
(ފޮޓޯ ކްރެޑިޓްސް: ރީޖަނަލް އެއާރޕޯރޓްސް)
މުލީ އެއަރޕޯޓަށް ދަތުރުތައް ފަށައިފިއެވެ. މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވާފައިވަނީ، މޭ މަހުގެ 20ވަނަ ދުވަހު، މުލީގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. މިމަހުގެ 15ވަނަ ދުވަހުން ފެށިގެން މުލީ އެއަރޕޯޓަށް ދަތުރުތައް ބޭއްވޭގޮތަށް ރީޖަނަލް އެއަރޕޯޓްސްއިން، އޮޕަރޭޓަރުންނަށް ފުރުޞަތު ހުޅުވާލިއެވެ. މުލީ އެއަރޕޯޓަށް ދަތުރުކުރުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް ޝަޢުގުވެރިކަން ފާޅުކުރީ މޯލްޑިވިއަންއިން އެކަނިކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވެއެވެ.
އަދި އިއްޔެއިން ފެށިގެން ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ވަނީ މުލީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާފައެވެ. ފުރަތަމަ ޚިދުމަތް ފަށާއިރު މޯލްޑިވިއަންއިން މުއްޔަށް ދަތުރުތައް ބޭއްވުމަށް ތާވަލުކޮށްފަވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުއެވެ. އެގޮތުން އިއްޔެ ފުރަތަމަ ކޮމާޝަލް ފްލައިޓް މާލެއިން ފުރީ 15:30ގައެވެ. އަދި މުލިން މާލެއަށް ދަތުރުކުރީ 16:45ގައެވެ. ފްލައިޓްގެ ޑިމާންޑަށް ބަލާ، ކުރިމަގުގައި ޝެޑިއުލް ދަތުރުތައް އިތުރުކުރާނެއެވެ. އަދި ދަތުރުތައް ބާއްވަން ބޭނުންވާ އެހެން އެއަރލައިންތަކަށްވެސް ރީޖަނަލް އެއަރޕޯޓްސްއިން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
A proud moment as we receive the first commercial passenger flight at Muli Airport.
Flights are scheduled to operate weekly on Saturdays.Departure from Malé – 15:30
Departure from Muli – 16:45#racl #aviationmv #airports #FirstFlightToMUM #MuliAirport #Maldivian #fyp pic.twitter.com/l0oCaRGBt0— Regional Airports Company Limited (@AirportsMV) May 25, 2025
މުލީ އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. މުލީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެރަށުން 36 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވެއެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު މި އެއަރޕޯޓު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ ސަރުކާރުން 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މުލީ އެއަރޕޯޓްގައި 40އެއްހާ މުވައްޒަފުން މަސައްކަތްކުރާނެއެވެ. މުލީ އެއަރޕޯޓްގެ ޓެސްޓް ފްލައިޓް ބޭއްވީ އޭޕްރިލް މަހުގެ 25ވަނަ ދުވަހުއެވެ. މުލަކަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު އެއަތޮޅުގެ އާބާދީ 8000އާ ގާތްކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
