
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހި ރާއްޖެއިން މިއަހަރު ޙައްޖަށް ދާ ޙައްޖުވެރިން މާދަމާ ފުރަން ފަށާއިރު، ޙައްޖުވެރިންނަށް ފަސޭހައިން އެއަރޕޯޓަށް ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. މާލެއިން 3 ރޫޓަކުން ބަސްދަތުރު ހަމަޖައްސާފައިވާއިރު ހުޅުމާލެއިން 2 ރޫޓަކުންވަނީ ބަސްދަތުރު ހަމަޖައްސާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބަސް ދަތުރުތައް ފެށުމުގެ 15 މިނެޓް ކުރިން ޙައްޖުވެރިން ބަސްތައް ކައިރިއަށް ނުކުތުމަށް އިލްތިމާސްކުރައްވާފައެވެ. ބަސްތަކުގެ ދަތުރު މާދަމާ ފަށަން ހަމަޖެހިފައިވަނީ ހެނދުނު 10:30ގައެވެ.
ބަސް ރޫޓް – 1 (އަމީނީ މަގު)
10:30- ނޫސަންދަ ބަސް ސްޓޮޕް
10:35- މީރާ ބަސް ސްޓޮޕް
10:40- ސްޓެލްކޯ ބަސް ސްޓޮޕް
ބަސް ރޫޓް – 2 (މަޖީދީ މަގު)
10:30- ސޯޝަލް ސެންޓަރު ބަސް ސްޓޮޕް
10:35- ކަލަބޭންކް ބަސް ސްޓޮޕް
10:40- ވިލާ މާރޓް ބަސް ސްޓޮޕް
10:45- ޒިކުރާ މިސްކިތް ބަސް ސްޓޮޕް
10:50- މާލޭ ގްރޭންޑް ބަސް ސްޓޮޕް
10:55- ސިޓީ ކައުންސިލް ޕާކިން ބަސް ސްޓޮޕް
11:00- ހީނާމާގެ ޕާކިން ބަސް ސްޓޮޕް
11:05- ދަމަނަވެށި ބަސް ސްޓޮޕް

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބަސް ރޫޓް – 3 (އޯކިޑު މަގު)
10:30- ގަޑި ބުރު ބަސް ސްޓޮޕް
10:35- ވެމްކޯ ޝޯރޫމް ބަސް ސްޓޮޕް
ބަސް ރޫޓް – 1 ( ހުޅުމާލެ ފޭސް 1)
10:30- އެން 2 ބަސް ސްޓޮޕް 5
10:40- އެން 2 ބަސް ސްޓޮޕް 6
10:55- ސިފްކޯ ހިޔާ ބަސް ސްޓޮޕް
ބަސް ރޫޓް – 2 ( ހުޅުމާލެ ފޭސް 2)
10:30- ފޭސް 2 ބަސް ސްޓޮޕް 1 ހިޔާ 12
10:40- ފޭސް 2 ބަސް ސްޓޮޕް 2 ހިޔާ 16
10:45- ފޭސް 2 ބަސް ސްޓޮޕް ހިޔާ 9
10:50- ވިނަރެސް 4
10:55- އެމްޕީއެލް ބަސް ސްޓޮޕް
11:00- އެސްޓީއޯ ބަސް ސްޓޮޕް
11:10- ރެއިންކްރެސްޓް
ޙައްޖުވެރިންގެ ފުރަތަަ ގުރޫޕް މާދަމާ ފުރުމަށް ހަމަޖެހިފައިވަނީ ހަވީރު 15:25 ގައެވެ. މާދަމާ ސަޢުދީ އެއަރލައިންގައި 234 ޙައްޖުވެރިއަކު ފުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހުވެސް ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެއެވެ. ފުލުހުން ވަނީ މިދުވަސްތަކުގައި އެއަރޕޯޓްގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެތީވެ އޮމާންކަމާއެކު ޓްރެފިކް ފްލޯ ކުރިއަށް ގެންދިއުމަށް އިތުރު ފުލުހުން އެއަރޕޯޓްގައި ހަރަކާތްތެރިވަމުންދާނެކަން ފާހަގަކުރައްވާފައެވެ އަދި ހަމަ އެއަރޕޯޓުން ފުރާ އެހެން މީހުންނަށްވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަކަށްވުމާއެކު، އެދުވަސްތަކުގައި ފުރާ މީހުންވެސް ދުރާލާ އެއަރޕޯޓަށް ގޮސް، ފުރުމުގެ އިންތިޒާމްތައް ނިންމުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ޙައްޖުވެރިންނާއެކު އެއަރޕޯޓަށް ދާ މީހުންނާއި ދަތުރުކުރާ އުޅަނދުތައް ދުއްވާ މީހުންވެސް ފުލުހުންގެ އިރުޝާދުތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ. 4 ދުވަހަށް ބަހާލައިގެން ރާއްޖެއިން މީހުން ޙައްޖަށް ފުރުމަށް ހަމަޖެހިފަވާއިރު، 1000 މީހުން ޙައްޖުގެ އަޅުކަމަށް ސަޢުދީ އަރަބިއްޔާއަށް ދާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
