
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންދާ އާޖެންޓީނާގެ އަލެހަންދްރޯ ގަރްނާޗޯ ކުރިއަށް އޮތް ޓްރާންސްފަރ ގައި އެހެން ކްލަބަކަށް ބަދަލުވުމުގެ ހުއްދަ އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް އޭނާއަށް ދީފި އެވެ. ޔޫރޮޕާ ލީގުގައި 1-0 ގެ ނަތީޖާއަކުން ޓޮޓްނަމް ހޮޓްސްޕަރ އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވި މެޗުގައި ގަރްނާޗޯ ކުޅެން އަރުވާފައިވަނީ މެޗުގެ 71 ވަނަ މިނިޓުގަ އެވެ. އަދި އެކަމާއިމެދު ގަރްނާޗޯ އާއި އޭނާގެ ބޭބެ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ގަރްނާޗޯ ބުނެފައިވަނީ ޔޫރޮޕާ ލީގުގެ ހުރިހާ ބުރެއްގައި އޭނާ ކުޅުނު ކަމަށާއި ނަމަވެސް ފައިނަލް މެޗުގެ ފަހު ވަގުތު ކުޅެން އެރުވި ސަބަބެއް ނޭނގޭ ކަމަށެވެ.
“މި މުބާރާތުގެ ހުރިހާ ބުރެއްގައި އަހަރެން ކުޅުނިން. އެކަމަކު ފައިނަލް މެޗުގެ ފަހު ވަގުތު ކުޅެން އެރުވި ސަބަބެއް ނޭނގޭ. ހަމަ ޔަގީނުންވެސް މި ކަމުގެ ސަބަބުން އަހަރެންގެ މުސްތަގުބަލާއިމެދު ވިސްނާނަން.” ގަރްނާޗޯ މެޗަށްފަހު ބުންޏެވެ. ސްޕެއިން އަށް އުފަން ގަރްނާޗޯ މެންޗެސްޓަރ ޔުނައިޓެޑްގެ އެކަޑެމީ އާއި ގުޅިފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އިންނެވެ. އޭނާ ހޯދުމަށް މިދިޔަ ޖެނުއަރީ މަހު ޗެލްސީގެ އިތުރުން އިޓަލީގެ ނަޕޮލީ އިން މަސައްކަތް ކޮށްފައިވާކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ. އަމޮރިމް ވަނީ ކުރިއަށް އޭނާގެ ޕްލޭންތަކެއް އެބައޮތް ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އަދި އެ ޓީމަށް ގިނަ ބަދަލުތަކެއް ގެންނާނެ ކަމަށާއި އޭނާގެ ޕްލޭންގައި ނެތް ކުޅުންތެރިން ދޫކޮށްލާނެކަމަށްވެސް ވަނީ ބުނެފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑް އިން ދަނީ ވޮލްވްސްގެ ފޯވަޑް މެތިއުސް ކޫނިއާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވޮލްވްސް އާއިއެކު ކޫނިއާ ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އޭނާ ގަންނަ ކްލަބަކުން ޓްރާންސްފަރ ފީގެ ގޮތުގައި 62.5 މިލިއަން ޕައުންޑު ދައްކަން ޖެހޭނެ އެވެ. މެންޗެސްޓަރ ޔުނައިޓެޑް ކޯޗު ކަމާއި އަމޮރިމް ހަވާލުވިވާ ގިނަ ދުވަސްތަކައް ނުވަނީސް ގަރްނާޗޯ އާއި އޭނާ އާއި ދެމެދު މައްސަލަތަކެއް ޖެހުނެވެ. އަދި އޭރު މައްސަލަ ޖެހުނު ރަޝްފޯޑް އަށް އެއްވެސް ފުރުސަތެއް ނުދީ އޭނާ އެ ކްލަބުން ދޫކޮށްލި ނަމަވެސް އަމޮރިމް ވަނީ ގަރްނާޗޯ އަށް ފުރުސަތު ދީފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
