
ލިވަޕޫލްގެ ސަޕޯޓަރުން އެ ކުލަބުގެ ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑަށް މަލާމާތްކުރުމުން އޭނާ މެޗު ނުބަލައި ޓީވީ ނިވާލި ކަމަށް ކުރީގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ. އޭނާ މިހެން ބުނީ ލިވަޕޫލް ފައުންޑޭޝަނުން ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުންނެވެ. ކްލޮޕް އަކީ 2015 ވަނަ އަހަރު ލިވަޕޫލާ ހަވާލުވުމަށްފަހު ތަށި ނުލިބެ ޓީމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ލިވަޕޫލަށް އިނގިރޭސި ޕްރިމިއަރ ލީގާއ، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްދިން ކޯޗެވެ. އަދި އާނޯލްޑް އެކެޑަމީގައި ހުއްޓައި ފުރަތަމަ ޓީމަށްވެސް ގެނެސް ކުޅުވަން ފެށީވެސް މިދިޔަ ސީޒަނަށް ފަހު ކޯޗުކަން ދޫކޮށްލި ކްލޮޕެވެ.
ލިވަޕޫލްގެ ސަޕޯޓަރުން އާނޯލްޑަށް މަލާމާތްކުރަން ފެށީ މި ސީޒަނަށް ފަހު އެ ކުލަބު ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން އޭނާ ނިންމުމުންނެވެ. މިކަމާމެދު ކްލޮޕް ބުނީ އެއީ ސަޕޯޓަރުން މާޔޫސްވާނެ ކަމެއް ނޫނޭ ބުނަން އޭނާ ބޭނުނުވާ ކަމަށެވެ. “އަހަރެން މި ބުނަނީ އެމީހުން (ސަޕޯޓަރުން) އެ ވިސްނާ ގޮތް ބަދަލު ކުރާށެކޭ ނޫން. އަދި އެމީހުން އެ ވިސްނާ ގޮތް ކަމުނުގޮސްގެން ވެސް ނޫން އަހަރެން ވާހަކަ މި ދައްކަނީ. އަހަރެން ކަމެއް ބަދަލު ކުރާކަށް ވެސް ނޫޅެން. އެކަމަކު އޭނާ އަށް އެ ގޮތަށް މަލާމާތް ކުރުމަކީ އަހަރުމެން ކޮށްގެންވާނެ ކަމެއްނޫން،” ކްލޮޕް ބުންޏެވެ.
ނަމަވެސް ލިވަޕޫލް ސަޕޯޓަރުން އާނޯލްޑަށް މަލާމާތް ކުރަން ފެށުމުން ކްލޮޕް ބުނީ ޓީވީ ނިވާލާ ކަމަށެވެ. “އަހަރެން ލިވަޕޫލް މެޗުތައް ބަލަން. އަހަރެންނަށް ގަބޫލެއް ނުކުރެވޭ އެއީ އަހަރުމެން (ލިވަޕޫލްގެ ސަޕޯޓަރުން) ކުރާނެ ކަމެއް ކަމަށް. އެމީހުން އެކުރާ ކަންކަން ގޯސް. އަހަރެން ނުބުނަން އޭނާ ދާތީވެ ސަޕޯޓަރުން މާޔޫސް ނުވާނެއެކޭ. އެކަމަކު އޭނާ އަށް މަލާމާތް ކުރުމުގެ ކުރިން ވިސްނާލަން ޖެހޭ އޭނާ މި ކުލަބަށް ކޮށްދިން ކަންތައްތަކުގެ މަތިން. އޭނާ ހޯދައިދިން ކާމިޔާބީގެ މަތިން. އަހަރެން އެދެނީ އޭނާ އަށް ޝަރަފުވެރިކަން ދިނުން،” ކްލޮޕް ބުންޏެވެ.
އާނޯލްޑަށް މަލާމާތް ނުކުރުމަށް ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް ވެސް ވަނީ ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
