
(ފޮޓޯ ކްރެޑިޓްސް: އަމާރީ ރާޔާ ރިސޯޓް)
މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ފަތުރުވެރިކަމުގެ އޮކިއުޕަންސީ ރޭޓް އިތުރުވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓަކުން ދައްކައިފިއެވެ. އެމްއެމްއޭގެ ކުއާޓަރލީ ބިޒްނަސް ސަރވޭ ރިޕޯޓުން ދައްކާގޮތުން މިކުއަރޓާގައި ފަތުރުވެރިކަން ވަނީ ކުރިއެރުން ހޯދާފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއަރޓާގެ ބިޒްނަސް ސަރވޭ ރިޕޯޓުގައިވާ ގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު ފުރަތަމަ ކުއަރޓާގައި ފަތުރުވެރިކަމުގެ ސިނާޢަތް ވަނީ ކުރިއަރާފައެވެ.
މިރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ ފަހު ކުއަރޓާއާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ އޮކިއުޕަންސީ ރޭޓް ވަނީ %8 ކުރިއަރާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ވިޒިޓް މޯލްޑިވްސް)
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ އަދަދުވެސް ފުރަތަމަ ކުއަރޓާގައިވަނީ %8 އިތުރުވެފައެވެ. ކުއަރޓާލީ ބިޒްނަސް ސަރވޭ ރިޕޯޓުން ދައްކާގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މާލީ ހާލަތުވެސް ފުރަތަމަ ކުއަރޓާގައި ވަނީ ކުރިއަރާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއަރޓާއާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ކުންފުނިތަކުގެ މާލީ ހާލަތަށް %3އިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. ޖުމްލަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތައް މިއަހަރުގެ މިހާތަނަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.
މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 923،390 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 854،928 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %8 އިތުރުވުމެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
