
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ޚާން ޔޫނިސްގައި ހުރި ގެއަކަށް ބޮންއަޅައި، އެއް ޢާއިލާއަކަށް ނިސްބަތްވާ ނުވަ ކުދިން ޝަހީދު ކޮށްލައިފިއެވެ. އެެއީ، ޚާން ޔޫނިސްގައި ހުންނަ އަލް-ނާޞިރު ހަސްފަތާލުގައި މަސައްކަތް ކުރާ ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރު، ޢަލާ އަލް-ނައްޖާރުގެ ދަރިންނެވެ. ޝަހީދުންގެ ތެރޭގައި ހިމެނޭ އެންމެ ހަގު ކުއްޖަކީ ހަތް މަހުގެ ތުއްތު ކުއްޖެކެވެ. އެންމެ ދޮށީ ކުއްޖާގެ އުމުރަކީ 12 އަހަރެވެ. ނާޞިރު ހަސްފަތާލުގެ ކުޑަކުދިންގެ ބަލިތަކާ ބެހޭ އިދާރާގެ އިސް އޮފިޝަލް، އަޙްމަދު އަލް-ފަރާ ވިދާޅުވީ ނައްޖާރުގެ ގެއަށް ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާގައި އެ ގޭގައި އަލިފާން ރޯވި ކަމުގައެވެ. ނައްޖާރުގެ ގެއަށް ޔަހޫދީ ފައުޖުން ބޮންއެޅި ވަގުތު، އޭނާ ހުރީ ހަސްފަތާލުގައި ޚިދުމަތް ކުރާށެވެ. ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، ޝަހީދު ކޮށްލާފައިވާ ކުދިންގެ ތެރެއިން ދެ ކުދިންގެ ހަށިގަނޑު، އެ ގޭގެ އިމާރާތުގެ ދަށުގައި އަދިވެސް ތާށިވެފަައިވާ ކަމުގައެވެ. އެ ޙަމަލާގައި ނައްޖާރުގެ ފިރިމީހާއަށް ވެސް ބޮޑެތި ޒަޚަމުތަކެއް ލިބުނެވެ.
ނައްޖާރުގެ ފިރިމީހާއަށް ލިބިފައިވާ ޒަޚަމުތަކުގެ ތެރޭގައި ބޮލުގެ ނާށިގަނޑު ފަޅައިގެން ދިޔުމާއި، މެޔާއި ބޮލަށް އަނިޔާވުން ހިމެނޭ ކަމަށާއި، ނާޞިރު ހަސްފަތާލުގެ އައިސީޔޫގައި އޭނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ފަރުވާ ދެމުން އަންނަ ކަމުގައި ވެސް ފަރާ ވިދާޅުވިއެވެ. އެ ޙަމަލާއިން ސަލާމަތްވެފައި ވަނީ ނައްޖާރުގެ 11 އަހަރުގެ ފިރިހެން ދަރިފުޅު އެކަންޏެވެ. އޭނާއަށް ވެސް މި ވަގުތު އައިސީޔޫގައި ފަރުވާދެމުންދާ ކަމުގައި ފަރާ ވިދާޅުވިއެވެ. “މިއީ ޤަބޫލު ކުރަން ދަތި ހާދިސާއެއް. ޙަމަލާގެ ޚަބަރު ލިބުމުން [ނައްޖާރަށް] ލިބުނު ކުއްލި ސިހުން އެހެން އިންސާނަކަށް އިހުސާސެއް ނުކުރެވޭނެ. މި ވަގުތު އޭނާ ހުރީ ދަރިފުޅާއި ފިރިމީހާ ގާތުގައި. އެ ކުދިންގެ އަޑެއް ނެތް. އެ ކުދިންގެ މަައިމީހާ އެ ވަނީ ސިހުމުގެ ތެރޭގައި. މި ކަމުގެ އޭނާގެ ފަރާތުން ވަކާލާތު ކޮށްދިނުމަށް މުޅި ދުނިޔެއަށް އަޅުގަނޑު ގޮވައިލަން،” ފަރާ ވިދާޅުވިއެވެ.
ނައްޖާރު ދިރިއުޅޭ ގެއަށް ޔަހޫދީ ފައުޖުން ގަސްދުގައި ދީފައިވާ ޙަމަލާ އެކުވެރި ދައުލަތްތައް (އދ)ން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އެއީ، އެއްވެސް ރަޙުމެއް ނެތް ޖަރީމާތަކުގެ ދަށުން ދީފައިވާ ޙަމަލާއެއްގެ ގޮތުގައި ފަލަސްޠީނުގެ ބިންތަކަށް އދން ކަނޑައަޅާފައި ހުންނަވާ ޚާއްޞަ ރެޕޯޓަރ ފްރޮންޗިސްކާ އަލްބަނީޒް ސިފަ ކުރެއްވިއެވެ. ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީ ފައުޖުގެ ޤަތުލުޢާންމުގެ ސަބަބުން އިތުރު އަނިޔާވެރި ކަމާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުން ބުނީ، ޞިއްޙީ ޚިދުމަތްތެރިންނާއި، އެ މީހުންގެ ޢާއިލާތަކުގެ އިތުރުން ޢާންމުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ގަސްދުގައި މި ފަދަ ޙަމަލާތައް އަމާޒު ކުރަމުން ދިޔުމަކީ އައު ކަމެއް ނޫން ކަމުގައެވެ. މިއީ، ޔަހޫދީންގެ ޤަތުލުޢާންމުގައި އަނިޔާކޮށް ޒަޚަމު ކޮށްލާފައިވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ޚިދުމަތް ކުރަމުންދާ ޞިއްޙީ ޚިދުމަތްތެރިން ހިތްވަރު ނެތިކޮށްލުމުގެ ނިޔަތުގައި ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި އެ ޖަމާޢަތުން ސިފަ ކުރިއެވެ.
ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ޣައްޒާގެ އެކި ކަންކޮޅުތަކަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ 79 މީހެއްގެ ހަށިގަނޑު ހަސްފަތާލުތަކަށް ގެންގޮސްފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އޭގެ ތެރޭގައި، ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ހަށިތަކެއް ނުހިމެނެއެވެ. އެންމެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޚާން ޔޫނިސަށެވެ.
About Post Author
މާދަމާ ނިއުސް
މިދިޔަމަހު މަސް އެކްސްޕޯޓުުކުރި މިންވަރު %35 އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) މިއަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މާރިޗު މަހު ރާއްޖެއިން މަސް އެކްސްޕޯޓުކުރި މިންވަރު ވަނީ 35 އިންސައްތަ އިތުރުވެފައެވެ. ކަސްޓަމްސްގެ...
މިދިޔަ އަހަރު ގްރީން ފަންޑުގައި 3.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ވިލަމެންދޫ އައިލަންޑް ރިސޯޓް އެންޑް ސްޕާ) މާލީ ވުޒާރާގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 3.5 ބިލިޔަން...
ބީއެމްއެލްގެ އިތުރު ފީއެއް، ޢަމަލު ކުރަނީ އުސޫލާ އެއްގޮތަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ "ޝެޑިއުލް އޮފް ޗާޖެސް" ގައި ނުހިމެނޭ އިތުރު ފީއެއް ނަގާ...
ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ ބޮޑު މައުރަޒުގައި ރާއްޖެއިން ބައިވެރިވެއްޖެ
ސްޕެއިންގެ ބާސެލޯނާގައި މިމަހު ކުރިއަށްދިޔަ ދުނިޔޭގެ އެންމެ ބޮޑު ކަނޑުމަހުގެ އުފެއްދުންތަކުގެ މައުރަޒުގައި ރާއްޖޭގެ މަސްވެރި ކުންފުނިތަކުން ބައިވެރިވެ، ދިވެހި މަސްވެރިކަން ބައިނަލްއަޤްވާމީ މައިދާނުގައި...
“ކަނޑުމަސް ބޭރުކުރުމުގެ، މަޝްވަރާގެ ފައިދާ ދެ ޤައުމަށްވެސް ކުރާނެ”
ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ސިޗުއާން ޕްރޮވިންސަށް އެކްސްޕޯޓްކުރުމާ ގުޅޭގޮތުން އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް...
ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ %11.6 އިތުރުވެއްޖެ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ އޭޕްރީލް 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި...
