
(ފޮޓޯ ކްރެޑިޓްސް: އޭޝިއަން އެތްލެޓިކްސް)
ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް، އަދި މިހާރު ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމް އަދާކުރައްވަމުންދާ މުހައްމަދު ޠަލާލް އެތްލެޓިކްސްއަށް ކުރައްވާ ހިދުމަތްތުގެ އަގުވަޒަންކޮށް، އޭޝިއަން އެތުލެޓިކްސް އިން ޠަލާލްއަށް ލީޑަޝިޕް އެވޯޑް އަރުވައިފިއެވެ. އޭޝިއާގެ އެތްލެޓިކްސްގެ މައި ޖަމިއްޔާއިން ޠަލާލުގެ ހިދުމަތް ފާހަގަކުރައްވާ އޭނާއަށް ޝަރަފުވެރިކަމުގެ އެވޯޑެއް އަރުވާފައިވަނީ މިހާރު ދެކުނު ކޮރެއާގައި ކުރިޔަށްދާ އޭޝިއަން އެތްލެޓިކްސް ކޮންގްރެސް 2025 ގައެވެ. ޠަލާލްއަށް މި ޝަރަފުވެރި އެޑޯވް ދިނުމަށް އޭޝިއާ އެތުލެޓިކްސް އިން ނިންމީ ސަރަހައްދީ ފެންވަރުގަޔާއި ރާއްޖޭގެ އެތުލެޓިކްސް ދާއިރާއިން ކުރައްވާ ޝައުގުވެރިކަމާއެކު ކުރައްވާ ހިދުމަތްތައް ފާހަގަ ކުރައްވާ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރަށް މި ޝަރަފުވެރި އެވޯޑް ދީފައިވާއިރު ޠަލާލަކީ ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޠަލާލް އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވީ 2012 ވަނަ އަހަރެވެ. އަދި އޭގެ ކުރިންވެސް ޠަލާލް ވަނީ އެކި ގޮތްގޮތުން އެތްލެޓިކްސްއަށް ހިދުމަތްކުރައްވާފައެވެ. އަދި 2021 ވަނަ އަހަރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސްގެ މަގާމަށްވެސް ޠަލާލް ވަނީ އިންތިހާބް ވެވަޑައިގެންފައެވެ.
ޠަލާލްގެ ރައީސްކަމުގެ ދަށުން ރާއްޖޭގެ އެތްލެޓިކްސްއިން ބޮޑު ކުރިންއެރުންތަކެއް ހޯދާފައިވާއިރު ދިވެހިރާއްޖެއަށް ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތަކުން ލިބުނު އެންމެ ފުރަތަމަ ރަން މެޑަލްވެސް ލިބިފައިވަނީ ޠަލާލްގެ ލީޑަރޝިޕްގެ ދަށުންނެވެ. މީގެ އިތުރުންވެސް ގިނަ މުބާރާތްތަކަކުން ދިވެހި އެތްލީޓުން ވަނީ ޠަލާލްގެ ލީޑަރޝިޕްގެ ދަށުން ރާއްޖެއަށް އެތައް ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ޖެހި ޖެހިގެން 3 ދައުރަކަށް އިންތިހާބްވެވަޑައިގެންނެވި ޠަލާލް އެމަގާމް ދޫކޮށްލެއްވީ 2023 ވަނަ އަހަރު ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
