
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ނަމުގައި ޔަހޫދީން އެ ސަހަރަށް އެތެރެ ކުރުމުގެ ފުރުޞަތު ދީފައި ވަނީ އެންމެ “ސައިސަމުސަލެއްހާ” ކުޑަކުޑަ މިންވަރެއްގެ ތަކެތި ކަމުގައި ވިދާޅުވެ، އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ ނިއު ޔޯކްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން އެ ސަހަރުގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. ޣައްޒާއަށް ކުޑަ މިންވަރެއްގެ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދީފައި ވަނީ، އެތަކެއް ސަތޭކަ ހާސް ބަޔަކު ހައިހޫނުގައި ޖެހިފައިވާ ކަމަށާއި، ބަނޑަށްޖެހިގެން ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވަމުންދާ ކަމަށް ބުނެ އދގެ އިދާރާތަކާއި ބައިނަލްއަޤްވާމީ އެހީދޭ ޖަމުޢިއްޔާތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދިޔުމާ ގުޅިގެންނެވެ.
ނަމަވެސް، ގުތެރޭޝް ސިފަ ކުރެއްވި ގޮތުގައި ޣައްޒާއާށް މިހާތަނަށް އެތެރެ ކުރުމުގެ ފުރުޞަތު ދީފައި ވަނީ އެންމެ “ސައިސަމުސަލެއްހާ” ކުޑަކުޑަ މިންވަރެއްގެ ތަކެއްޗެވެ. “ޣައްޒާގައި ތިބި ފަލަސްޠީނުގެ ރައްޔިތުން މި ވަގުތު ތަޙައްމަލު ކުރަމުން އެ ދަނީ މި އަނިޔާވެރި ހަމަނުޖެހުމުގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވެރި ދުވަސްތައް،” ގުތެރޭޝް ވިދާޅުވިއެވެ. ޣައްޒާގައި ކޮންމެ ދުވަހަކު ޝަހީދު ކުރަމުންދާ މީހުންގެ އަދަދާއި، ގެދޮރާއި އުމްރާނީ ވަސީލަތްތަކަށް ދެމުންދާ ގެއްލުމާ މެދު ވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. “ގާތްގަނޑަކަށް 80 ދުވަސް ވަންދެން އިސްރާއީލުން އެ ވަނީ [ޣައްޒާގެ ރައްޔިތުންގެ] ފުރާނަ ސަލާމަތް ކުރުމަށް ކޮންމެ ބޭނުން ޒަރޫރީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އަޅާފައި. މިހާރު، ކުޑަކުޑަ މިންވަރެއް އެ ވަނީ [ސަރަޙައްދީ ރޮނގު] ހުރަސްކޮށް އެތެރެ ކޮށްފައި،” ގުތެރޭޝް ވިދާޅުވިއެވެ. ޣައްޒާގެ ކަރީމް އަބޫ ސާލިމް ސަރަޙައްދީ ރޮނގު ހުރަސްކޮށް ކާބޯތަކެއްޗާއި އިންސާނީ އެހީ ބަރުކޮށްފައިވާ 400 ލޮރީ އެތެރެވުމުގެ ފުރުޞަތު ދީފައިވީ ނަމަވެސް، ޣައްޒާގައި ކާބޯތަކެއްޗަށް ޖެހިފައިވާ މީހުންނަށް އެ ތަކެތި ފޯރުކޮށްދެވިފައި ނުވާ ކަމުގައި އޭނާ ވިދާޅުވުވިއެވެ.
“[ޣައްޒާއަށް އެތެރެ ކުރުމަށް ފަހު] ޙަވާލު ކޮށްފައި ވަނީ އެންމެ 115 ލޮރީގައި ހުރި ތަކެތި، ކޮންމެ ގޮތަކަށް ކަން އޮތް ނަމަވެސް، [ޣައްޒާގައި އެހީއަށް] ބޭނުން ޖެހިފައިވާ މިންވަރަށް ބަލާއިރު މިހާތަނަށް ފޯރުކޮށްދީފައި އެ ވަނީ އެންމެ ސައިސަމުސަލެއްހާ ކުޑަކުޑަ މިންވަރެއް. އެހީއަށް ބޭނުން ޖެހިފައިވާ މިންވަރު އިންތިހާއަށް ބޮޑު،” ގުތެރޭޝް ވިދާޅުވިއެވެ. ކާބޯތަކެއްޗާއި އިންސާނީ އެހީގެ އިތުރުން ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު، އަދި އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް، އަދި އެއްގަމު އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ވެސް ޔަހޫދީން އޮތީ ހުރަސް އަޅާފައެވެ. ގުތެރޭޝް ވަނީ އެ ކަމާ މެދު ވެސް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. “ތެލާއި، ހިޔާވަހިކަމާއި، ކައްކާ ގޭހާއި، ފެން ސާފު ކުރުމަށް ބޭނުންވާ ސާމާނު” އެތެރެކުރުމަށް ވެސް ޔަހޫދީން ހުރަށް އަޅާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
ޔަހޫދީންގެ ޤަތުލުޢާންމާއި، ޣައްޒާގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖެއްސުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ މެދު ގުތެރޭޝް ކަންބޮޑުވުން ފާޅު ކުރައްވާފައިވާއިރު، ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ ޣައްޒާއަށް މެދުކެނޑުމެއް ނެތި ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ބުނީ، ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 76އަށް އުފުލިފައިވާ ކަމުގައެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށެވެ. އެ ޙަމަލާތަކުގައި އެކަނިވެސް 50އެއްހާ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
