
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތިން އަހަރު ދުވަހަށް ދެމިގެން ގޮސްފައިވާ ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގައި ރަޝިޔާއިން މިހާތަނަށް ދިން އެންމެ ވަރުގަދަ އެއް ޙަމަލާ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔުކްރެއިނަށް ދީފިއެވެ. ވައިގެ މަގުން ދިން މި ޙަމަލާގައި ގިނަ ޢަދަދެއްގެ ޑްރޯންއާއި ބެލިސްޓިކް މިސައިލް ރަޝިޔާއިން ބޭނުން ކޮށްފައިވެއެވެ. އެ ޙަމަލާގައި ގިނަ ޢަދަދެއްގެ މީހުން ދިރިއުޅޭ އިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު 15 މީހުންނަށް ޒަޚަމްވެފައިވެއެވެ. ޔުކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ މީސްމީޑީޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔުކްރެއިނުން އުނދަގޫ ރެއަކާ ކުރިމަތިލާފައިވާ ކަމަށެވެ. ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ރަޝިޔާއަށް ފިއްތުންތައް ކުރިމަތި ކުރުވުމުގެ ގޮތުން ބައިނަލްއަޤްވާމީ ދުނިޔެއިން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޒެލެންސްކީ ވަނީ ގޮވައިލައްވައިފައެވެ. ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން ޞުލްޙަ ޤާއިމު ކުރުމަށް އޮތް ހުރަހަކީ ރަޝިޔާކަން މުޅި ދުނިޔެއަށް ހާމަވެގެން ދާ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. އަދި ރަޝިޔާގެ ވަކިވަކި ދާއިރާތަކާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅައިގެން ނޫނީ އެ ޤައުމުން ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޔުކްރެއިންގެ ސަރުކާރުން މަޢުލޫމާތު ދިން ގޮތުގައި އެ ޤައުމުގެ ވެރިރަށް ކީޔީވްގެ ހަ ޑިސްޓްރިކްޓަކަށް ރަޝިޔާއިން ޙަމަލާ ދީފައިވެއެވެ. ޔުކްރެއިންގެ ވައިގެ ސިފައިން ބުނީ ރަޝިޔާއިން ދިން ޙަމަލާތަކުގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް 14 ބެލިސްޓިކް މިސައިލް ފޮނުވާފައިވާ ކަމަށެވެ. އޭގެ އިތުރުން ދުރު ރާސްތާއަށް ދަތުރުކުރާ 250 ޑްރޯން ޔުކްރެއިނާ ދެކޮޅަށް ފޮނުވާފައިވާ ކަމަށް ވެސް ވައިގެ އަސްކަރިއްޔާއިން ބުނެއެވެ. ޙަމަލާތަކުގައި ޒަޚަމްވި 15 މީހުންގެ ތެރެއިން 3 މީހުން ހަސްފަތާލުގައި އެނދުމަތި ކޮށްފައިވާއިރު ޒަޚަމްވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެއެވެ. އެ ޙަމަލާއަކީ ހަނގުރާމައިގައި މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ މިސައިލް އަދި ޑްރޯން ޙަމަލާގެ ގޮތުގައި އިދާރާތަކުން ވަނީ ސިފަ ކުރެއެވެ. ރަޝިޔާއިން ޔުކްރެއިނަށް ޙަމަލާދީފައި ވަނީ ދެ ޤައުމުން އެއް މޭޒެއްގެ ދޮށުގައި ތިބެ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްވަރު ދެއްވަމުން ދަނިކޮށެވެ. ނަމަވެސް ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވިލާތުން ނިންމުމުން ޓްރަމްޕް ވަނީ އެމެރިކާއިން އެ ގޮތަށް ޢަމަލު ކުރުން މަޑުޖައްސަވާލައްވައިފައެވެ.
ރަޝިޔާއިން ޔުކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދީފައި މި ވަނީ ރަޝިޔާގެ އެކި ސަރަޙައްދުތަކަށް ޔުކްރެއިނުން 800އެއްހާ ޑްރޯން ޙަމަލާ ދީފައިވަނިކޮށެވެ. މެއި މަހުގެ 23ވަނަ ދުވަހު ރަޝިޔާގެ ޚަރިޖީ ވަޒީރު ސިރްގެއި ލަވްރޮފް ވަނީ އެ ޙަމަލާތަކުގެ ބަދަލުގައި ޔުކްރެނަށް ވަރުގަދަ ޙަމަލާތައް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ރަޝިޔާއިން ޔުކްރެއިނަށް އަމާޒުކޮށް ޑްރޯނާއި މިސައިލު ފޮނުވީ ދެ ޤައުމުގެ ދެމެދުގައި ގިނަ ޢަދަދެއްގެ ޤައިދީން ބަދަލު ކުުރިތާ މަދު ގަޑިއިރުކޮޅެއްގެ ފަހުންނެވެ. ރަޝިޔާއިން ބުނީ އެ ޤައުމާއި ޔުކްރެއިނާ ދެމެދު ދެން ބާއްވާ ޞުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެހީވެދޭނެ ލިޔުމެެއް އެ ޤައުމުން ތައްޔާރު ކުރަމުންދާ ކަމަށެވެ. މަޝްވަރާތައް ބާއްވާނެ ތާރީޚާއި ތަނަކާމެދު ދެ ފަރާތުން މިހާތަނަށް އެއްބަސްވެފައެއް ނުވެއެވެ.
ނަމަވެސް ޔުކްރެއިންގެ ޚަރިޖީ ވަޒީރު އަންދްރީ ސިބިހާ ވިދާޅުވީ ރަޝިޔާއިން ތައްޔާރުކުރާ ޞުލްޙައިގެ ލިޔުން މިހާތަނަށް އެ ޤައުމަށް ފޮނުވާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ރަޝިޔާއިން ފޮނުވާފައި ވަނީ ޢާންމުންނަށް ގެއްލުންދޭ، ފަނާކުރަނިވި ޑްރޯނާއި މިސައިލު ކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިޔާއިން ދަނީ ދެ ޤައުމުގެ ދެމެެދުގައި ހުރި މައްސަލަތަކަށް ޞުލްޙަވެރި ޙައްލެއް ހޯދުމަށް އެ ޤައުމުން އެދޭ ކަމަށް ބުަނަމުންނެވެ. ނަމަވެސް ޔުކްރެއިންގެ ބޮޑު ސަރަޙައްދެއް ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ކަން އެ ޤައުމުން ޤަބޫލު ކުރަން ޖެހޭ ކަމަށް ރަޝިޔާއިން ފާހަގަ ކުރެއެވެ. އަދި ޔުކްރެއިނަކީ ހުޅަނގުގެ އަސްކަރީ ނުފޫޒު ރަޝިޔާއަށް ފޯރުކުރުމަށް ބޭނުން ކުރެވޭނެ ސަރަޙައްދަކަށް ވެސް ވެގެން ނުވާނެ ކަމަށް ރަޝިޔާއިން ދަނީ ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
