
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ސްޓޯލްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައްލަވާލައްވައިފިއެވެ. ކުލަގަދަ ހަރަކާތްތަކަކާއެކު އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މައުރަޒު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށާފައިވަނީ ރޭ ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. މިއީ އުފެއްދުންތެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މައުރަޒެވެ.
މިފަހަރުގެ މައުރަޒުގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ދައްކާލުމަށް ކަނޑައަޅާފައިވާ ޚާއްސަ ސަރަޙައްދުގެ އިތުރުން، ހުނަަރުވެރިކަމާއި ފަންނުވެރިކަން އަދި އުފެއްދުންތެރިކަމުގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންދާނެއެވެ. އެގޮތުން އުފެއްދުންތެރި އިޤްތިޞާދީ ޑިސްޓްރިކްޓް، ޑިޖިޓަލް އަދި އީޖާދީ ޑިސްޓްރިކްޓް، މުނިފޫހިފިލުވުމުގެ ޑިސްޓްރިކްޓް އަދި ބާޒާރު ޑިސްޓްރިކްޓްގެ ނަމުގައި ޚާއްސަ ސަރަޙައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. ރައީސްގެ ދެކަނބަލުން ވަނީ މި ހުރިހާ ޑިސްޓްރިޓަކަށްވެސް ވަޑައިގެން އެތަނުގެ ކަންކަން ބައްލަވާލައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރަޢީސް އޮފީސް)
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 އަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި އަދި ޒަމާނީ ފަންނުވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ދައްކުވައިދޭނެ މައުރަޒެކެވެ. މި މައުރަޒުގައި ދިވެހިވަންތަ ޡަޤާފީ އުފެއްދުންތެރިކަމުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތައް ފެނިގެންދާނެއެވެ. އަދި މި މައުރަޒުގައި ދިވެހީންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލުމުގެ އިތުރުން، ދިވެހި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުން ފެނިގެންދާނެއެވެ.
އެގޮތުން މި މައުރަޒުގައި، ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމެނޭނެއެވެ. މިއިން ކޮންމެ ޑިސްޓްރިކްޓަކީ އެ ދާއިރާއަކާ ގުޅޭ އެކި ހަރަކާތްތައް ހިމަނައިގެން ވިޔަފާރިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޑިސްޓްރިކްޓްތަކެކެވެ.
• ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓް: މި ޑިސްޓްރިކްޓުގައި ފެނިގެންދާނީ ދިވެހި އާޓިސްޓުންގެ ހުނަރު. އެގޮތުން ކުރެހުންތެރިންނާއި މިއުޒީޝަނުންގެ ހުނަރާއި ދިވެހި ސަޤާފަތާއި އާދަކާދަތައްވެސް ފެންނާނެ.
• ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް: ދިވެހިންގެ އީޖާދީ ވިސްނުމާއި ތަރައްޤީ މި ޑިސްޓްރިކްޓުން ފެނިގެންދާނެ. އެގޮތުން ދިވެހި ޑިވެލޮޕަރުންނާއި ދިވެހިންގެ ޓެކްނޮލޮޖިކަލް އުފެއްދުން މި ޑިސްޓްރިކްޓުން ފެނިގެންދާނެ.
• އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް: ދިވެހިން މުނިފޫހި ފިލުވުމަށް ކުރަމުން އައި އެކި ކަންކަމާއި ޒަމާނާއެކު އެ ކަންކަމަށް އައި ބަދަލު އަދި މުނިފޫހި ފިލުވުމާ ގުޅޭ އެކި ޙަރަކާތްތައް ފެންނާނެ. ބައެއް ޙަރަކާތްތައް ލައިވް ކޮށްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވޭ.
• މާރކެޓް ޕްލޭސް ޑިސްޓްރިކްޓް: މިއީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ޑިސްޓްރިކްޓެއް. މިއީ ދިވެހިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް ޚާއްޞަ ޑިސްޓްރިކްޓެއް. މި ޑިސްޓްރިކްޓުގައި، ދިވެހިންގެ އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް މާކެޓްކޮށް ވިއްކުމަށްޓަކައި ބޭނުންވާ ބީޓުބީ މާހައުލެއް ޤާއިމް ކޮށްފައިވާނެ. މިއީ ވިޔަފާރިތަކަށް ވަރަށް މުހިންމު ޑިސްޓްރިކްޓެއް.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
9 ދުވަހުގެ މުއްތައް ކުރިއަށްދާ މައުރަޒުގައި 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން ޖުމްލަ 383 ފަރާތަކުން ވަނީ ބައިވެރިވެފައިވެފައެވެ. އެގޮތުން އެންމެ ގިނައިން ތަކެތި ބައިވެރިކޮށްފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މިމަހުގެ 23 އިން 31 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު ކޮންމެ ދުވަހަކުވެސް ހަވީރު 16:00 ރޭގަނޑު 23:00 އާއި ހަމަށް އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ. ދިވެހި ފަންނުވެރިންގެ ހުނަރުތައް ދައްކުވައިދޭ އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖައްސައިދީ، ދިވެހި އުފެއްދުންތެރިކަމާއި އުފެއްދުންތެރިންގެ އަގު ވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ފަންނުވެރިންގެ އުފެއްދުންތައް އުފެއްދުމަށް މި މައުރަޒު ބާރަކަށް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
މިދިޔަމަހު މަސް އެކްސްޕޯޓުުކުރި މިންވަރު %35 އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) މިއަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މާރިޗު މަހު ރާއްޖެއިން މަސް އެކްސްޕޯޓުކުރި މިންވަރު ވަނީ 35 އިންސައްތަ އިތުރުވެފައެވެ. ކަސްޓަމްސްގެ...
މިދިޔަ އަހަރު ގްރީން ފަންޑުގައި 3.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ވިލަމެންދޫ އައިލަންޑް ރިސޯޓް އެންޑް ސްޕާ) މާލީ ވުޒާރާގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 3.5 ބިލިޔަން...
ބީއެމްއެލްގެ އިތުރު ފީއެއް، ޢަމަލު ކުރަނީ އުސޫލާ އެއްގޮތަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ "ޝެޑިއުލް އޮފް ޗާޖެސް" ގައި ނުހިމެނޭ އިތުރު ފީއެއް ނަގާ...
ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ ބޮޑު މައުރަޒުގައި ރާއްޖެއިން ބައިވެރިވެއްޖެ
ސްޕެއިންގެ ބާސެލޯނާގައި މިމަހު ކުރިއަށްދިޔަ ދުނިޔޭގެ އެންމެ ބޮޑު ކަނޑުމަހުގެ އުފެއްދުންތަކުގެ މައުރަޒުގައި ރާއްޖޭގެ މަސްވެރި ކުންފުނިތަކުން ބައިވެރިވެ، ދިވެހި މަސްވެރިކަން ބައިނަލްއަޤްވާމީ މައިދާނުގައި...
“ކަނޑުމަސް ބޭރުކުރުމުގެ، މަޝްވަރާގެ ފައިދާ ދެ ޤައުމަށްވެސް ކުރާނެ”
ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ސިޗުއާން ޕްރޮވިންސަށް އެކްސްޕޯޓްކުރުމާ ގުޅޭގޮތުން އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް...
ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ %11.6 އިތުރުވެއްޖެ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ އޭޕްރީލް 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި...
