޫނުގެ ބާރު ނުފޯރާ ހިސާބުގައި ގޭންގުތަކަށް ދެން ހަރަކާތްތެރި ނުވެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ވަޒީރު އިހުސާން މިހެން ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ ރާއްޖޭގައި ހިންގަމުންދާ ގޭންގު ކުށްތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން ގެންނަން ޖެހޭ ގިނަ ބަދަލުތައް ގެނެސް، ގޭންގުތައް ހުއްޓުވުމަށް ގިނަ ބާރުތަކެއް ތަންފީޒީ އިދާރާތަކަށް ލިބިދޭ ޤާނޫނެކެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ވަޒީރު އަލީ އިހުސާން ވަނީ ރާއްޖޭގެ ކުށުގެ މާހައުލުގައި ހަރަކާތްތެރިވަމުންދާ ގޭންގުތައް ހުއްޓުވުމަށް 2010 ވަނަ އަހަރުވެސް ޤާނޫނެއް ގެނެވުނުކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މިޤާނޫނުގެ ތެރެއިން ދިމާވި އެންމެ ބޮޑު މައްސަލައަކީ ޤާނޫނުގައި ގޭންގުތަކަކީ ކޮބައިކަން ބުނެދެވިފައި ނުވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެސަބަބުން މިޤާނޫނުގެ ދަށުން އެއްވެސް މީހަކަށް ހުކުމް ނުކުރެވޭއިރު އައު ޤާނޫނުގެ ތެރެއިން މިފަދަ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ” ފަސޭހަ ބަދަލުތަކެއް ނޫން. ޚާއްސަ އިޖުރާޢަތްތަކެއް ޚާއްސަ ބާރުތަކެއް ފުލުހުންގެ މުޢައްސަސާއަށް ދެވި ކުށްތައް ވަކިގޮތަކަށް ކަނޑައަޅައި މީގެ ތެރޭގައި މަޝްއޫލުވެގެން އުޅޭ ވަރަށް ގިނަ ފަރާތްތަކަށް މިހާރު އެކުރަމުންދާ ކަންކަން ވަރަށް އުނދަގޫވާގޮތަށް ނުކުރެވޭ ގޮތަށް މަގުފަހިކޮށްފައިވާ ބިލެއް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރެއްވީ” ވަޒީރު އަލީ އިހުސާން ވިދާޅުވިއެވެ.
މިބިލުގެ ތެރެއިން ގޭންގުތަކަކީ ކޮބައިކަން ކަނޑައަޅައި، ގޭންގެއްގެ ތެރޭގައި ހިމެނޭ މީހެއްކަން ކަނޑައެޅުމާއި އަދި ކުށްތައް ހުއްޓުވުމުގެ މުހިންމު އިޖުރާޢަތްތައް ކަނޑައަޅާނެއެވެ. މީގެއިތުރުން ނުހައްޤު މުއްސަނދިކަން ހޯދުމާއި، ގޭންގު ކުށްތަކުގައި ކުޑަކުދިން ޝާމިލްކުރުމުގެ މައްސަލައަށްވެސް މި ޤާނޫނުގެ ތެރެއި ހައްލުތަކެއް ހޯދުމަށް ވަނީ ހިމަނާފައެވެ. ވަޒީރު އިހުސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެވެސް އަމާޒަކީ ކުށުގެ މާހައުލުން ކުޑަކުދިން ދުރުކޮށް އަދަބު ދިނުމުގެ ބަދަލުގައި އެކުދިންނަކީ މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުން ކަމަށެވެ. ވަޒީރު ވަނީ އައު ޤާނޫނުގެ ދަށުން ކުށްކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ނޯންނާނެކަން ކަށަވަރު ކުރުމަށް ތަންފީޒީ އިދާރާތަކުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
“އަޅުގަނޑަށް ޤަބޫލުކުރެވެނީ މި މާހައުލުން ދުރަށްދާން މިފަދަ ކަންކަމުގައި އުޅެވިފައި ތިބި ފަރާތްތައްވެސް ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ ފަދަ ޤާނޫނެއް މިއޮތީ، އަދި އެކަން ދާނީވެސް އެހެންކަން އަޅުގަނޑުމެންނަށް ޔަޤީން ކުރެވޭ އެބަ. އަޅުގަނޑު ކަށަވަރުކުރަން ކުރިއަށް އޮތްތާނގައި މިފަދަ ގޮތަކަށް ރާއްޖޭގައި ކުށްކުރާ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަން ނުވަތަ ޤާނޫނުގެ ތެރެއިން އަތް ނުފޯރާ ހިސާބުގައި މިކަން ނުކުރެވޭނެ އެކަން އަޅުގަނޑުމެން ޔަޤީންކުރާނަން. ފުލުހުން އެކަން ޔަޤީންކުރައްވާނެ” ވަޒީރު އިހުސާން ވިދާޅުވިއެވެ.
ވަޒީރު އިހުސާން ވަނީ މިޤާނޫނަކީ ގޭންގު ކުށްތައް ހުއްޓުވުމަށް ކުށުގެ މާހައުލަށް އިންޤިލާބީ ބަދަލެއް ގެނުވާނެ ޤާނޫނެއްކަން ފާހަގަކުރައްވާފައެވެ. އަދި ޤާނޫނު ތަންފީޒުވާން ފެށުމުން ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް ވަޒީރު އިހްސާން ވިދާޅުވިއެވެ. ގޭންގު ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނަށް ޢަމަލުކުރަން ފަށާނީ ބިލް ތަސްދީޤު ކުރިތާ 3 މަސް ދުވަސް ފަހުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
