
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސްޕެނިޝް ލަލީގާގައި މި ސީޒަނުގައި ރެއާލް މެޑްރިޑް ކުޅުނު ފަހު މެޗުން އެ ޓީމުން 2-0 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް އަތުން މޮޅުވެއްޖެ އެވެ. މިއީ ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީ އެ ޓީމަށް އިރުޝާދު ދޭނެ ފަހު މެޗެވެ. އޭނާ ވަނީ މި ސީޒަނަށްފަހު ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު ކަމާއި ހަވާލުވެފަ އެވެ. އަދި މި މެޗަކީ މިޑްފީލްޑަރ ލޫކާ މޮޑްރިޗް މެޑްރިޑްގެ ބަރނަބިއު ސްޓޭޑިއަމްގައި އެ ޓީމަށް ކުޅެދޭނެ ފަހު މެޗެވެ. އޭނާ ވެސްވަނީ ކުރިއަށް އޮތް ފީފާ ކްލަބް ވޯލްޑް ކަޕަށްފަހު އެ ޓީމަށް ކުޅުން ހުއްޓާލާނެކަން އިއުލާން ކޮށްފަ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑް އިން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފްރާންސްގެ ފޯވަޑް ކިލިއަން އެމްބާޕޭ އެވެ. މި ދެ ލަނޑާއެކު މި ސީޒަނުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 31 ލަނޑަށް އަރާފަ އެވެ. މި ސީޒަން ފެށުމުގެ ކުރިން ރެއާލް މެޑްރިޑާއި އަލަށް ގުޅުނު އެމްބާޕޭ އަށް ލީގުގެ ކުރީ ކޮޅު ރަގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގައި އޭނާ ވަނީ 11 ލަނޑު ޖަހާފަ އެވެ. އަދި ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް އޭނާ ލިބޭނެކަމަށް ގަބޫލުކުރެވެ އެވެ. ދެވަނައިގައި އޮތް ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ އަށްވުރެ އޭނާ ވަނީ ހަ ލަނޑު އިތުރަށް ޖަހާފަ އެވެ.
2021 ވަނަ އަހަރު ދެވަނަ ފަހަރަށް ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ހަވާލުވި ކާލޯ އެންޗެލޮއްޓީ ވަނީ އޭނާ އެ ކްލަބަށް އިރުޝާދު ދިން މުއްދަތުގެ ތެރޭގައި ޖުމްލަ 15 ތަށި ހޯދަދީފަ އެވެ. 2012 ވަނަ އަހަރު ޓޮޓްނަމް ހޮޓްސްޕަރ އިން ރެއާލް މެޑްރިޑަށް ބަދަލުވި މޮޑްރިޗް ވަނީ އެ ކްލަބާއިއެކު 28 މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގު ހަ ފަހަރު އަދި ލަލީގާގެ ޗެމްޕިއަންކަން ހަތަރު ފަހަރު ވަނީ ހޯދާފަ އެވެ. މީގެ އިތުރުން ފީފާ ކްލަބް ވޯލްޑްކަޕް ހަ ފަހަރު އަދި ޔޫރަޕިއަން ސުޕަރ ކަޕް ފަސް ފަހަރު ވަނީ ކާމިޔާބުކޮށްފަ އެވެ.
ރެއާލް މެޑްރިޑާއިއެކު މޮޑްރިޗް ހަދާފައިވާ އެއްބަސްވުމަށް މިދިޔަ އަހަރު ވަނީ އެއް އަހަރު ދުވަސް އިތުރު ކޮށްފަ އެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ރެއާލް މެޑްރިޑް މި މެޗުން މޮޅުވިއިރު އެ ޓީމަށް ލިބިފައިވަނީ ލީގުގެ ދެވަނަ މަގާމެވެ. ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ ވާދަވެރި ބާސެލޯނާ އެވެ. ބާސެލޯނާ އިން ވަނީ މި ސީޒަނުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު ހަތަރު މެޗުންވެސް އެ ޓީމު ބަލިކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
